
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް އެކުލަވާލި ރާއްޖޭގެ ފުޓްބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން ބާއްވާ އެޓޯލް ޗެމްޕިއަންޝިޕް 2025/2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ގެޒެޓުގައި އެފްއޭއެމްއިން ޝާއިއުކުރި އިއުލާނުގައިވާ ގޮތުން އަލަށް އެކުލަވާލި ރާއްޖޭގެ ފުޓުބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން، ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައި، އޭގެތެރޭގައި ހިމެނޭ އަތޮޅުތަކަށް ނިސްބަތްވާ ތިން ސަރަހައްދުގައި މިއަހަރު ފެށުމަށް ތާވަލްކޮށްފައިވާ އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ރަށްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ކުރިން އެފްއޭއެމްގެ ([email protected]) އީމެއިލްއަށް ފޮނުއްވުމަށް ވަނީ އެދިފައެވެ.
އެ އިލާނުގައި ހާމަކޮށްފައިވާ ގޮތުން ނޯތު ރީޖަންގެ ކުޅުން ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ 1 އިން ނޮވެމްބަރު މަހުގެ 30 ގެ ނިޔަލަށެވެ. އަދި ސެންޓްރަލް ރީޖަންގެ ކުޅުން ނޮވެމްބަރު މަހުގެ 15 އިން ޑިސެމްބަރު މަހުގެ 30 ގެ ނިޔަލާ ހަމައަށް ކުރިއަށްދާއިރު، ސައުތު ރީޖަންގެ ކުޅުން ކުރިއަށްދާނީ ޑިސެމްބަރު މަހުގެ 1 އިން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ގެ ނިޔަލަށެވެ. އެކަމަކު މުބާރާތުގައި ޓީމުތައް ބައިވެރިވާ އަދަދަށް ބަލައި މި ތާރީޚުތަކަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ. އެފްއޭއެމްއިން މީގެ ކުރިން އެކުލަވާލާފައިވާ އުސޫލުގެ ދަށުން ދެ ބުރަކަށް ބަލާހައިގެން މި ފަހަރުގެ ސީޒަންގައި ކުޅޭނީ 90 މެޗެވެ. ދިވެހި ޕްރިމިއަރ ލީގުގެ ގަދަ ހަ ޓީމަށް އަންނަ އަހަރުގެ ލީގުން ޖާގަ ކަށަވަރުވާއިރު، އެންމެ މަދުން ޕޮއިންޓް ހޯދާ ދެ ޓީމަށް ކުރީގެ ދެވަނަ ޑިވިޝަނުގެ ގޮތުން މިއަހަރުން ފެށިގެން ބާއްވާ ރީޖަނަލް ލީގުގެ މާލޭ ލީގަށް ރެލިގޭޓުވާނެއެވެ. ލީގުގެ ހަތްވަނަ އާއި އަށްވަނައަށް ދާ ދެ ޓީމު ކުޅެން ޖެހޭނީ މާލޭ ލީގުގެ ކޮލިފިކޭޝަން ބުރުގައެވެ.
ޕްރިމިއަރ ލީގުގެ އުސޫލުގައިވާ ގޮތުން ލީގުގެ ހަތްވަނަ ޓީމާއި އަށްވަނަ ޓީމާއި، ނޯތު ލީގާއި ސެންޓްރަލް ލީގު އަދި ސައުތު ލީގާއި މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމުތައް ހިމެނޭ ގޮތަށް ހަ ޓީމު ޕްރިމިއަރ ލީގުގެ ކޮލިފައިންގައި ވާދަކުރަން ޖެހޭނެއެވެ. މި ކޮލިފިކޭޝަނުގެ ގަދަ 4 ޓީމު 2026/2027 ސީޒަނުގެ ލީގަށް ކޮލިފައިވާނެއެވެ. އަތޮޅު އަދި ޒޯން ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގައި ވަރަށް ފޯރިއާއެކު ކުރިއަށްދިޔަ މުބާރާތެކެވެ. ނަމަވެސް މި މުބާރާތް މި ފަހުން ނުބާއްވައި ދިޔައީ މާލީ ގިނަ މައްސަލަތަކަކާ ހެދިއެވެ. މި ގޮތުން އެފްއޭއެމްއިން އަތޮޅު ތެރޭގައި ބޭއްވި މުބާރާތްތަކުގައި ރަށްރަށުގެ ހޮޓާތަކާއި ކެފޭތަކާއި ގެސްޓް ހައުސްތަކަށް ދޭންވާ ފައިސާ ނުދީ ހުރުން ފަދަ ކަންތައްތައް ހިމެނެއެވެ.
އެފްއޭއެމްގެ އެންމެ ފަހުގެ އިންތިޚުބުގެ ކުރިން އެންމެ ބޮޑަށް މައްސަލަ ގޯސްވި އެއް ކަމަކީވެސް އަތޮޅު ތެރޭގެ ޓީމުތަކަށް ވޯޓުލުމުގެ ފުރުސަތު ނުދިނުމެވެ. ނަމަވެސް އެކަން މި ފަހަރު މަޑުޖައްސާލަން އެންގީ ރާއްޖެ ވަޑައިގެންނެވި ފީފާގެ އޮފިޝަލުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
