
(ފޮޓޯ ކްރެޑިޓްސް: ކޫއްޑޫ ފިޝަރީޒް ކޮމްޕެލެކްސް)
މަސްގަތުމުގެ އިންތިޒާމްތައް ހަރުދަނާކޮށް، މި އަހަރުގެ މަސްވެރިކަމުގެ މޫސުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ވިދާޅުވެއްޖެވެ. މަސްވެރިކަން ރަނގަޅުވެ، މަސްބާނާ މިންވަރު އިތުރުވާ ދުވަސްވަރު މަސް ނުކިރުވޭކަމުގެ ކަންބޮޑުވުން މަސްވެރިން ފާޅުކުރަމުން ގެންދެއެވެ. ސަރުކާރުން ގެންދަނީ މަސް ގަނެ ޕްރޮސެސްކުރެވޭ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.މި އަހަރުގެ މަސްވެރިކަމުގެ މޫސުން ފެށޭނީ އަންނަ މަހުގައިކަމަށްވުމުން މިފްކޯއިން ދަނީ މިފްކޯގެ ސެންޓަރުތަކުގެ ޙާލަތު ރަނގަޅު ކުރުމާއެކު ޕްރޮސެސިންގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ. އެގޮތުން ޕްރޮސެސިންގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތަކާއެކު މަސްވެރިކަން ދަށްވެފައިވާ މި ދުވަސްވަރުގައ،ި ކޫއްޑޫގެ މަސްގަތުމުގެ ޙާލަތު ރަނގަޅުކުރުމުގެ މަސައްކަތް މިފްކޯއިން ދަނީ ކުރަމުންނެއެވެ.
މިފްކޯއިން ވިދާޅުވީ ކޫއްޑޫގެ ބަނދަރުމަތީގެ މަގުތައް މަރާމާތުކުރުމާއ،ި ކޫއްޑޫގެ ލޯކަލް ޕްރޮޑަކްޝަން ފެކްޓަރީ އަޕްގްރޭޑްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި މިފްކޯގެ މަސް ގަންނަ ބޯޓުތަކުގެ އިންޖީނުތައް އޯވަރހޯލްކޮށް މެޝިނަރީސް މާރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: މިފްކޯ)
މިދިޔަ އަހަރުގެ މަސްވެރިކަމުގެ މޫސުމަށް ބަލާ މި އަހަރުގެ މަސްވެރިކަން އެންމެ ރަނގަޅުވާނެކަމަށް ލަފާކުރެވޭ ސަރަހައްދުތައް ބަލާ އެ ސަރަހައްދުން މަސްގަތުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށްވެސް މިފްކޯއިން ވިދާޅުވިއެވެ. މިފްކޯއިން ވިދާޅުވީ ރ. އަތޮޅާއި ބ. އަތޮޅު ސަރަހައްދުގައި މަސްކިރާ ބޯޓު ހަރަކާތްތެރިވާނެ ކަމަށެވެ. މިފްކޯއިން ދަނީ އައްޑުއަތޮޅުން ގަންނަ މަސ،ް ހުވަދުއަތޮޅަށް މިހާރު ގެންދިޔުމުގެ ބަދަލުގައ،ި ސީދާ އައްޑޫއަތޮޅުން އެކްސްޕޯރޓް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. އެކުންފުނިން ވިދާޅުވީ އައްޑޫގައި މަހަށް އަގު އެއްކުރުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށުމަށްވެސް މަސައްކަތް ކުރަމުންދާކަމަށެވެ. މިއާއެކު ކޮންޓެއިނަރުތައް ޑަބަލް ހެންޑްލިންގ އިން ކުރުމާއި ކޫއްޑޫގެ މަސައްކަތް އިތުރަށް ހަރުދަނާވެގެން ދާނެކަމަށް މިފްކޯއިން ވިދާޅުވެ.
ކޫއްޑޫގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމަށް ގްލޯބަލް ޕްރޮޖެކްޓްސްއާ ޙަވާލުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ. މި މަސައްކަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މިހާރު ކޫއްޑޫގައި ހުރީ 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. މިމަޝްރޫޢުގެ ސަބަބުން 6000 މެޓްރިކް ޓަނަށް ގއ. ކޫއްޑޫގެ ސްޓޯރޭޖު އިތުރުކުރެވޭނެއެވެ.

(ފޮޓޯ ކްރެޑިޓްސް: މިފްކޯ)
މިހާރު ރާއްޖޭގެ ކޯލްޑު ސްޓޯރޭޖުގެ ކެޕޭސިޓީއަކީ 8500 ޓަނެވެ. ރައީސުލްޖުމްހުރިއްޔާގެ ރިޔާސީ ވަޢުދަކީ މިހާރު ހުރި ކެޕޭސިޓީ ދެގުނަ ކުރުމެވެ. އަދި މިހާރުގެ އަމާޒަކީ 3 ގުނަކޮށް ޖުމްލަ ކެޕޭސިޓީ 25 ހާސް ޓަނަށް ހެދުންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުތެރޭގައި އިތުރު 15500 ޓަން މުޅި ރާއްޖޭގައި އިތުރުކުރެވި، ޖުމްލަ 25000 ޓަނަށް މުޅި ރާއްޖޭގެ މަހުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމެވެ. ރާއްޖޭގައި އެކަށީގެންވާ ސްޓޯރޭޖް ކެޕޭސިޓީ ނެތުމުގެ ސަބަބުން ރާއްޖެއިން ވިއްކާ މަހަށް ރަނގަޅު އަގެއް ނުލިބޭ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ ސަބަބުން ބާނާ މަހުގެ 65 އިންސައްތަ ރޯ މަހުގެ ގޮތުގައި ބޭރު ކުރާ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.
މިފްކޯގެ އަމާޒަކީ ދިވެހި މަސްވެރި ސިނާޢަތާއި މަސްވެރިންގެ ޚިދުމަތުގައި ކުރަމުންދާ މަސައްކަތް ތައް ފައިދާހުރ،ި ދެމެހެއްޓެނިވި މަސައްކަތްތަކަކަށް ހެދުމެވެ.
About Post Author
މާދަމާ ނިއުސް
ރައްޔިތުން ވޯޓު ދެނީ ޕާޓީގެ ފިކުރަށްތަ ނުވަތަ މީހާއަށްތަ؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާއިރު، މިއީ އިންތިޚާބުތަކުގައި ރައްޔިތުން...
10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރަން ފަށައިފި
(ފޮޓޯ ކްރެޑީޓްސް: އަމީން މުޙައްމަދު) ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކު ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، 10 ރަށެއްގައި...
އުންމީދުތައް ހަޤީޤަތަކަށް ހަދައިދެވޭނީ މަސައްކަތްތެރިންނަށް: ރައީސް
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތަޙްނިޔާގައި، ޤައުމުގެ ކުރިއެރުމާއި މުސްތަޤުބަލުގެ އުންމީދުތައް ގުޅިފައިވަނީ މަސައްކަތްތެރިންނާ ކަމަށް ވިދާޅުވިއެވެ....
ޕީއެންސީގެ ތަރުޖަމާނަކަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް އައްޔަނުކޮށްފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތަރުޖަމާނުގެ މަޤާމަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަނުކޮށްފިއެވެ. މިއީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނާ...
ދިވެހި މަސައްކަތްތެރިންގެ ހިތްވަރާއި ޤުރުބާނީ ބަލައިގަންނަންޖެހޭ: ފަސްޓް ލޭޑީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ދިވެހި މަސައްކަތްތެރިންނަށް ތަހުނިޔާ ފޮނުއްވައި، އެފަރާތްތަކުން...
“ސަރުކާރުގެ ސިޔާސަތުތަކުން މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށް، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
