
ބުރަކި އުކުމުގައި ޕާކިސްތާނުގެ ކުރީގެ ކެޕްޓަން ބާބަރް އަޒަމްގެ ބެޓިން ރަނގަޅުކުރަން އޭނާއަށް އެ ގައުމުގެ ކްރިކެޓް ބޯޑުން އަންގައިފިއެވެ. މިއީ ކުރިއަށް އޮތް އޭޝިއާ ކަޕަށް ދާ ޓީމުގައި ކުޅެން ބޭނުންވާނަމަ އޭނާއަށް މިހާރު އޮތް ޓާގެޓެވެ. ކޯޗު މައިކް ހެންސަން ބުނީ އޭޝިއާ ކަޕް ޓީ20 މުބާރާތުގައި އޭނާއަށް ކުޅުމުގެ ފުރުސަތު ދެވޭނީ ބެޓިން ރަނގަޅު ކޮށްފިނަމަ ކަމަށެވެ. ބާބަރް އެންމެ ފަހުން ޓީ20 ފޯމެޓްގައި ބެޓްކޮށްފައިވަނީ ހުސްވި އަހަރު ދެކުނު އެފްރިކާއާ ދެކޮޅަށެވެ. އޭގެ ފަހުން އޭނާ ކުޅެފައިވަނީ އެހެން ފޯމެޓްތަކުގެ މެޗުތަކުގަ އެވެ. މިހެންވެ 30 އަހަރުގެ ކުޅުންތެރިޔާ އަށް ޕާކިސްތާނުގެ ގައުމީ ޓީމުން އަދި ޖާގަ ވަނީ ކަށަވަރު ނުކުރެވި އެވެ. ސަބަބަކީ ޝަހިބްޒާދާ ފަރްހާން ފަދަ ކުޅުންތެރިންގެ ބެޓިން ރަނގަޅުވުމެވެ.
“ޝައްކެތްނެތް އޭނާ އަށް ވަނީ ބެޓިންގެ ބައެއް ކަންކަން ރަނގަޅު ކުރަން އަންގާފައި. އޭނާގެ ބެޓިން ރޭޓް ގޯހެއްނޫން. އެކަމަކު ބައެއް އޭރިޔާތަކުގައި އޭނާ ބެޓްކުރާ ގޮތް ރަނގަޅު ކުރަންޖެހޭ. އޭނާ ދަނީ އެކަންކަން ރަނގަޅު ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. އެކަމަކު މިވަގުތު ޓީމުން ޖާގަ ދީފައި ތިބި ކުޅުންތެރިންނަކީ ބާބަރަށްވުރެ ރަނގަޅަށް ކުޅޭ ކުޅުންތެރިން. މިސާލަކަށް ޝަހިބްޒާދާ ވަނީ ހަ މެޗު ކުޅެ ތިން މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދާފައި،” ކޯޗު ބުންޏެވެ. އޭނާ ބުނީ ޓީ20 ފޯމެޓުގައި ބެޓިން ރަނގަޅު ކުރުމަށް ބާބަރަށް އެންމެ ރަނގަޅުވާނީ ދުވަސްކޮޅަކު އޮސްޓްރޭލިޔާގެ މުބާރާތްތަކުގައި ކުޅުން ކަމަށެވެ.
އޭޝިއާ ކަޕުގައި ޕާކިސްތާން ކުޅެން ޖެހެ ފުރަތަމަ މެޗު އޮންނާނީ އޮމާނާ ދެކޮޅަށް ދުބާއީގައެވެ. އެންމެ ބޮޑު ވާދަވެރިޔާ އިންޑިއާއާ ދެކޮޅަށް ކުޅޭނީ އޭގެ ދެ ދުވަސް ފަހުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
