
ސިންގަޕޫރުގައި ވޭޕް ބޭނުންކުރުމަކީ މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކުށަކަށް ހައްދަވާނެ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު، ލައުރެންސް ވޮންގ ވިދާޅުވެއްޖެއެވެ. ސިންގަޕޫރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ އެއްވުމެއްގައި ދެއްވި ހިޠާބެއްގައި ބޮޑުވަޒީރު ވޮންގ ވިދާޅުވީ ކޮންމެ ޖީލަކުން ވެސް ނުރަނގަޅު އާދަތަކުގެ ސަބަބުން ޒުވާނުންނަށް ކޮށްފާނެ ނޭދެވޭ އަސަރަކާ މެދު ކަންބޮޑުވާ ކަމަށެވެ. އަބަދު ވެސް ކޮންމެވެސް އައު ހިރާހެއް އުފެދޭނެކަމަށާއި، އެ ގޮތުން ވޭޕް ކުރުމަކީ ވެސް އެ ފަދަ ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. ވޭޕްކުރުމުގެ މައްސަލައާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން ވޮންގ ވިދާޅުވީ ވޭޕް ބޭނުންކުރުމަކީ ސިންގަޕޫރުގައި މަނާ ކަމެއް ނަމަވެސް އެ ޤައުމަށް ވަގަށް ވޭޕް އެތެރެކުރުމުގެ މައްސަލަތައް ފެންމަތިވަމުންދާ ކަމަށެވެ. އަދި ޤަވާއިދާ ޚިލާފަށް ވޭޕް ކުރާ ސާމާނު ގެންގުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ވޮންގ ވިދާޅުވީ މި ފަދަ ވޭޕް ބޭނުންކުރާއިރު އޭގައި ދެވި ހިފަާ މާއްދާތައް ހިމަނާ ކަމަށެވެ. އެގޮތުން އޭގައި ޞިއްޙަތަށް ގެއްލުންހުރި އެޓޮމިޑޭޓް ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ވޭޕްކުރަން ބޭނުންކުރާ އާލާތްތަކަށް ވުރެ ނުރައްކާ ބޮޑީ އޭގައި ހިމެނޭ މާއްދާތައް ކަމަށް އޭނާ ވިދާޅުވިއެވެ. މި ވަގުތު އާއްމުކޮށް ބޭނުންކުރާ މާއްދާއަކީ އެޓޮމިޑޭޓްކަމަށްވި ނަމަވެސް އަދި އެއަށްވުރެ މާ ބާރުގަދަ އަދި ނުރައްކާތެރި މާއްދާތައް ކުރިއަށް އޮތް ތަނުގައި ބޭނުންކުރުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވޭޕްގެ މައްސަލަތަކުގައި ޢަމަލުކުރާނީ ވަރަށް ހަރުކަށިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
ސިންގަޕޫރުގައި ވޭޕް ކުރުން މަނާކޮށްފައި ވަނީ 2018ވަނަ އަހަރުގެ ތެރޭގައެވެ. އެ ޤައުމުގެ ޤާނޫނުގައި މިހާރު އޮތް ގޮތުން ވޭޕް ގެންގުޅުމާއި ބޭނުންކުރުމާއި ގަތުމަކީ 2،000 ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭ ކުށެކެވެ. ނަމަވެސް ހަމައެކަނި ޖޫރިމަނާއެއްގެ ގޮތުގައި އަދަބު ކަނޑައަޅާފައި އޮތުމަކީ މި ޙާލަތުގައި އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި، އެއަށްވުރެ ބޮޑެތި އަދަބުތައް ދޭންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށް ވޮންގ ވިދާޅުވިއެވެ. އެހެންކަމުން މީގެ ފަހުން އެއީ ޑްރަގް މައްސަލައެއްގެ ގޮތުގައި ބަލައި، ދޭ އަދަބު އިތުރަށް ހަރުކަށިކުރާނެ ކަމަށް ވޮންގ ވިދާޅުވެފައިވެއެވެ. އެގޮތުން ޖަލު ހުކުމާއި އެހެނިހެން ބޮޑެތި އަދަބުތައް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވޭޕަށް ދެވިހިފާފައިވާ މީހުން އެ ކަމުން ސަލާމަތްކުރުމަށް އެ ފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ވޮންގ ވިދާޅުވިއެވެ. ވޭޕްގެ ނުރައްކާތަކާމެދު އާއްމުން ހޭލުންތެރިކުރުމުގެ ޚާއްޞަ މަޝްރޫޢުއެއް ފަށާނެ ކަމަށާއި، ވޭޕްގެ މައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތަކީ ޤައުމީ ފެންވަރުގައި ކުރާނެ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވާނީ ސިންގަޕޫރުގެ ދާޚިލީ ވުޒާރާއާއި ޞިއްޙީ ވުޒާރާއިންކަމަށް ވިޔަސް، މަސަައްކަތުގައި މުޅި ސަރުކާރުން ޝާމިލުވާނެ ކަމަށް ވެސް ވޮންގ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
