
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އާސެނަލް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، އޭނާގެ ޓީމުން ސާބިތުކޮށްދިނީ ކޮންމެ ޓީމެއް ބަލިކުރެވިދާނެކަން ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޮރިމް ބުނެފިއެވެ. އަމޮރިމް ބުނީ ހުސްވި ސީޒަނުގައި ޓޭބަލުގެ އެންމެ ފުލަށް ކިރިޔަކިރިޔާ ނުދިޔަ ޓީމުން އާސެނަލް ފަދަ ވަރުގަދަ ޓީމަކާ ދެއްކީ މޮޅު ކުޅުމެއް ކަމަށެވެ. “އަހަރެން މި ހުރީ ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހިގެން. އާސެނަލް އަކީ ވަރަށް މޮޅު ޓީމެއް. އެ މީހުންނާ ދެކޮޅަށް އަހަރުމެން މިރޭ މި ދައްކައިދިނީ އަހަރުމެންނަށް ކޮންމެ ޓީމެއް ވެސް ބަލި ކުރެވިދާނެކަން،” ކޯޗު ބުންޏެވެ.
އޭނާ ބުނީ ޕްރެމިއާ ލީގުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑްގެ ކުޅުންތެރިން ސަޕޯޓަރުންނަށް ގެނެސްދިނީ އުއްމީދީ މަންޒަރެއް ކަމަސާއި މި ސީޒަނުގެ ނަތީޖާ ގޯސްނުވާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ. “އަހަރުމެން މި ގޮތަށް ކުރިއަށް ހުރި މެޗުތަކުގައި ކުޅެފިނަމަ ޓީމާމެދު އެހެން މީހުންގެ އިތުބާރު ވަރަށް ބޮޑު ވެގެންދާނެ. ހަގީގަތުގައި މި މެޗުން ބަލިވި ނަމަވެސް އަހަރުމެން ވަރަށް ރަނގަޅަށް މެޗު ނިންމާފައި މިދަނީ،” ކޯޗު ބުންޏެވެ. މި ސީޒަނަށް ޓީމަށް އަލަށް ގެނައި ފޯވަޑް ބެންޖަމިން ސެސްކޯ މި މެޗު ފެށީ ފަހު 30 މިނިޓަށެވެ. ކޯޗު ބުނީ ސެސްކޯ އަކީ ޔުނައިޓެޑަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ޓީމަށް ހޭނެން އޭނާ އަށް އަދި ވަގުތު ބޭނުންވާ ކަމަށެވެ.
ގޯލްކީޕަރު އަންދްރޭ އޮނާނާގެ ބަދަލުގައި މި މެޗުގައި އެއްވަނަ ކީޕަރަކަށް ކުޅުވީ ތުރުކީގެ ކީޕަރު އަލްޓޭ ލައްވަ އެވެ. އާސެނަލް ގޯލު ޖެހީ އޭނާ އަށް ހެދުނު ގޯހަކުންނެވެ. ނަމަވެސް ކޯޗު ބުނީ މިއީ އޮނާނާ ޓީމުން ބާކީ ކުރުން ނޫން ކަމަށެވެ. “އަހަރެން އޮނާނާ ޓީމުން ބާކީ ނުކުރަން. އަހަރެން އޭނާގެ މައްޗަށް މި މެޗަށް ނެގީ އިތުރު ދެ ކީޕަރުން. އަހަރެން ޓީމުގައި ތިބި ހުރިހާ ކީޕަރުންނަށް ވެސް އިތުބާރު ކުރަން،” ކޯޗު ބުންޏެވެ. ޔުނައިޓެޑަކީ މި ސީޒަނުގައި ޔޫރަޕުގެ އެއްވެސް މުބާރާތެއްގައި ނުކުޅޭ އިނގިރޭސި ބޮޑެތި ކުލަބުގެ ތެރެއިން ހަމައެކަނި ޓީމެވެ. އެހެންވީ ހުސްވި ސީޒަނުގެ ނަތީޖާތައް ގޯސްވުމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
