
ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ބޮލީވިއާއާ ދެކޮޅަށް ކުޅޭ މެޗަށް ރެއާލް މެޑްރިޑުގެ ފޯވާޑް ވިނީޝިއުސް ޖޫނިއަރ ޓީމަށް ނުނަގަން ބްރެޒިލްއިން ނިންމައިފިއެވެ. މި ގޮތަށް ނިންމީ ރެއާލް މެޑްރިޑުގައި ވިނީޝިއުސްއަށް ކޯޗުކޮށްދިން، މިހާރު ބްރެޒިލްގެ ގައުމީ ކޯޗު ކާލޯ އަންޗެލޮޓީއެވެ. އޭނާ މި ގޮތަށް ނިންމީ ބްރެޒިލްއިން ސެޕްޓެމްބަރު މަހުގެ ފަހެއްގައި ޗިލީއާ ދެކޮޅަށް ކުޅޭ މެޗުގައި ވިނީޝިއުސްއަށް ނުކުޅެވޭތީ އެވެ. މި މެޗަށް އޭނާ ވަނީ ސަސްޕެންޑްކޮށްފައެވެ. އަންޗެލޮޓީ ބުނީ ޗިލީ މެޗުގައި ނުޅެވޭއިރު އޭގެ ހަތަރު ދުވަސް ފަހުން ބޮލީވިއާއާ ދެކޮޅަށް ވިނީޝިއުސް ގެނައުމުގެ ބޭނުމެއް ނެތް ކަމަށެވެ. ސަބަބަކީ ސްޕެއިނުން ފުރައިގެން ބްރެޒިލްއަށް އައިސް، ބޮލީވިއާއަށް އައުމަށް ދިގު ދަތުރެއް ކުރަން ޖެހުމެވެ.
“އެއަށްވުރެ ރަނގަޅު ވާނީ ސްޕޭނުގައި އޭނާ އަރާމު ކުރުން. މި ވަގުތު އަހަރެން މި ފުރުސަތުގެ ބޭނުން ހިފާނީ އެހެން ކުޅުންތެރިން ޓެސްޓް ކޮށްލަން. ވިނީ އަކީ މި ޓީމުގެ އެންމެ މުހިންމު ފޯވަޑް. ޕްރޫވަން ކުޅުންތެރިއެއް. އޭނާ ކޮންމެހެން ދަތި ވަގުތުތަކުގައި ބޭނުމެއްނެތި ބުރަ އުފުލަން ގެނައުމުގެ ބޭނުމެއްނެތް،” އަންޗެލޮޓީ ބުންޏެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް މި ވަގުތު އޮތީ 16 މެޗުން 25 ޕޮއިންޓާއެކު ދެކުނު އެމެރިކާ ސަރަހައްދުގެ ތިންވަނައިގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
