
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނާއެކު ހަތިޔާރު ނެތި، ކުށެއްކޮށްފިނަމަވެސް ބޮޑެތި އަދަބުތަކާއެކު ދަޢުވާކުރެވި، ގޭންގު ކުށްތައް މަދުކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ. ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވީ މިދިޔަ މެއި މަހުގެ 25ވަނަ ދުވަހުއެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މިމަހުގެ 25ވަނަ ދުވަހުން ފެށިގެންނެވެ. ގޭންގު ކުށްތަކުގެ ޤަނޫނަށް ޢަމަލުކުރަން ފެށުމަށް ތައްޔާރުވަމުން އަންނައިރު، އެކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ނައުޝާދު ވިދާޅުވީ މީގެ ކުރިން އެކުލަވާލާފައިވާ ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުން ގޭންގު ކުށްތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގައި ބޮޑެތި ދަތިތައް އެބަހުރި ކަމަށެވެ.
ގޭންގުތަކުން ކުށްކުރާ ގޮތްގޮތަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް ނައުޝާދު ވިދާޅުވިއެވެ. އެގޮތުން މިހާރު ހަތިޔާރެއް ބޭނުންނުކޮށްވެސް ބޮޑެތި ކުށްތައް ހިންގާއިރު، އެފަދަ ކުށްކުށަށް އަދަބު ދެވޭނެ ހަރުދަނާ ގޮތްތަކެއް މިހާރު އެކުލަވާލާފައިވާ ޤާނޫނުތަކުގައި ނެތް ކަމަށެވެ. ނަމަވެސް މިހާރު އެކުލަވާލާފައިވާ ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނާއެކު ހަތިޔާރެއް ނެތި، ބިރު ދެއްކުމާއި ކިޑްނެޕްކުރުންފަދަ ކުށްކުށަށް އަރައިގެންފިނަމަ ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާކަމަށް ޕަބްލިކް ޕްރޮސިކިއުޓަރ ވިދާޅުވިއެވެ. “ކުރީގެ ޤާނޫނުތަކުގެ ތަޖުރިބާއިން އައު ޤާނޫނު އެކުލަވާލާފައިވަނީ. ޚާއްސަކޮށް ޕްރޮސިކިޔުޝަންގެ ތެރޭގައާއި ކޯޓު މަރުހަލާގައި ހެކިންނަށް އޮތް ނުފޫޒާއި ބިރު ދެއްކުންފަދަ ތަޖުރިބާތަކާއެކީގައި މި ޤާނޫނު ގެނެވުނީ.” ނައުޝާދު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ނައުޝާދު ވިދާޅުވީ ގޭންގު ޤާނޫނާއެކު ކުރެވޭ އެންމެ ބޮޑު އެއްކަމަކީ ގޭންގެއްގެ ގޮތުގައި ކުށްކުރާ ގުރޫޕެއް ކަނޑައެޅިގެންދިއުން ކަމަށެވެ. އެ ގޮތުން އެކަށީގެންވާ ހެކި ލިބި، ހައިކޯޓަށް ހުށައަޅައި، ކޯޓުން އެއީ ގޭންގެއްކަމަށް ކަނޑައަޅައިފިނަމަ، އެ ގުރޫޕަކުން ހިންގާ ކުށްތައް މުޅިއެކު ހުއްޓުވާލެވޭނެކަމަށް ނައުޝާދު ވިދާޅުވިއެވެ. އަދި މި ޤާނޫނުގެ ދަށުން ނުޙައްޤުން މުއްސަނދިކަން ހޯދައިގެން އުޅޭ ފަރާތްތަކުގެ މުދަލުގެ ގޮތުގައި ހިމެނޭ ތަކެތި ހޯދި، އެ ފަރާތްތަކަށްވެސް އަބަދު ދެވޭނެކަމަށްވެސް ނައުޝާދު ވިދާޅުވިއެވެ. ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނާއެކު ގޭންގު ކުށްތައް ހުއްޓުވުމާއި ނުޙައްޤުން މުއްސަނދިކަން ހޯދައި ފަރާތްތަކަށް އަދަބުދެވުމާއި ކުޑަކުދިން ކުށްކުށަށް ހުށައަޅައި މީހުންނަށްވެސް އަދަބު ދެވޭނެއެވެ. އެހެންކަމުން ބޮޑެތި ކުށްތައް ހުއްޓުވުމަށް އައު ޤާނޫނާއެކު ބޮޑު ކުރިއެރުމެއް ލިބޭނެކަން ސަރުކާރުންވެސް ފާހަގަކުރައްވާފައިވެއެވެ.
މި ޤަނޫނާއެކު ކުށްކުށަށް ދެވޭ އަދަބުތައް ވަރަށް ބޮޑަށް ހަރުކަށި ކުރެވޭނެއެވެ. އެގޮތުން ޢުމުރަށް ޖަލަށްލުމާއެކު ކުށްކުރާ މީހާ ޖޫރިމަނާކުރެވޭއިރު، ކުރާ ކުށްކުށަށް މަޢާފު ނުދެވޭނެއެވެ. އަދި ޕެރޯލް ނިޒާމުގެ ތެރެއިންވެސް އަދަބު ލުއި ނުކުރެވޭއިރު، އިޢުތިރާފުގެ އެއްބަސްވުމެއް ހަދައި ހާލަތެއްގައި ޕީޖީން ހުށައަޅައި ލުއި އަދަބަށްވުރެ ލުއި އަދަބެއް ކޯޓަކަށްވެސް ކަނޑަނޭޅޭނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
