
އިނގިރޭސި ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލަސް އާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ. ނިމިގެންދިޔަ ފީފާ ކްލަބް ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ކްރިސްޓަލް ޕެލަސްގެ އެބެރޭޗީ އެޒޭ ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމާފަ އެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ އެ ޓީމާއި އަލަށް ގުޅުނު ކުޅުންތެރިންނަށް މި މެޗުގައި ފުރުސަތު ދީފަ އެވެ.
މެޗުގެ 13 ވަނަ މިނިޓުގައި ވިހި ޔާޑު ދުރުން ލިބުނު ހިލޭ ޖެހުމަކުން އެޒޭ ލަނޑު ޖެހިއިރު އެ ނިންމުން ރެފްރީ ނިންމާފައިވަނީ ޕެލަސްގެ މާކް ގުއޭހީ ޗެލްސީގެ ކުޅުންތެރިން ހަދާފައިވާ ވޯލްގެ އެއް މީޓަރު ކައިރީގައި ހުރުމުގެ ސަބަބުންނެވެ. 2019 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުންދާ މި ގަވާއިދު ޕްރިމިއާ ލީގުގެ ރެފްރީން އަމަލުކޮށްފައިވަނީ ވަރަށް މަދު ފަހަރެއްގަ އެވެ. މި މެޗުގައި ޕެލަސްގެ ޝޯން ފިލިޕް މަޓޭޓާ އާއި މެކްސެންސް ލެކްރޮއިކްސް އަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.
ޗެލްސީން މި މެޗުގައި އުފެއްދި އެންމެ ނުރައްކާތެރި ހަމަލައެއް ފެނިގެން ގޮސްފައިވަނީ އެ ޓީމާއި އަލަށް ގުޅުނު ބްރެޒިލްގެ އެސްޓެވާއޯ ވިލިއަމް އާއި ލިއާމް ޑެލަޕްގެ އިތުރުން އެންޑްރޭ ސަންޓޯސްގެ ފަރާތުން މެޗުގެ ދެވަނަ ހާފުގަ އެވެ. މި ސީޒަނަށް ޓީމުގެ ފޯވަޑް ލައިން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޗެލްސީން 250 މިލިއަން ޕައުންޑް ހަރަދުކުރި ނަމަވެސް އައު ސީޒަނުގެ ފުރަތަމަ މެޗުގައި އެ ޓީމަށް މާއެދެވޭ ކުޅުމެއް ވަނީ ދެއްކޭ ގޮތް ނުވެފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
