
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖެއާއި ޗައިނާއާ ދެމެދު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ޗައިނާގެ ޓެކްނޮލޮޖީތައް ރާއްޖެއަށް ތަޢާރަފުވެ، އިންވެސްޓްކުރަން ފަސޭހަ ގޮތްތަކެއް ފަހިވިކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ. ސަފީރު މިހެން ވިދާޅުވީ ދުނިޔޭގެ އެންމެ ފުޅާދާއިރެއްގައި ހިންގާ އޮންލައިން ވިޔަފާރި އެއް މަންސަކަމުގައިވާ އަލިބާބާއާ ގުޅިގެން ސަރުކާރުން ބާއްވާ ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާކެޓްސް ވޯކްޝޮޕްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ފުރުޞަތުތައް ފަހިވެފައިވަނީ ހަމައެކަނި ވިޔަފާރީގެ ދާއިރާއިން އެކަނި ނޫން ކަމަށެވެ. އެގޮތުން ޗައިނާގެ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓްކުރަން ފަސޭހަ ގޮތްތަކެއް ފަހިވެ، އައު ޓެކްނޮލޮޖީއާއި ވިޔަފާރީއެއް މެނޭޖްކުރުމުގެ އެކި ތަޖުރިބާތައް ރާއްޖެއަށް ގެނައުމުގެ މަގުފަހިވެގެންގޮސްފައިވާކަމަށް ސަފީރު ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ވަރަށް ގިނަ ދާއިރާތަކުން ރާއްޖެއަށް ކުރިއެރުން ލިބޭނެކަން ސަފީރު ފާހަގަކުރެއްވިއެވެ. “މެރި ކަލްޗަރއާއި މަހުގެ ބާވަތްތައް އުފެއްދުމާއި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި ޑިޖިޓަލް އިކޮނޮމީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަގުފަހިވެގެންދާނެ.” ޗައިނާ ސަފީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާކެޓްސް ފޯރަމްގައި އަލިބާބާ މެދުވެރިކޮށް ގިނަ މަޢުލޫމާތުތަކެއް ދިވެހި ވިޔަފާރިވެރިންނަށް ލިބޭނެކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ މި ތަމްރީންތަކާއެކު ދިވެހި ވިޔަފާރިތައް ބައިނަލްއަޤުވާމީ ބާޒާރަށް ފުޅާކުރުމަށް ދޮރު ހުޅުވޭނެކަމަށެވެ. “ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާކެޓްސް ފޯރަމް”ގެ ނަމުގައި އަލިބާބާއާ ގުޅިގެން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބާއްވާ ވޯކްޝޮޕުގައި 600 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. މިވޯކްޝޮޕްގައި މަޢުލޫމާތު ހިއްސާކުރާނީ އަލިބާބާ ޕްލެޓްފޯމުގެ މަތީ ފަންތީގެ ފަރާތްތަކުންނެވެ.
އެގޮތުން ސެލަރ އެކައުންޓު ހުޅުވުމުގެ އިތުރަށް، ދިވެހިންގެ އުފެއްދުންތައް އަލިބާބާގައި އިސްތިހާރުކޮށް ވިއްކުމަށާއި އެ ޕްލެޓްފޯމުގެ އޭއައި މެދުވެރިކޮށް އެންމެ ފަހުގެ ޓްރެންޑުތައް ދެނެގަންނާނެ ގޮތްތައް ފޯރަމްގައި ކިޔައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން އަލިބާބާގެ ވެބްސައިޓުގައި އޮންލައިންކޮށް މުދާ ވިއްކާ އަދި އެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށް އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
