
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ގަދަރުވެރި ސިފައިންނާއި ފުލުހުންގެ މުއައްސަސާތަކުގެ ތެރެއިން ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ގޮވާލާފައިވާއިރު، އެ ދެ މުއައްސަސާގެ ކޯޕަރޭޓިވް ކަމަށްވާ ސިފްކޯ އާއި ޕޮލްކޯގެ ތެރެއިން ކޮރަޕްޝަންގެ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވެފައިވާ ކަމަށް މި ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ. މި ކުންފުނިތައް އުފެއްދިފައިވަނީ އެ މުއައްސަސާތަކުގެ މަންފާއަށް ކަމަށްވިޔަސް، ޚާއްސަ އިނާޔަތްތަކާއި އިސްތިސްނާތަކުގެ ސަބަބުން ވިޔަފާރީގެ ތެރެއަށް ވަނުމުން ކޮރަޕްޝަނަށް ފަސޭހައިން ހުށަހެޅޭ ކަމަށް ފާހަގަކުރެވިފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ޕޮލްކޯގެ ފްލެޓްތަކާ ގުޅޭ އޮޑިޓް ރިޕޯޓެއް ބަލަން ފަށާފައިވާއިރު، ސިފްކޯގެ އޮޑިޓް ރިޕޯޓެއްވެސް ދިރާސާ ކުރަމުންނެވެ. މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަހުމަދު ނާޒިމް ވިދާޅުވާ ގޮތުގައި، ޕޮލްކޯގައި 400 މިލިއަނަށް ވުރެ ބޮޑު ކޮރަޕްޝަނެއް ފާހަގަކުރެވިފައިވާއިރު، ސިފްކޯގެ ހާލު އެއަށްވުރެވެސް ގޯސްއެވެ.
ފުލުހުންގެ ގާނޫނުގެ 125 ވަނަ މާއްދާގެ ށ. ގައި ބުނާ ގޮތުން، ފުލުހުންގެ ވެލްފެއާ ކަންކަން ކުރުމަށް ކޯޕަރޭޓިވްސް ފިޔަވައި އިތުރު ގާނޫނީ ޝަހްސެއް އުފައްދައި ވިޔަފާރި ކުރުން މަނާކޮށްފައިވެއެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ ވަކި މުއްދަތެއްގެ ތެރޭގައި މިފަދަ ކުންފުނިތައް އުވާލުން ގާނޫނުން ލާޒިމްކުރެއެވެ. ނަމަވެސް، އޮޑިޓްކޮށް ކޮރަޕްޝަން ފަޅާއަރާނެތީ މި ތަންތަން އުވާނުލާ ދަނީކަމަށް ބެލެވެއެވެ. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ވިދާޅުވެފައިވަނީ، ސިފައިންނާއި ފުލުހުން ވިޔަފާރީގެ ތެރެއަށް ވަދެގެންނުވާނެ ކަމަށާއި، މި ކުންފުނިތައް އުވާލައި، ގާނޫނުގައިވާ ޒިންމާތައް އަދާކުރަން ޖެހޭ ކަމަށެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ގާނޫނުގައި ސަރުކާރުގެ ހިއްސާ އޮންނަ އިދާރާތައް ބެލުމުގެ ބާރު އެ ބޯޑަށް ލިބިފައިވީ ނަމަވެސް، މިހާތަނަށް މި ކުންފުނިތައް ޕީސީބީން ބަލާފައެއް ނުވެއެވެ. މި މައްސަލަތައް ހައްލުކޮށް، ގާނޫނާ އެއްގޮތަށް ކަންކަން ހިންގައި، ކޮރަޕްޝަން މުލުން ލުހެލުމަށް ފިޔަވަޅު އެޅުން މުހިންމު ކަމަށް މި ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
