
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވެމްކޯގެ ވިޔަފާރި ފުޅާކުރަނީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް އަމިއްލަ ވިޔަފާރިތަކާއި ގުޅިގެން ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ވިދާޅުވެއްޖެއެވެ. ވެމްކޯއިން ކައުންސިލްތަކާއި މަޝްވަރާކޮށް ވިޔަފާރި އުސޫލުން ބިން ހޯދުމާއި ގުޅޭގޮތުން މީސްމީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން އެކުންފުނިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މީސްމީޑިއާގައި ދައުރުވަމުންދާ ލިއުމަކީ ކަމުގެ ހަޤީޤަތް އޮޅޭގޮތަށް ލިޔެފައިވާ ލިޔުމެއް ކަމަށެވެ. މީޑިއާގައި ރިޕޯޓުކޮށްފައިވަނީ ވެމްކޯއިން ގެސްޓް ހައުސް ވިޔަފާރިތެރެއަށް ވަންނަން މަސައްކަތް ކުރާ ކަމަށާއި، އަދި ކައުންސިލްތަކަށް އެގޮތަށް ހުށަހަޅަމުންދާކަމަށެވެ.
ވެމްކޯއިން ވިދާޅުވީ، ކުނި މެނޭޖް ކުރުމުގެ މަސައްކަތަކީ ޒަމާނުއްސުރެ ސަރުކާރުން ސަބްސިޑައިޒް ކުރެވިގެން ދެމުން އަންނަ ޚިދުމަތެއް ކަމަށެވެ. ނަމަވެސް ދައުލަތަށް ބުރަ ބޮޑުނުވާ ގޮތަށް މިމަސައްކަތަކީ އަރަނިވެރި މަސައްކަތަކަށް ހެދުމަށް ސަރުކާރުން ނިންމައި ކުންފުނީގެ މެނޭޖްމަންޓުންވެސް އެކަމަށް އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް ވެމްކޯއިން ވިދާޅުވިއެވެ. ވެމްކޯއިން ވިދާޅުވީ ކުންފުނީގެ ޚިދުމަތް ކޮންމެ ރަށެއްގައި ދޭއިރު، ޚިދުމަތް ދޭ މަރުކަޒަކީ ޕްރޮފިޓް ސެންޓަރެއް ނުވަތަ، އެ މަރުކަޒެއްގެ ޚަރަދުތައް ވަކިންބެލި ކުންފުނީގެ ޖުމްލަ ފައިދާއަށް ހިއްސާވާ ތަނެއް ކަމަށް ބަލައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިއުސޫލުން ކުރިއަށް ގެންދާއިރު އެ ރަށެއްގެ އާބާދީ ކުޑަވުމުން ޚަރަދުތަކާއި ބައްދަލުކުރަން ވެއްޖެނަމަ ރައްޔިތުން އުފުލަން ޖެހޭ ބުރަ ބޮޑުވާނެތީ، ވިޔަފާރި ފުޅާ ކުރުމަށް ސިޔާސަތެއް ކަނޑައަޅައި އެކަމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެމްކޯއިން ވިދާޅުވިއެވެ. މި ސިޔާސަތު ކަނޑައެޅުމުގެ މައިގަނޑު ބޭނުމަކީ، ކުނި މެނޭޖް ކުރުމުގެ ޚިދުމަތް ދަމަހައްޓާ މާލީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.
ވެމްކޯއިން ވަނީ އެކުންފުނީގެ ވިޔަފާރީގެ ސިޔާސަތަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް، މެދުފަންތީގެ ވިޔަފާރިތަކާއި ގުޅިގެން މަސައްކަތް ކުރިއަށްގެންދެވޭ ގޮތަށް އެކުލަވާލާފައިވާ ސިޔާސަތެއް ކަމަށެވެ. އެގޮތުން ކުރިއަށްގެންދާ ހަރަކާތްތަކަކީ އެރަށެއްގައި ފައިދާވާ ގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވޭ ވިޔަފާރިތައް ބަލައި ދިރާސާކުރުމަށް ފަހު ކުރިއަށްގެންދެވޭނެ މަސައްކަތްތަކެއްކަން އެކުންފުނިން ފާހަގަކުރެއެވެ. މި އުސޫލުގެ ދަށުން ވެމްކޯއިން އިތުރު ޚަރަދެއް ކުރަން ނުޖެހޭ ގޮތަށް 3 މަޝްރޫޢެއް މިހާތަނަށް އިއުލާން ކޮށްފައިވެއެވެ. އެކީ ކ. ހިންމަފުށި އަދި ޅޮސްފުށީގެ ފަޅު ތަރައްޤީކުރުމުގެ މަޝްރޫޢާއި ކުނި ރީސައިކަލްކޮށް އެކަމުން މަންފާ ލިބޭނެ ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތެއް ހޯދުމުގެ މަޝްރޫޢު ކަމަށެވެ. މި މަޝްރޫޢުތައް ކުރިއަށްގެންދާނެ ބަޔަކު ހޯދަން މިހާރު އިއުލާންކޮށްފައިވާއިރު މަޝްރޫޢުތައް ކުރިއަށް ގެންދާނީ ޖޮއިންޓް ވެންޗަރ އުސޫލުން ކަމަށް ވެމްކޯއިން ވިދާޅުވިއެވެ. އެގޮތުން ވިޔަފާރިގެ ހިއްސާ ބަހާ ގޮތަށް ކުރިއަށް ގެންދެވޭ މަޝްރޫޢުތަކަށް މިފަދަ ވިޔަފާރިތައް ކުރިއަށް ގެންދާ ހުރިހާ އަދި ފަށަން ބޭނުން ހުރިހާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.
ވެމްކޯއިން ވަނީ އެކުންފުނީގެ މަސައްކަތްތަކުގެ މައުލޫމާތު ނޫސްވެރިން ޒިންމާދާރު ކަމާއެކު ގެނެސް ދިނުމަށް އިލްތިމާސްކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
