
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރަސްމާލޭގެ އިތުރު ސަރަޙައްދުތައް ހިއްކުމުގެ މަސައްކަތް މިހަފްތާތެރޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ އެންމެ ބިޔަ ބޮޑު މަޝްރޫޢުއަކީ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުއެވެ. ރަސްމާލެ ތަރައްޤީކުރަނީ 1153 ހެކްޓަރުގެ ފުށި ދިއްގަރު ފަޅުން 1009 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. މި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތް ނޫސްވެރިންނަށް ވަނީ ދައްކާލާފައެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ރަސްމާލެއިން ވަނީ 129.60 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ. އެއީ މުޅި މަޝްރޫޢުގެ %12.84އެވެ. މިހާރު ހިއްކާފައިވާ ސަރަޙައްދު ހުޅުމާލެ ފުރަތަމަ ފިޔަވައްސާ އެއްވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުން އައިސްފައިވަނީ 11 ސަރަޙައްދަކަށް ބަހާލައިގެން 2 ކުންފުންޏަކުންނެވެ. އެއީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީއާއި މޯހަން މުތާ އެކްސްޕޯޓްސްއިންނެވެ. ނަމަވެސްބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މިމަހުގެ ތެރޭ ވަނީ ޗައިނާގެ ހާބަރ އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފައެވެ. އެޗްޑީސީން މަޢުލޫމާތު ދެއްވާގޮތުގައި ސައިޓް މޮބިލަިއޒްކޮށް ބިން ހިއްކުމަށް ބޭނުންވާ ބަނޑް ޖެހުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ބިން ހިއްކުމަށް ބޭޏުންވާ ޑްރެޖަރ ރާއްޖެ އައިސްފައިވާއިރު ބިން ހިއްކުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ފަށާނެއެވެ. އެ ކުންފުނިން ރަސްމާލެ ސައިޓް “ސ، އަދި އީ” އިން 265 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރަސްމާލެއިން ހިއްކުމަށް ހަމަޖެހިފައިވާ އިތުރު ސަރަޙައްދުތަކަށް ބަލާއިރު ސައިޓް “ޖޭ” ގެ 29 ހެކްޓަރުގެ ބިން ހިއްކާ ނިންމުމަށްފަހު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. އަދި ސައިޓް “ޑީ، އެފް، ޖީ، އެލް” އިން 394 ހެކްޓަރުގެ ބިން ހިއްކާއިރު މިހާތަނަށް އަިރު ވަނީ 100.60 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ. މީގެ އިތުރުން ސައިޓް “އޭ، ބީ، އެޗް،އައި” މި ސަރަޙައްދުތަކުން 321 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.
ރަސްމާލެ އެއްކޮށް ހިއްކާ ނިމުމުން ހުޅުމާލޭގެ 3 ފިޔަވަހިހާ ބޮޑުވާނެއެވެ. އަދި މިތަން ހިއްކަނީ ހުޅުމާލެއަށް ވުރެ އުސްކޮށް 2.5 މީޓަރު އުހަށެވެ. އެޗްޑީސީން ވިދާޅުވީ ބިންހިއްކުމަށްޓަކައި 42 މިލިޔަން ކިއުބިކް މީޓަރުގެ ވެލި ބޭނުންވާކަމަށެވެ. ބިން ހިއްކުމަށް ބޭނުންވާ ވެލި ގެންނަނީ މާލެ ސަރަހައްދުގެ އެކި ސަރަޙައްދަުތަކުންނެވެ. އަދި ހިއްކާ ސަރަޙައްދުތަކުގައި ހުރި 21000އަށްވުރެ ގިނަ މުރަކަ ރައްކަތެރިކަމާއެކު އެކި ސަރަޙައްދުތަކަށް ގެންގޮސް މުރަކައާލާ ކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރަސްމާލެ މަޝްރޫޢުގެ ދަށުން 65000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހައުސިންގ މަޝްރޫޢުގެ ދަށުން ފުރަތަމަ 15000 ހައުސިންގ ޔުނިޓުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ މިހާރުވެސް ވަނީ ހަވާލުކޮށްފައެވެ. ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ ވެގެންދާނީ އިންޑިޔާ ކަނޑުގައި ތަރައްޤީކުރާ ފުރަތަމަ ޒީރޯ ކާބަން ސިޓީކަމަށާއި، މިއީ ޓެކްނޮލޮޖީގެ އިތުރުން ތިމާވެއްޓާއި ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ތަޢާރަފްވެގެންދާނެ މަޝްރޫޢެއްކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
