
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކުޅުދުއްފުށީ ސިޓީ ޕޯޓުގައި ޔަމަހާގެ ސަރވިސް ސެންޓަރެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑާއި އެލިއާ އިންވެސްޓްމަންޓާ ދެމެދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ މުޙައްމަދު ރިޝްވާންއެވެ. އަދި އެލިއާ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލާއު އަލީއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވީ، މިއަދާއި ހަމައަށް ޕޯޓުން ކުރަމުން އައި މަސައްކަތަކީ ކޮންޓެއިނަރ ރާއްޖެ ގެނެސް ކަނޑާ ވިޔަފާރި ބަނދަރަށް ބޭރުކުރުންކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނީގެ ޕޯޓުތައް އިތުރުވުމުން ބައެއް މަސައްކަތްތަކުގެ ތެރޭގައި ލޮޖިސްޓިކް މަސައްކަތްތައް ފެށުމާއި ކަނޑާއި ގުޅިފައިވާ މަސައްކަތް ފުޅާކުރަން ހިމެނޭކަމަށެވެ.
މި މަސައްކަތް ވެގެންދާނީ ކުންފުނީގެ އާމްދަނީ އިތުރުކުރުމަށް ކުރެވިގެންދާ މަސައްކަތެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
“އުތުރުގައި އަޅުގަނޑުމެން ޕޯޓްގެ މަސައްކަތް ފެށިއިރުގައި ވަރަށް މުހިންމު ކޮންޕޯނެންޓެއް މަދުވެގެން އެބަދޭ ކުޅުދުއްފުށި ޚާއްސަކޮށް. އެއީ އަޅުގަނޑުމެންގެ ބަނދަރެއް އޮވެފައި ވަރަށް ގިނަ ފަހަރު ވަރަށް ގިނަ ރިކުއެސްޓް އާދޭ ވަރަށް ގިނަ ތަފާތު ހިދުމަތައް އެ ހިސާބުގަނޑުގެ މީހުންގެ ފަރާތުން. އެކަމަކު އަޅުގަނޑުމެންނަށް ވާގޮތަކީ ވަރަށް ބޮޑަށް ލިމިޓްވޭ ވެއަރހައުސް އެބަހުރި. އަޅުގަނޑުމެންގެ އިންޖީނިއަރިން ސަރވިސް އެތާއެބަހުރި. އެއްގަމު އުޅަނދު ބެލެހެއްޓޭ. އެކަމަކު ކަނޑުގެ މަސައްކަތްކުރާ ކީވޯލްއެއް އޮވެފައި ކަނޑުގެ ގުޅުން އޮންނަ ބަޔަކަށްވާތީ މި ރިކުއެސްޓް އަބަދުވެސް އާދޭ އަޅުގަނޑުމެންނަކަށް” ސީއީއޯ ވިދާޅުވިއެވެ. އެލިއާ އިންވެސްޓްމަންޓްގެ މެނޭޖިންގ ޑިރެކްޓަރ އަލާއު އަލީ ވިދާޅުވީ، މިކަމަށް މަސައްކަތްކުރާތާ ދުވަސްތަކެއް ވެފައިވާކަމަށާއި، މި މަސައްކަތަކީ ގުޅިގެން ދެފަރާތުން މަސައްކަތް ކުރުމުގެ ފެށުމެއްކްމަށެވެ. “ވަރަށް އުންމީދުތައްވެސް އަޅުގަނޑުމެންގެ ފުޅާ. މިއީ ފެށުމެއް. އަޅުގަނޑުމެންވެސް އުންމީދުކުރަނީ ދިގުދެމިގެންދާއިމީ ގުޅުމަކަށްވާނެކަމަށް” އަލާއު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ސިޓީގައި ޔަމަހާގެ ސަރވިސް ސެންޓަރެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑާއި އެލިއާ އިންވެސްޓްމަންޓާއި ދެމެދު ސޮއިކޮށްފައިވާއިރު 6 މަސްދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަންޖެހޭނެކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. މިތަނުން ޔަމަހާގެ އިންޖީނުތަކަށް އައުޓްބޯޑް ޚިދުމަތްތައް ދޭނެއެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
