
އިނގިރޭސި ޕްރިމިއަރ ލީގުގެ ފެށުން ރަނގަޅުކުރެވުމުން ހިތްހަމަޖެހޭ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ. އޭނާ މިހެން ބުނީ ސީޒަނުގެ ފުރަތަމަ މެޗުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް 1-0އިން ބަލި ކުރުމަށްފަހު އެވެ. ފާއިތުވެދިޔަ ތިން ސީޒަނުގައި ވެސް ތައްޓަށް ވާދަކޮށް، ދެ ވަނަ އަށް ދިޔަ ޓީމުގެ ކޯޗު ބުނީ ކުރީ ސީޒަނާ އަޅާ ބަލާއިރު އޭނާގެ ޓީމުން ރަނގަޅު ކަންކަން ފާހަގަވި ކަމަށެވެ. “އަހަރުމެންގެ ރިދަމް ރަނގަޅު. އަހަރުމެން މެދުތެރެއިން އެޓޭކް ބިލްޑްކޮށް ކުރިއަރައި ދިޔަ ގޮތް ވަރަށް ރަނގަޅު. ނަމަވެސް ޓީމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ވެސް އެބަހުރި. މި ފަދަ ދިގު ސީޒަނެއްގައި އެންމެ މުހިންމު ކަމަކީ ފެށުން ރަނގަޅު ކުރުން. އެކަން ކުރެވުނީމާ ވަރަށް ހިތްހަމަޖެހޭ،” އާޓެޓާ ބުންޏެވެ.
އޭނާ އަދި ބުނީ އާސެނަލް އަށް ގެނައި ފޯވަޑް ޔޯކެރެސް ރަނގަޅު ކުޅުމެއް މި މެޗުގައި ދެއްކި ކަމަށެވެ. “މިއީ އޭނާގެ ފުރަތަމަ މެޗު. އަހަރުމެން އުއްމީދު ކުރި ވަރަށްވުރެ ރަނގަޅު ކުޅުމެއް އޭނާ ވަނީ ދައްކާފައި. އަދިވެސް ޓީމަށް ހޭނުނު ވަރަކަށް މެޗަކަށްވުރެ މެޗެއްގައި އޭނާ ދާނީ ރަނގަޅު ވަމުން،” ކޯޗު ބުންޏެވެ. އާސެނަލް އަކީ މި ސީޒަނުގެ ޕްރެމިއާ ލީގު ކާމިޔާބު ކުރުމަށް އެންމެ ބޮޑަށް ހޭދަކުރި އެއް ޓީމެވެ. ހާއްސަކޮށް ޓީމުގެ އެންމެ ބޮޑު ބަލި ފައި ކަމަށް ބެލެވެނު ފޯވަޑް ލައިން ރަނގަޅު ކުރުމަށް އެ ކުލަބުން ހޯދި ކުޅުންތެރިއަކީ ޔޯކެރެޝް އެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
