
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަލިބާބާއާ ގުޅިގެން ބާއްވާ ވޯކްޝޮޕުގައި 450 އަށްވުރެ ގިނަ ފަރާތުން ބައިވެރިވުމަށް މިހާތަނަށް ރަޖިސްޓްރީ ކޮށްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިވޯކްޝޮޕް އޮންނާނީ މިއަދުއެވެ. ސުވާލާއި ޖަވާބު ސެޝަންތަކެއް ހިމެނޭހެން ކުރިއަށް ގެންދާ މި ވޯކްޝޮޕް އޮންނާނީ މިއަދު މެންދުރު 1:00 ޖަހާއިރު ބާސެލޯ ނަސަންދުރާގައެވެ. އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިވޯކްޝޮޕަކީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި ޗައިނާގެ އަލިބާބާ ކުންފުންޏާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ ގުޅިގެން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.
މިކަމާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ، މިހާތަނަށް މިވޯކްޝޮޕްގައި ބައިވެރިވުމަށް 450 އަށްވުރެ ގިނަ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. މީގެތެރޭގައި އަލަށް ވިޔަފާރި ފަށައިގެން އުޅޭ ފަރާތްތަކާއި، ވިޔަފާރިވެރިންނާއި އޮންލައިން ޕްލެޓްފޯމްތަކާއި ޕޯސްޓް ޚިދުމަތް ދޭ ފަރާތްތަކާއި ބޭންކުތައް އަދި ފްރެއިޓް ކުންފުނިތައް ހިމެނެއެވެ. ވަޒީރު ވިދާޅުވީ މީގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ޚާއްސަކޮށް ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ މައުލޫމާތާއި ވަސީލަތްތައް ދެނެގަނެވި، އަލިބާބާގައި ސެލަރ އެކައުންޓު ހުޅުވަން މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓަށް ވަނުމަށް ދިވެހިންނަށް ފުރުސަތު ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިވޯކްޝޮޕްގައި މަޢުލޫމާތު ހިއްސާކުރާނީ އަލިބާބާ ޕްލެޓްފޯމުގެ މަތީ ފަންތީގެ ފަރާތްތަކުންނެވެ. އެގޮތުން ސެލަރ އެކައުންޓު ހުޅުވުމުގެ އިތުރަށް، ދިވެހިންގެ އުފެއްދުންތައް އަލިބާބާގައި އިސްތިހާރުކޮށް ވިއްކުމަށާއި، އެ ޕްލެޓްފޯމުގެ އޭއައި މެދުވެރިކޮށް އެންމެ ފަހުގެ ޓްރެންޑުތައް ދެނެގަންނާނެ ގޮތްތައްވެސް މީގެ ތެރެއިން ކިޔައިދެވޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެސަބަބުން އަލިބާބާގެ ވެބްސައިޓުގައި އޮންލައިންކޮށް މުދާ ވިއްކާ އަދި އެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން ވިއްކާ މުދަލަކަށް ނުވަތަ ދޭ ޚިދުމަތަކަށް އަގު ހޯދޭނެ ގޮތްތަށްވެސް މާލީ އިދާރާތައް މެދުވެރިކޮށް މި ވޯކްޝޮޕްގެ ތެރެއިން ކިޔައިދޭނެއެވެ. އަދި މުދާ ފޮނުވުމަށް ނުވަތަ ޕޯސްޓް ކުރުމަށް ހުރި ފުރުސަތުތަށް މޯލްޑިވްސް ޕޯސްޓުގެ ފަރާތުން މި ބައްދަލުވުމުގެ ތެރެއިން ހިއްސާކުރާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ޤައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތަ އަކީ ކްރިއޭޓިވް އިންޑަސްޓްރީ ނުވަތަ އުފެއްދުންތެރިކަމުގެ ސިނާޢަތް ކަމަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ހާސިލްކުރުމަށް ބޭރުގެ މާކެޓުތަކަށް ދިވެހި އުފެއްދުންތައް އެކްސްޕޯޓު ކުރުން މުހިންމު ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.
އަލިބާބާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އީކޮމާސް ޕްލެޓްފޯމެވެ. އެކުންފުނީގެ ޚިދުމަތް ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމަށް ލިބޭއިރު، މި ޕްލެޓްފޯމުގައި ޚިދުމަތާއި މުދާ ވިއްކުމަށް އެކަނިވެސް 40 މިލިއަން މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ. އަދި ދުވާލެއްގެ މައްޗަށް 400،000 އަށްވުރެ ގިނަ އުފެއްދުންތަކުގެ މައުލޫމާތު މި ފްލެޓްފޯމް މެދުވެރުކޮށް އެކި ފަރާތްތަކުން ހޯދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ހަމައެކަނި އަލިބާބާގައި 5900 އަށްވުރެ ގިނަ ބާވަތުގެ މުދާ ވިއްކަމުންދާއިރު މިއީ ދިވެހިރާއްޖޭގެ އެކި ފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ފުޅާކުރަން ލިބޭ މުހިންމު ފުރުސަތެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
