
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު ވަގުތުން ހުއްޓައިލައި، އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމަށް އެއްބަސްވުމެއް އެކުލަވައިލުމަށް ގޮވައިލައި ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކުގައި ބޮޑެތި މުޒާހަރާތަކެއް ބާއްވައިފިއެވެ. އޮގަސްޓު 17ވަނަ ދުވަހު ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް އެތަކެއް ސަތޭކަ ހާސް ބަޔަކު މަގުތަކަށް ނިކުތެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބަޔަކު ނިކުމެފައި ވަނީ ވެރިރަށް ތެލް އަވީވާއި ފޭރިގަނެފައިވާ ޤުދުސްގެ މަގުތަކަށެވެ. ތެލް އަވީވުގެ މަގުތަކަށް ބައި މިލިޔަނެއްހާ މީހުން ނިކުމެ، ނަތަންޔާހޫގެ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް ގޮވައިލިއެވެ. އަދި، މަގުތައް ބަންދުކޮށް، ޢާންމު ދަތުރުފަތުރަށް ހުރަސް އެޅިއެވެ. އަނިޔާވެރި ނަތަންޔާހޫގެ އަމުރަށް އެ މީހުން ހުއްޓުވުމުގެ ގޮތުން ޔަހޫދީ ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ. އަދި، އަނިޔާވެރި ކަމާ އެކު ގިނަ އަދަދެއްގެ ޔަހޫދީން ހައްޔަރު ކޮށްފައެވެ.
މިއީ، ޣައްޒާ ޤަތުލުޢާންމާ ދެކޮޅަށް އަޑު އުފުލުމަށް ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކުގައި ބާއްވާފައިވާ އެންމެ ބިޔަ މުޒާހަރާތަކެވެ. މުޒާހަރާގެ ބައިވެރިން ވަނީ ހަޅުތާލުކޮށް، މަދަރުސާތަކާއި ވިޔަފާރިތައް ވެސް ބަންދު ކޮށްފައެވެ. އަދި، ކެފޭތަކާއި ރެސްޓޯރެންޓުތަކުގައި ތަޅު އަޅުވާފައެވެ. އެ މުޒާހަރާތައް އިންތިޒާމު ކޮށްފައި ވަނީ، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ޢާއިލާތަކުންނެވެ. މުޒާހަރާގެ ބައިވެރިންގެ ތެރޭގައި މަސައްކަތްތެރިންގެ ޔޫނިއަންތައް ނުވަތަ އިއްތިޙާދުތަކާއި، ޤާނޫނީ ވަކީލުންނާއި ޑޮކްޓަރުންނާއި، ޤުދުސްގެ ޔުނިވަރސިޓީތަކުގެ މުދައްރިސުންނާއި ދަރިވަރުން ހިމެނެއެވެ. މުޒާހަރާގައި އިދިކޮޅު ލީޑަރު ޔައިރް ލަޕީދާއި ނަތަންޔާހޫގެ ކެބިނެޓުގައި ދިފާޢީ ވަޒީރު ކަމުގެ މަޤާމު ކުރިން ފުރާފައިވާ ޔޮއާވް ގަލާންތު ވެސް ބައިވެރިވިއެވެ.
އަސީރުންގެ ޢާއިލާތަކުން ޤަބޫލު ކުރާ ގޮތުގައި، އަސީރުން މިނިވަން ކުރުމަށް ނިރުބަވެރި ނަތަންޔާހޫ ހަރުދަނާ މަސައްކަތްތަކެއް ނުކުރެއެވެ. އަދި، އޭނާގެ އަމާޒަކީ އަސީރުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓައިލުން ކަމުގައި އެ މީހުންގެ ޢާއިލާތަކުން ޤަބޫލު ކުރެއެވެ. އަސީރުންގެ ފުރާނައަށް ބެލުމެއް ނެތި ޖައްބާރު (ނުބައި ނުލަފާ) ނަތަންޔާހޫ އިސްކަން ދީފައި ވަނީ ޔަހޫދީ ފައުޖުން ޝަހީދު ކުރަމުންދާ މުސްލިމުންގެ އަދަދު އިތުރު ކުރުމަށެވެ. މި ގޮތުން، ޣައްޒާގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީގެ ބައެއް ސަރަޙައްދުތައް އިސްތިޢުމާރު ކުރުމަށް އޭނާ ވަނީ އިތުރު ޖަރީމާތަކެއް ހިންގަން ފަށާފައެވެ. އަދި، އެ ރަށަށް ދެމުންދާ ނިރުބަވެރި ޙަމަލާތައް އިތުރުކޮށް، އެ ރަށުގެ ރައްޔިތުން ވަޒަނުން ބޭރު ކުރުމުގެ މަސައްކަތް ފަށާފައެވެ. ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތަކުން ސަލާމަތްވުމަށް އެތަކެއް ސަތޭކަ ހާސް ބަޔަކު ދަނީ އެ ރަށް ދޫކޮށް، ޣައްޒާގެ ދެކުނުގެ ސަރަޙައްދުތަކަށް ހިޖުރަ ކުރަމުންނެވެ. މިއީ، އެ މީހުންގެ ވަޒަން ދޫކޮށް ދަތުރު ކުރަން މަޖުބޫރުވި ފުރަތަމަ ފަހަރެއް ނޫނެވެ. މިއީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ނަތަންޔާހޫ ހިންގަމުންދާ ޣައިރުޤާނޫނީ ޖަރީމާއެކެވެ.
މުޒާހަރާގެ ބައިވެރިން ބުނީ، ނަތަންޔާހޫގެ އަމުރަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން އަސީރުންގެ ފުރާނައަށް އިތުރަށް ނުރައްކާވަމުންދާ ކަމުގައެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި 50އެއްހާ އަސީރުން ތިބި ކަމުގައި ބެލެވޭއިރު، އޭގެ ތެރެއިން ދިރިތިބި މީހުންގެ އަދަދު 20އަށް އަރާ ކަމުގައި ޔަހޫދީ ސަރުކާރުން ޤަބޫލު ކުރެއެވެ. ޙަމާސުން ބުނީ، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މަރުވެފައި ވަނީ ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
