
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
މިއަހަރުގެ ތެރޭގައި އިންޑިއާއިން 200،000 ފަތުވެރިން ގެނައުމަށް ޚާއްސަ ކެމްޕެއިނެއް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ފަށައިފިއެވެ. ވިޒިޓް މޯލްޑިވްސްގެ މި ކެމްޕެއިނަކީ މިއަހަރު ތެރޭ އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން “ފްރޮމް ތިރަންގާ ޓު ޓާކޮއިސް” ނަމުގައި ފަށާފައިވާ މި ކެމްޕެއިނުގެ ތެރެއިން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ކެމްޕެއިންގެ ނަން ރަމްޒުކޮށްދެނީ އިންޑިއާގެ ކުލަގަދަ ދިދައިގެ ކުލަތަކުން ރާއްޖޭގެ ވިލު ނޫ މޫދަށާއި ގޮނޑުދޮށްތަކަށް ޒިޔާރަތް ކުރުން ކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވިއެވެ. އިންޑިއާއަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ އެންމެ ބޮޑު އެއް މާކެޓު ކަމަށްވާއިރު، އެމާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަކީ އަމާޒެއް ކަމަށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމީޓުކުރާ ކުންފުނިން ވިދާޅުވެއެވެ. މިއީ ދެ ޤައުމު ސަޤާފީ ގުޅުން އިތުރަށް ވަރުގަދަކޮށް ފަތުރުވެރިކަމުން އިތުރަށް ގުޅުވާލުމަށް ކުރެވޭނެ މަސައްކަތެއް ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވެއެވެ.
މި ކެމްޕެއިން ލޯންޗުކުރުމާއި ގުޅިގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އިބްރާޙިމް ޝިއުރީ ވިދާޅުވީ، އިންޑިއާއަކީ އެންމެ ގާތް އަވަށްޓެރި ޤައުމު ކަމަށާއި އެ ގުޅުން އޮތީ ސަޤާފީގޮތުންނާއި އިތުބާރުގެ މައްޗަށް ބިނާވެފައި ކަމަށެވެ. އަދި މި ކެމްޕެއިންގެ ސަބަބުން އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 4 ޤައުމުގެ ތެރޭ ހިމެނޭ ޤައުމަކަށް ހެދޭނެ ކަމަށް ޝިއުރީ ވިދާޅުވިއެވެ. ޝިއުރީ ވަނީ އިންޑީއާގެ ފަތުރުވެރިންގެ އެކި ގިންތިތަކަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.
މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި އިންފްލުއެންސާ ކޮލަބޮރޭޝަންތަކާއި، މީޑީއާ ފެމިލިއަރަޒޭޝަން ޓްރިޕްތަކާއި ޚަބަރާއި އެހެނިހެން އެޑްވަޓޯރިއަލް ލިއުންތައް އިންޑިއާގެ މަޤްބޫލު ނޫސްތަކުގައި ޝާއިއުކުރުން ހިމެނެއެވެ. މީގެ އިތުރުން އެއަރލައިންތަކާއި މީޑިއާ ޕާޓްނަރުންނާއި ދައިރާގެ އެހެނިހެން ވިޔަފާރިތަކާއެކު ތިން ސިޓީއެއްގައި ކުރިއަށް ރޯޑް ޝޯވްތަކެއް ކުރިއަށް ގެންދާނެއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ 2018ވަނަ އަހަރާއި އަޅާބަލާއިރު ފާއިތުވި 3 އަހަރު އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު 130 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. ހަމައެކަނި 2023 ވަނަ އަހަރު އެކަނިވެސް އެ ޤައުމުން ރެކޯޑު އަދަދަކަށް 209،193 ފަތުރުވެރިން ޒިޔާރަތް ކުރި ކަމަށާއި މިއަހަރު މިހާތަނަށް އައިއިރު މީގެ ދެ ބައިކުޅަ އެއްބައި އަދަދަށް ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ. އިންޑިއާގެ ފަތުރުވެރިން އިތުރުކުރުމަށް އެކުންފުނިން ފަށާފައިވާ ކެމްޕެއިންވެސް ބިނާވަނީ މިކުރިއެރުމުގެ މައްޗަށް ކަމަށާއި އަމާޒަކީ މިއަހަރުގެ ނިޔަލަށް އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު 200،000 ކެމްޕެއިންގެ ސަބަބުން އިތުރުކުރެވުންކަމަށް ވިޒިންޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވިއެވެ. މީގެ އިތުރުން ދާދި ފަހުން އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއެކު ރާއްޖެއާއި އިންޑިއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ ފަތުރުވެރިކަމުގެ ދައިރާގެ ގުޅުންތައްވެސް އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.
ވިޒިޓް މޯލްޑިވްސްއިން މީގެ ކުރިންވެސް މި މާކުޓު އިތުރަށް ހަރުދަނާ ކުރަން ގިނަ މަސައްކަތް ކޮށްފައިވެއެވެ. މިދިޔަ ފެބްރުއަރީ މަހު މުމްބާއީގައި މަތީ ފަންތީގެ 100 އަށް ވުރެ ގިނަ ފަރާތްތަކާއި 20 އިންފުލެންސަރުންނާއެކު ބޭއްވި ހަރަކާތުގެ ސޯޝަލް މީޑިއާ ރީޗް 200 މިލިޔަނަށް އެރިކަން އެކުންފުނިން ފާހަގަކުރެއެވެ. މީގެ އިތުރުން މިދިޔަ އަޟްޙާ ޢީދުގައި ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ފަރާ ޚާން އެކުވެސް ރާއްޖޭގައި ކެމްޕެއިނެއް ކުރިއަށް ގެންގޮސްފައެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނާށް އިންޑީއާއިން ރާއްޖެއަށް 79،972 ފަތުރުވެރިން އައިސްފައިވެއެވެ. އަދި މި މާކެޓަކީ މިވަގުތު އެންމެ ގިނައިން ފަތުރުވެރިން އަންނަ 6 ވަނަ މާކެޓެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
