
ނިއުކާސަލް ޔުނައިޓެޑް ދޫކޮށްލަން ބޭނުންވެފައި ހުރި ފޯވާޑް އެލެގްޒެންޑަރ އިސާކް، އިނގިރޭސި ފުޓްބޯލަރސް އެސޯސިއޭޝަނުގެ އެވޯޑް ނައިޓަށް ދާނެ ކަމާމެދު ސުވާލު އުފެދިއްޖެއެވެ. އިނގިރޭސި ނޫސްތަކުން ބުނަނީ މި އެވޯޑް ނައިޓަށް 24 ގަޑިއިރަށް ވީއިރު ވެސް އިސާކް އަންނާނެ ކަމުގެ ޔަގީންކަން ދީފައިނުވާ ކަމަށެވެ. ނަމަވެސް އޭނާ އަކީ ހުސްވި ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ނޮމިނޭޓްވެފައިވާ ކުޅުންތެރިއެކެވެ. އިސާކް މި ވަގުތު ހުރީ ހަޅުތާލެއްގަ އެވެ. އޭނާ ބޭނުންވަނީ ނިއުކާސަލް ދޫކޮށް އިނގިރޭސި ޗެމްޕިއަން ލިވަޕޫލަށް ބަދަލުވާށެވެ. ނަމަވެސް އޭނާ ގަތުމަށް ލިވަޕޫލުން ހުށަހެޅި 110 މިލިއަން ޑޮލަރުގެ ހުށަހެޅުން ނިއުކާސަލްއިން ވަނީ ގަބޫލުނުކޮށްފަ އެވެ.
ނިއުކާސަލްގެ ކޯޗު އެޑީ ހޮވޭ ބުނީ މި މައްސަލަ ހަލު ކުރުމުގެ ބާރު އޮތީ ކުޅުންތެރިޔާގެ އަތްމަތީގައި ކަމަށެވެ. ނަމަވެސް ކުލަބު ބަދަލު ކުރަން ބޭނުންވެ އޭނާ ވަނީ ނިއުކާސަލް އަށް ކުޅޭށާއި ޓީމާއެކު ފަރިތަކުރަން ވެސް ދެކޮޅު ހަދައިފަ އެވެ. މި މައްސަލާގައި ސްވިޑްގެ ގައުމީ ކޯޗު ޖޮންޑާލް ތޮމަސަން ވަނީ އިސާކަށް ތާއީދުކޮށް ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ކޮންމެ ކަމެއް ވެސް އަސްލު މަންޒަރު ސާފު ނުވެ ވަކި މީހަކު ކުށްވެރިކޮށްގެން ނުވާނެ ކަމަށެވެ. އަދި އިސާކް އަކީ ވަރަށް ޕްރޮފެޝަނަލް މީހެއް ކަމަށާއި އޭނާގެ އަމަލުތައް ޕްރޮފެޝަނަލް މިންގަނޑުން ބޭރުނުވާނެ ކަމަށެވެ.
އިނގިރޭސި މީޑިއާތަކުން ބުނަނީ މި މަހުގެ ފަހު ދުވަހު ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން އިސާކް ގަތުމަށް ލިވަޕޫލުން 150 މިލިއަން ޑޮލަރު ހުށަހަޅާނެ ކަމަށެވެ. ނަމަވެސް ކޮންމެ އަގެއް ދިނަސް ކުޅުންތެރިޔާ ދޫކުރުގެ ހުރިހާ ބާރެއް އޮތީ ނިއުކާސަލް އަތްމަތީގަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
