
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޗައިނާގެ އަލީބާބާ ކުންފުނިން ދިވެހި އުފެއްދުންތެރިންނާއި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބޭއްވި ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ވޯކްޝޮޕްގައި 600 އެއްހާ މީހުން ބައިވެރިވެރިފައިވާއިރު، ދިވެހި އުފެއްދުންތެރިން ވަނީ މި ވޯކްޝޮޕް މެދުވެރިކޮށް ގިނަ މައުލޫމާތުތަކެއް ލިބިގެން ގޮސްފައިވާކަން ފާހަގަކޮށްފައެވެ.
ސުވާލާއި ޖަވާބު ސެޝަންތަކެއް ހިމެނޭހެން މިވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ ބާސެލޯ ނަސަންދުރާގައެވެ. މިވޯކްޝޮޕްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު އަދި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިވޯކްޝޮޕަކީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި ޗައިނާގެ އަލީބާބާ ކުންފުންޏާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ ގުޅިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސަރުކާރުގެ އެކި ކުންފުނިތަކާއި އިދާރާތަކާއި ވިޔަފާރިތަކާއި ދިވެހި ގިނަ އަދަދެއްގެ އުފެއްދުންތެރިންނާއެކު ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި މައުލޫމާތު ދީފައިވަނީ އަލީބާބާ ކުންފުނީގެ އިސްފަރާތްތަކުންނެވެ. އެގޮތުން އަލީބާބާ ޕްލެޓްފޯމުގައި ސެލަރ އެކައުންޓެއް ހެދުމާއި، އަލީބާބާ ޕްލެޓްފޯމުގެ އޭއައި ވަސީލަތްތައް ބޭނުންކޮށްގެން އުފެއްދުންތައް އިސްތިހާރުކޮށް ވިއްކުމަށް މަގުފަހިކުރެވޭނެ ގޮތްތައް ކިޔައިދީފައިވެއެވެ. މީގެއިތުރުން އުފެއްދުންތައް ވެބްސައިޓަށް ލައިގެން ޕްރޮމޯޓް ކުރުމަށް ކުރެވިދާނެ ކަންކަންވަނީ ކިޔައިދީފައެވެ.
މިވޯކްޝޮޕުގައި ބައިވެރިވި ފަރާތްތަކުން ވިދާޅުވީ މިއީ ބޭރުފައިސާގެ އާމްދަނީ ހޯދުމަށް ދިވެހި ވިޔަފާރިތަކަށް ލިބިގެން ދިޔަ ފުރުސަތެއް ކަމަށެވެ. އަދި ވިޔަފާރި ފުޅާކޮށް އިތުރު މާކެޓުތަކަށް ދިވެހި އުފެއްދުންތައް ފޯރުކޮށްދިނުމަށް އަލީބާބާ ފަދަ ޕްލެޓްފޯމުތައް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް މި ވޯކްޝޮޕްގައި ބައިވެރިވި ފަރާތްތަކުން ވިދާޅުވެއެވެ. މީގެ އިތުރުން މިހާރު މާކެޓް ހޯދަން ދަތި އުފެއްދުންތައް ބޭރު ޤައުމުތަކުގައި އިސްތިހާރު ކުރުމަށް ފުރުސަތު ލިބޭނެ ކަންވެސް ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިވޯކްޝޮޕްގައި ދިވެހި ވިޔަފާރިތަކަށް އުފެއްދުންތައް ވިއްކުމުގައި ފައިސާގެ މުޢާމަލާތް ހިންގުމަށް މަގުފަހިވެގެންދާނެ ގޮތްތަކާއި އުފެއްދުންތައް އެހެން ޤައުމުތަކަށް ފޮނުވުމާއި ގުޅޭ މައުލޫމާތު ދީފައިވެއެވެ. އެގޮތުން މާލީ މުޢާމަލާތްތަކާޢި ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކުން މައުލޫމާތު ދީފައިވާއިރު، ޕޯސްޓުން ވަނީ އެހެން ޤައުމުތަކަށް އުފެއްދުންތައް ފޮނުވުމާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީފައެވެ. ޤައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތަ އަކީ ކްރިއޭޓިވް އިންޑަސްޓްރީ ނުވަތަ އުފެއްދުންތެރިކަމުގެ ސިނާޢަތް ކަމަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ހާސިލްކުރުމަށް ބޭރުގެ މާކެޓުތަކަށް ދިވެހި އުފެއްދުންތައް އެކްސްޕޯޓު ކުރުން މުހިންމު ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.
އަލީބާބާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އީކޮމާސް ޕްލެޓްފޯމެވެ. އެކުންފުނީގެ ޚިދުމަތް ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމަށް ލިބޭއިރު، މި ޕްލެޓްފޯމުގައި ޚިދުމަތާއި މުދާ ވިއްކުމަށް އެކަނިވެސް 40 މިލިއަން މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ. އަދި ދުވާލެއްގެ މައްޗަށް 400،000 އަށްވުރެ ގިނަ އުފެއްދުންތަކުގެ މައުލޫމާތު މި ފްލެޓްފޯމް މެދުވެރުކޮށް އެކި ފަރާތްތަކުން ހޯދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ހަމައެކަނި އަލީބާބާގައި 5900 އަށްވުރެ ގިނަ ބާވަތުގެ މުދާ ވިއްކަމުންދާއިރު މިއީ ދިވެހިރާއްޖޭގެ އެކި ފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ފުޅާކުރަން ލިބޭ މުހިންމު ފުރުސަތެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
