
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
60 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލައި، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ބައެއް ޔަހޫދީ އަސީރުން މިނިވަންކުރުމަށް ޙަމާސުން އެއްބަސްވެއްޖެއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދޭން ފެށި ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމާ ގުޅޭ މަޝްވަރާތައް ކުރަމުންދަނީ މިޞްރާއި ޤަޠަރާއި އެމެރިކާގެ އެހީތެރިކަމާއެކުގައެވެ. މެދުވެރިންގެ ދައުރު ޢަދާކުރާ މިޞްރާއި ޤަޠަރުން އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުމުގެ ދަށުން 60 ދުވަހުގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމާއި ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުންގެ ދެބައިކުޅަ އެއްބައި މިނިވަންކުރުން ހިމެނެއެވެ. އޭގެ ބަދަލުގައި ޔަހޫދީ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ބައެއް އަސީރުން މިނިވަންކުރުމަށް ހުށަހަޅާފައިވެއެވެ. ޢަދި ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ތަފްޞީލީ އޮނިގަނޑެއް އެކުލަވާލުމަށް ވެސް ހުށަހަޅާފައިވެއެވެ.
މި ހުށަހެޅުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު، ސްޓީވް ވިޓްކޮފް މީގެ ކުރިން ހުށަހަޅުއްވާފައިވާ ހުށަހެޅުމަކާ ވަރަށް އެއްގޮތް ހުށަހެޅުމެކެވެ. ޔަހޫދީން އޭރު ވަނީ ވިޓްކޮފްގެ ހުށަހެޅުން ޤަބޫލުކޮށްފައެވެ. ޙަމަާސްގެ އިސް ބޭފުޅެއް ކަމަށްވާ ބައްސާމް ނަޢީމް ވަނީ އެންމެ ފަހުގެ ހުށަހެޅުން ޙަމާސުން ޤަބޫލުކޮށްފައިވާ ކަމަށް ފޭސްބުކް މެދުވެރިކޮށް ޔަޤީންކޮށްދެއްވައިފައެވެ. ޙަމާސުން ބުނީ ފަލަސްޠީނުގެ އެހެން ފެކްޝަންތަކުން ވެސް އެ ހުށަހެޅުމަށް އެއްބަސްވާ ކަމަށެވެ، ނަމަވެސް އެ ހުށަހެޅުމާމެދު ޔަހޫދީން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ޔަހޫދީން ރާވަމުންދަނީ މުޅި ޣައްޒާ ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ގެންދިޔުމަށެވެ. ޔަހޫދީންގެ ހީލަތްތެރި ރޭވުންތަކާ ގުޅިގެން ބައިނަލްއަޤްވާމީ ދުނިޔެެެއިން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު ވަގުތުން ހުއްޓައިލައި، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމަށް އެއްބަސްވުމެއް އެކުލަވައިލުމަށް ގޮވައިލައި ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކުގައި ވެސް ބޮޑެތި މުޒާހަރާތަކެއް އޮގަސްޓު މަހުގެ 17ވަނަ ދުވަހު ބާއްވައިފައިވެއެވެ. މިއީ، ޣައްޒާ ޤަތުލުޢާންމާ ދެކޮޅަށް އަޑު އުފުލުމަށް ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކުގައި ބާއްވާފައިވާ އެންމެ ބިޔަ މުޒާހަރާތަކެވެ.
އެއްގަމު މަގުން ޙަމަލާ ދިނުމަށް ޔަހޫދީން ތައްޔާރުވަމުންދާއިރު އެ ފަދަ ޙަމަލާތައް ދޭން ފެށުމުގެ ކުރިން ޣައްޒާގެ އިރުމަތީ ސަރަޙައްދުތަކުގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ދަނީ ގެދޮރު ދޫކޮށް ހުޅަނގާއި ދެކުނުގެ ސަރަޙައްދުތަކަށް ބަދަލުވަމުންނެވެ. ޣައްޒާގެ އިރުމަތީ ސަރަޙައްދުތަކަށް ޔަހޫދީން ދޭ ޙަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޤަތުލްޢާންމުގައި މިހާތަނަށް 61،000އަށްވުރެ ގިިނަ މީހުން ޝަހީދުވެ، އެތައް ހާސް މީހުންނަށް ޒަޚަމްވެފައިވެއެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން އެއްބާރުލުން ނުދިނުމުގެ ސަބަބުން ބަނޑަށް ޖެހި، 263 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 112 ކުޑަކުދިން ވެސް ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
