
ކުކުޅު އަދި ކުކުޅު ބިސް ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް ނެރުމަށް ސަރުކާރުން އެސްޓީއޯއާ ހަވާލުކުރައްވާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ކުކުޅާއި ކުކުޅު ބިހަކީ އާންމުކޮށް ދިވެހިން ކެއުމުގައި ބޭނުންކުރާ ޑިމާންޑް ބޮޑު 2 ބާވަތެވެ. އަސާސީ ކާބޯތަކެތި ރާއްޖެއަށް ލިބޭނެ މަގު ތަނަވަސްކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގައި އުފެއްދޭނެ ކާބޯތަކެތީގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. ވަޒީރު ސައީދު ވިދާޅުވީ، އެސްޓީއޯއަށް ހަވާލުކުރައްވައިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕޯލްޓްރީ ފާމިންގެ މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅު އެބަހުރިކަމަށެވެ. ޕޯލްޓްރީ ފާމިންގެ ތެރޭގައިވެސް ވަކިން ޚާއްސަކޮށް ރާއްޖޭގެ ބާޒާރަށް ބޭނުންވާވަރަށް ކުކުޅާއި ކުކުޅު ބިސް ބާޒާރަށް ނެރުއްވުމުގެ މަސައްކަތް އެސްޓީއޯގެ މެންޑޭޓްގެ ތެރޭގައި ހިމަނުއްވާފައިވާކަމަށެވެ.
“ރައީސްގެ ވިސްނުންފުޅު އެބަހުރި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕޯލްޓްރީ ފާމިންގެ މަސައްކަތް އެސްޓީއޯއިން ކުރުން. ޕޯލްޓްރީ ފާމިންގެ މަސައްކަތް ކުރުމާއި، ޕޯލްޓްރީ ފާމިންގެ ތެރޭގައި ކުކުޅު އަދި ކުކުޅު ބިސް ރާއްޖޭގެ ކޮންސަންޕްޝަންއަށް ވަރަށް ބޮޑަށް ބޭނުންވާ 2 އެއްޗެއް މިއީ. އެހެންވީމަ ރާއްޖޭގައި އުފެއްދޭނެ ނިސްބަތެއް ދެނެގަނެގެން ރާއްޖޭގައި ވީހާވެސް ބޮޑަށް މިކަން ކުރުމަށް އެސްޓީއޯއަށް ވަނީ މިމެންޑޭޓް ކަނޑައަޅުއްވާފައި.” ސައީދު ވިދާޅުވިއެވެ. ވަޒީރު ސައީދު ވިދާޅުވީ، މި މަސައްކަތް އެސްޓީއޯއިން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރާނެކަމަށެވެ. އަދި ދުރު ރާސްތާގައި، ރާއްޖެއިން ބޭރުން ރަނގަޅު ބިމެއް ހޯދައިގެން ފުޑް ސެކިއުރިޓީ ގާއިމްކުރުމަށް އެސްޓީއޯއިން މަސައްކަތް ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އާއި މުގާއި ބިސް އަދި އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ނިންމަވާފައެވެ. މިއީ އާންމުކޮށް ކެއުމުގައި ބޭނުންކުރާ ކާބޯތަކެތީގެ އަގު އުފުލުނަނުދިނުމަށްޓަކައި ސަރުކާރުން ނިންމެވި ނިންމެވުމެކެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
