
(ފޮޓޯ ކްރެޑިޓްސް: މިފްކޯ)
މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 6.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިފްކޯއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ ހަފްތާގައި މިފްކޯއަށް 165 ދޯންޏަކުން މަސް ކިރުވާފައިވެއެވެ. އޭގެ ކުރީ ހަފްތާގައި 125 ދޯންޏަކުން މަސްކިރުވިއިރު މިހަފްތާގައި މަހަށް ނިކުތް ދޯނިތަކުގެ އަދަދު މިވަނީ އިތުރުވެފައެވެ. އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވުމާއެކު މަހަށް ނިކުތް ދޯނިތަކުގެ އަދަދު އެ ހަފްތާގައި މަދުވިއެވެ.
މިފްކޯއަށް މަސްކިރުވި ދޯނިތަކުގެ އަދަދު އިތުރުވެފައިވާއިރު، މަސް ކިރުވި މިންވަރުވެސް ވަނީ އިތުވެފައެވެ. އެހެން ކަމުން މަސްވެރިންނަށް މިދިޔަ ހަފްތާގައި ދޫކުރި ފައިސާ އޭގެ ކުރީ ހަފްތާއާއި އަޅާބަލާއިރު އިތުރުވެފައިވެއެވެ. މިދިޔަ ހަފްތާގައި މަސްވެރިންނަށް ދޫކޮށްފައިވަނީ 6.7 މިލިޔަން ރުފިޔާއެވެ. އޭގެ ކުރީ ހަފްތާގައި މަސައްވެރިންނަށް ދޫކޮށްފައިވަނީ 3.9 މިލިޔަން ރުފިޔާއެވެ. އެހެން ކަމުން މިއީ ހަފްތާއިން ހަފްތާއަށް ބަލާއިރު، 70.6 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ ހަފްތާގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. އެގޮތުން އެދުވަހު މިފްކޯއަށް 35 ދޯންޏަކުން މަސްކިރުވާފައިވާއިރު، އެ ދޯނިތަކަށް މުޅި ޖުމްލަ 1.53 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ކުރިއަށް އޮތީ މަސްވެރިކަމުގެ މޫސުމަށްވާއިރު، މިފްކޯއިން ދަނީ މޫސުމަށް ތައްޔާރުވަމުންނެވެ. މި އަހަރުގެ މަސްވެރިކަމުގެ މޫސުން ފެށޭނީ އަންނަ މަހުއެވެ. މިފްކޯއިން ދަނީ މިފްކޯގެ ސެންޓަރުތަކުގެ ޙާލަތު ރަނގަޅު ކުރުމާއެކު ޕްރޮސެސިންގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ. މިގޮތުން ކޫއްޑޫގެ ފެކްޓަރީ އަޕްގްރޭޑް ކުރުމާއި ބަނދަރު ސަރަހައްދުގެ މަރާމާތުތައް އެކުންފުނިން ދަނީ ކުރަމުންނެވެ. މީގެ އިތުރުން މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް މަސްބޯޓުތައް ފޮނުވުމަށް ދުރާލާ ތައްޔާރުވާނެ ކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.
މިފްކޯއިން މަސްވެރިކަމުގެ މޫސުމަށް ތައްޔާރުވަމުންދާއިރު ސަރުކާރުގެ އަމާޒަކީ ސިނާޢަތް ސިންދަފާތުކޮށް ކުރިއެރުވުމެވެ. މިގޮތުން ރާއްޖެއިން ބޭރުކުރާ މަހަށް ބޭނުން ކުރާނެ “ފްރޮމް މޯލްޑިވްސް”ގެ ނަމުގައި މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ ޤައުމީ ބްރޭންޑެއް މިހާރު ވަނީ ތަޢާރަފްކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
