
ތަކެތީގެ އަގު ހިފެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ރަސްމީ ރޭޓްގައި ވިޔަފާރިތަކަށް %50އާއި ހަމައަށް ޑޮލަރު ދޫކުރަމުންދާކަމަށް ވަޒީރު ސައީދު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ހެޔޮ އަގެއްގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ސަރުކާރުން ނިންމެވުމާ ގުޅޭގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާއާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ވަޒީރުންގެ މަޖިލީހުން މިހާރު ވަނީ ނިންމަވާފައެވެ. ސަރުކާރުން މިގޮތައް ނިންމަވާފައިވަނީ އާންމުކޮށް ކެއުމުގައި ބޭނުންކުރާ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލެއްނެތި ވިޔަފާރިތަކުން އުފުލަމުންދާތީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، އެންމެ ފަހުން އާފަލާއި އޮރެންޖްގެ އަގުބޮޑުވީ ޑޮލަރު ލިބުން ދަތިވާތީކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަކަމަށެވެ. މި މައްސަލަ އެ ވުޒާރާއިން ބެލިކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ސައީދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ހުވާކުރެއްވުމުގެ ކުރިން އެސްއެމްއީ ސެކްޓަރގައި ހިމެނޭ އިމްޕޯޓަރަކަށް ރަސްމީ ރޭޓްގައި ބީއެމްއެލްއިން ޑޮލަރު ދޫކުރަނީ %5 އާއި %10 ގައިކަމަށެވެ. ރައީސް ޑރ. މުއިއްޒު ހުވާކުރެއްވި ފަހުން މިހާރު މިއައި ބަދަލުތަކާއި ގުޅިގެން %50 އާއި ހަމައަށް ރަސްމީ ރޭޓްގައި އެ ވިޔަފާރިތަކަށް ޑޮލަރު ދޫކުރަމުންދާކަމަށެވެ. އެހެންކަމުން ޑޮލަރު ނުލިބެއޭ ބުނެ ދައްކަމުންދާ ވާހަކައަކީ އެއްވެސް ހުއްޖަތެއްނެތް ވާހަކައެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
“މި 2 މައްސަލައަށް އެޑްރެސްކުރާއިރުގައި %300 ނުވަތަ %400 އަގުބޮޑުވާންޖެހޭ ސަބަބެއް ހަމަ ވިސްނަން އުނދަގޫވަނީ އާފަލާ އޮރެންޖުން އެވާހަކަ ހުއްޖަތަކަށް ވިދާޅުވެފައި އިނގޭތޯ.” ވަޒީރު ސައީދު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވީ، މިދިޔަ 2 ރަމަޟާންމަހުވެސް އެސްޓީއޯއިން ކާބޯތަކެތި ރާއްޖެ އެތެރެކުރީ ސަރުކާރުން ޑޮލަރު ދީގެންނޫންކަމަށެވެ. މިކަން ކުރަމުންދަނީ އެ ކުންފުނީގެ އިންވެސްޓްމަންޓްތަކާއި ބޭންކްތަކާއެކު އޮންނަ އުސޫލުގެ ތެރެއިންކަމަށެވެ. “މިދިޔަ 2 އަހަރު ރަމަޟާންމަހު ތަކެތި އިމްޕޯޓްކުރީ ސަރުކާރުން ޑޮލަރު ދީގެނެއްނޫން. އެސްޓީއޯގައި އަޅުގަނޑުމެން އެބަހުރި އިންވެސްޓްމަންޓްތަކެއް ކޮށްފައި. އަޅުގަނޑުމެންނާއި ބޭންކްތަކާއި އޮންނަ އެރޭންޖްމަންޓްތަކުން އަޅުގަނޑުމެންނަށް ޑޮލަރު ލިބޭ. މި އިންޓަވެންޝަން މި ގެންނަނީ ސަރުކާރުން ޑޮލަރު ހޯދައިގެން ސަބްސިޑައިޒްކޮށްގެނެއްނޫން.” ޝިމާދު ވިދާޅުވިއެވެ.
އެސްޓީއޯއިން ވަނީ މިދިޔަ ހަފްތާއިން ފެށިގެން އޮރެންޖް ގެނެސް ބާޒާރުގައި ވިއްކަން ފަށާފައެވެ. އަދި އަންނަ ހަފްތާއިން ފެށިގެން އޮރެންޖާއި އާފަލު ބާޒާރުން ހުސްނުވެ ލިބެން ހުންނާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. މީގެއިތުރުން އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައެޅި 23 ބާވަތްވެސް އަންނަ މަހުގެ 15 އިން ފެށިގެން އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދޭނެއެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
