
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ)
އަލީބާބާއާއެކު ކުރަމުންދާ މަސައްކަތްތަކުން ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތަކުން، އާމްދަނީ ލިބޭނެ މަގު ފަހިވެފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، “ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާކެޓް” ގެ ނަމުގައި އަލީބާބާއާއެކު ކުރިއަށްގެންދިޔަ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިއީ ރާއްޖެއަށް ތާރީހީ ދުވަހެއްކަމަށެވެ. މި ފެށިގެން ދިޔައީ ދިވެހިންގެ އުފެއްދުންތައް މުޅި ދުނިޔެއަށް ފޯރުކޮށްދިނުމުގެ މަސައްކަތްކަމަށެވެ. އަދި މި މަސައްކަތް ފެށިގެން މި ދިޔައީ ރާއްޖެއިން ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، މި ވޯކްޝޮޕްގައި 600އަށްވުރެ ގިނަ އަދަދަކަށް މީހުން ބައިވެރިވެފައިވާކަމަށެވެ. މިހާރުވެސް ވިޔަފާރީގައި މަސައްކަތްކުރާ 250 މީހުން ވޯކްޝޮޕްގައި ބައިވެރިވެފައިވާކަމަށާއި އަދި އޮންލައިންކޮށް ބައިވެރިވެފައިވާ ފަރާތްތަކާއިއެކު މި އަދަދު މިއަށްވުރެންވެސް އިތުރުވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަލީބާބާ ޑޮޓް ކޮމްގައި ދިވެހި އުފެއްދުންތައް ވިއްކޭނެ މަގު ދިވެހިންނަށް ފަހިވެގެންދިއުމަކީ ދިވެހި ވިޔަފާރިތަކަށް އޭގެ ސަބަބުން ބޮޑު ފައިދާއެއް ކުރާނެކަމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. އަލީބާބާ އިން ތަކެތި ގަންނަ މީހުންގެ އަދަދު 40 މިލިޔަނަށް އަރައެވެ. މިއީ 200 ގައުމުގެ މީހުންނެވެ. އަލީބާބާއާއިއެކު ގުޅިގެން ކުރާ މަސައްކަތުން ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތައް އާމްދަނީ ލިބޭނެ މަގު ފަހިވެފައިވާކަމަށާއި މުޅި ދުނިޔެއަށް ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ފަހިވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. “އަލީބާބާގެ ފްލެޓްފޯމްތަކުން ދިވެހި ވިޔަފާރިތަކަށް 40 މިލިޔަން ބަޔާސްއާއި ކަނެޓްކޮށްދޭނެ. އެއީ 200 އެއްހައި ގައުމު. މިއީ ދުވާލަކަށް 400،000 ޑެއިލީ އިންކުއަރީސް. ވިޔަފާރިތަކުން ހަމައެކަނި އެމީހުންގެ އުފެއްދުންތަކެއް ނޫން ވިއްކަނީ. މުޅި ދުނިޔެއަށް އެ ވިއްކަނީ ދިވެހިންގެ ސަޤާފަތާއި ދިވެހިވަންތަކަން.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި ވޯކްޝޮޕްގެ ތެރެއިން ދިވެހި ވިޔަފާރިތަކަށް މުހިންމު ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ ބާޒާރަށް ބޭނުންވާ ފެންވަރަށް އުފެއްދުންތައް ތައްޔާރުކުރުމާއި، ލޮޖިސްޓިކްގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތަކާއި އަދި މި ނޫންވެސް ވިޔަފާރިތަކަށް ބޭނުންވާ ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
