
މިދިޔަ ސީޒަނުގައި އިނގިރޭސި ޗެމްޕިއަންޝިޕްގައި ވާދަކުރުމަށްފަހު ޕްރިމިއާ ލީގަށް ޕްރޮމޯޓުވި ލީޑްސް ޔުނައިޓެޑް އެވަޓަން އާއި ދެކޮޅަށް ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން 1-0 ގެ ނަތީޖާއަކުން މޮޅުވެއްޖެ އެވެ. ލީޑްސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ލީޑްސް އަށް ލިބުނު ޕެނަލްޓީ އަކުން ލޫކަސް އެންމޭޗާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި މެޗަށް ނިކުތުމުގެ ކުރިންވެސް ލީޑްސްގެ ކޯޗު ޑެނިއެލް ފާރކް ބުނެފައިވަނީ ޕްރިމިއާ ލީގަށް ކޮލިފައިވުމުގައިވެސް އެ ޓީމުން ގެންގުޅުނު ސްޓައިލަށް މި ސީޒަނުގައި ކުޅޭނީ އެޓޭކަށް އިސްކަން ދީގެން ކަމަށެވެ. އަދި މި މެޗުގައި އެ ޓީމުން ވަނީ ލީޑްސް އާއި ދެކޮޅަށް ރަގަޅު ކުޅުމެއް ދައްކާފަ އެވެ.
އެވަޓަންގެ ކޯޗު ކަމާއި މިދިޔަ ސީޒަނުގެ މެދުތެރޭގައި ހަވާލުވި ޑޭވިޑް މޯޔެސް ވަނީ މި މެޗުގެ ފަހު ވިހި މިނިޓުގައި ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ސިޓީ އިން އެ ޓީމާއި އަލަށް ގުޅުނު ޖެކް ގްރީލިޝް ކުޅެން އަރުވާފަ އެވެ. މި މެޗުގެ ފުރަތަމަ 53 މިނިޓުގެ ކުޅުން ނިމިގެންދިޔައިރު އެވަޓަން އަށް ލީޑްސްގެ ގޯލަށް ނުރައްކާތެރި ހަމަލައެއް ފޮނުވާލެވިފައިނުވާއިރު މި މެޗަށްފަހު މޯޔެސްއަށް ވަނީ އެ ޓީމަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހިފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
