
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ބޭރުގެ ގައުމުތަކުގެ މީހުންނަށް ސައުދީ އަރަބިއްޔާގެ ރިއަލް އެސްޓޭޓް ޕްރޮޕަޓީތަކުގެ މިލްކުވެރިކަން ލިބޭ ގޮތަށް ގާނޫނު އިސްލާހުކޮށްފި އެވެ. ސައުދީގެ ވަޒީރުންގެ މަޖިލީހަށް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ބޭރުގެ ވަކިވަކި ފަރުދުންނާއި، ކުންފުނިތައް އަދި އެންޖީއޯ ފަދަ ޖަމިއްޔާތަކަށް، ވަޒީރުންގެ މަޖިލީހުން ކަނޑައަޅާ ވަކި ސަރަހައްދުތަކެއްގައި ރިއަލް އެސްޓޭޓް ޕްރޮޕަޓީތަކުގެ މިލްކުވެރިކަން ލިބޭނެ އެވެ. ނަމަވެސް، މައްކާ އާއި މަދީނާ ފަދަ ބައެއް ހާއްސަ ސަރަހައްދުތަކުން ރިއަލް އެސްޓޭޓް ޕްރޮޕަޓީތަކުގެ މިލްކުވެރިކަން ބޭރު މީހުންނަށް ދިނުމުގައި ވަކި ޝަރުތުތަކެއް އާ އިސްލާހުގައި ވަނީ ހިމަނައިފަ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު ޝަރުތަކީ މައްކާ އާއި މަދީނާގައި ރިއަލް އެސްޓޭޓް ޕްރޮޕަޓީތަކުގެ މިލްކުވެރިކަން ހަމައެކަނި މުސްލިމުންނަށް ލިބޭ ގޮތަށް ހެދުމެވެ.
މިފަދަ މުއާމަލާތްތައް ހިންގާނީ ސައުދީގެ ޖެނެރަލް ރިއަލް އެސްޓޭޓް އޮތޯރިޓީގެ ދަށުންކަމަށް ވަނީ ބަޔާންކޮށްފަ އެވެ. މީގެ ހަ މަސް ދުވަސް ފަހުން އަމަލުކުރަން ފަށާ މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ސައުދީގައި އިންވެސްޓުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް މިހާރަށް ވުރެ ފަހި މާހައުލެއް ގާއިމުކޮށްދިނުން ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
