
މާލެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ހަތަރު ލޭނަށް ބަދަލުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތްކުރުމަށް ތައްޔާރުރުވެއްޖެއެވެ. ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ މިއަހަރުގެ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. މިމަސައްކަތްކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުގައެވެ. މާލޭ އުތުރު ފަރާތު ބޭރު މަގަކީ ސަރުކާރާއި އާންމު ފަރާތްތަކުގެ މުހިއްމު ގިނަ އޮފީސްތަކާއި، ބޭންކުތަކާއި ފިހާރަތަކުގެ އިތުރުން މާލެއަށް ލަފާފުރުމުގައި މުހިއްމު ސަރަޙައްދެއްކަމުން އެއީ ކާރޫބާރޫ ބޮޑު ސަރަހައްދެކެވެ. އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް ދަތުރުކުރާ މިމަގު މަސައްކަތް ކުރުމަށް ހަދަންޖެހޭ އެންވަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު އެމްޓީސީސީން ވަނީކޮށްފައެވެ.
ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި މިއަދުން ފެށިގެން އަންނަ އޮކްޓޯބަރުގެ 13 ވަނަ ދުވަހާ ހަމައަށް ބޮޑުތަކުރުފާނުމަގުގެ އެއްފަޅި މިހާރު ވަނީ ބަންދުކޮށްފައެެވެ. އެގޮތުން ދަތުރުވެރިންގެ މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހިސާބަށް މަގު ބަންދުވާނެ އެވެ. އަދި އެފަޅީގެ ފަޅުވެސް ބަންދުވާނެކަމަށް ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ކާރޫބާރޫ ބޮޑުވާ ވަގުތުތަކުގައި މަސް މާރުކޭޓު ސަރަހައްދުގެ މަގު ވެސް ޓްރެފިކަށް ބަންދު ކުރާނެކަމަށް އެ އިއުލާނުގައިވެއެވެ.
ބޮޑުތަކުރުފާނުމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި 18 އޯގަސްޓް 2025 ން 13 އޮކްޓޯބަރ 2025 ގެ ނިޔަލަށް ބޮޑުތަކުރުފާނުމަގުގެ އެއްފަޅި ބަންދުކުރެވިފައިވާ ވާހަކަ އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި، މިކަން އާންމުކޮށް އަންގާ އިޢުލާން… pic.twitter.com/tEv2SSHCMQ
— Malé City Council (@MaleCitymv) August 17, 2025
ބޮޑުތަކުރުފާނު މަގުގެ އުތުރުން، ހުޅުމާލޭ ފެރީ ޓަރމިނަލުން ފެށިގެން މަސްމާރުކެޓާއި ހަމައަށް 830 މީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައިގެން ތަރައްޤީކުރުމަށް ސަރުކާރުންވަނީ ނިންމާފައިވާއިރު، މިމަގު ތަރައްޤީކުރަނީ މަގުފުޅާކޮށް، ކޮޅަކަށް 2 ލޭނު ހިމެނޭހެން އެންމެ ޒަމާނީ ފެންވަރަށެވެ. މިގޮތުން މަގުފުޅާކުރުމަށް އެސަރަޙައްދުގެ ބޭރު ތޮށި، ބޭރަށް ޖެއްސުމުގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 3 ސެގްމަންޓަކަށް ބަހާލައިގެންނެެވެ. މާލޭގެ މަގު ހެދުމުގެ މަސައްކަތުގެ ދަށުން މާލެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ވަކި މަސައްކަތެއްގެގޮތުގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނީ ޗައިނާ ސަރުކާރުގެ ހިލޭއެހީގައެވެ. އެގޮތުން މިއަހަރު އެމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ވަނީ ކޮށްފައެވެ.
މިމަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 1 އަހަރާއި 3 މަސްތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 144.5 މިލިއަން ރުފިޔާއަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
