
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫކްރެއިންގެ އިރުމަތީގައި އޮތް ދޮންޏެސްކު ސަރަޙައްދު ދޫކޮށްލުމަށް އެ ޤައުމުން އެއްބަސްވެއްޖެ ނަމަ، ހަނގުރާމަ ހުއްޓައިލުމަށް ތައްޔާރަށް އޮތް ކަން ރަޝިޔާއިން ހާމަކޮށްފައިވާ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި ވަނީ، ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއަށް ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ޝަރުޠުތައް ރަޝިޔާއިން ހާމަކޮށްފައި ވަނީ ރައީސް ވްލަޑިމިޔަރ ޕުޓިންއާއި ޓްރަމްޕާ ދެމެދު ބޭއްވެވި މަޝްވަރާތަކުގަައެވެ. އޮގަސްޓު 15ވަނަ ދުވަހު އެ ބައްދަލުވުން ބާއްވާފައި ވަނީ އެމެރިކާގެ އެލެސްކާގައެވެ. އެ މަޝްވަރާތަކުގައި ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ގުޅޭ އެއްބަސްވުމެއް އެކުލަވައިލެވިފައި ނުވި ނަމަވެސް، މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ޤަބޫލު ކުރުމުގެ ފުރުޞަތު އޮތް ކަމުގައެވެ.
އެ ބައްދަލުވުމަށް ފަހު ޒެލެންސްކީއަށް ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ ރަޝިޔާއާ އެކު ޑީލެއް ނުވަތަ އެއްބަސްވުމެއް ހެދުމަށް އިލްތިމާސް ކުރައްވާފައެވެ. ސަބަބަކީ، “ޔޫކްރެއިނާ އަޅައިބަލާއިރު ރަޝިޔާއަކީ ބިޔަ، ބޮޑު ބާރެއް،” ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ. މި ގޮތުން، ދޮންޏެސްކު ސަރަޙައްދު ރަޝިޔާއަށް ދޫކޮށްލުމަށް ޔޫކްރެއިނުން އެއްބަސްވުމުން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޕުޓިން ހުށަހަޅުއްވާފައިވާ ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ. ދޮންޏެސްކަކީ ޔޫކްރެއިންގެ އުތުރުގައި އޮތް ދޮންބާސްގައި ހިމެނޭ މައި ދެ ސަރަޙައްދުގެ ތެރެއިން އެއް ސަރަޙައްދެވެ. ދޮންޏެސްކުގެ ބޮޑު ސަރަޙައްދެއް މިހާރު ވެސް އޮތީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައެވެ. ނަމަވެސް، ދޮންޏެސްކުގެ ބައެއް ރަށްތަކާއި އަވަށްތަކުގައި ޔޫކްރެއިންގެ ސިފައިން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި، އެ ރަށްތަކުގައި ޔޫކްރެއިންގެ ގިނަ އަދަދެއްގެ ޢާންމުން އަދިވެސް ދަނީ ދިރިއުޅެމުންނެވެ. ދޮންބާސްގައި ދެން ހިމެނޭ ލުހާންސްކްގެ ބޮޑު ސަރަޙައްދެއް ވެސް އޮތީ ރަޝިޔާގެ ލަޝްކަރުގެ އަތްދަށުގައެވެ.
ޓްރަމްޕް ވިދާޅުވީ، ދޮންޏެސްކު ދޫކޮށްލުމަށް ޔޫކްރެއިނުން އެއްބަސްވުމުން، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ޕުޓިން ތައްޔާރަށް ހުންނެވި ކަމުގައެވެ. ސިނާޢީ މަސައްކަތްތަކަށް ޚާއްޞަ އެ ސަރަޙައްދަށް އަތްގަދަ ކުރުމަކީ ރަޝިޔާގެ މައިގަނޑު އަމާޒެކެވެ. ނަމަވެސް، އެ ސަރަޙައްދު ރަޝިޔާއަށް ދޫކޮށްލުމަށް އެއްބަސްވެވެން ނެތް ކަމުގައި ޓްރަމްޕްގެ އަރިހުގައި ޒެލެންސްކީ ދެންނެވި ކަމުގައި މަޞްދަރުތަކުން ބުންޏެވެ. މީގެ އިތުރުން، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ ކުރިން ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް މަސައްކަތް ކުރުމަށް ޕުޓިން ހުށަހަޅުއްވާފައިވާ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ. އަދި، އެއީ އޭނާ ވެސް ރުހިވަޑައިގަންނަވާ ގޮތެއް ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، ސުލްޙައިގެ މަޝްވަރާތައް ފެށުމުގެ ކުރިން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަކީ ޔޫކްރެެއިންގެ އިތުރުން އެ ޤައުމުގެ ވިލާތުގެ މަދަދުގާރުންގެ މައިގަނޑު ޝަރުޠެކެވެ.
“އަޅުގަނޑުމެންނަށް ދެނެގަނެވުނު ގޮތުގައި މި ބިރުވެރި ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ ގޮތުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއް އެކުލަވައިލައި، އަމަލު ކުރަން ފެށުމުގެ ކުރިން ވަށާޖެހޭ ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލައި، ހަނގުރާމަ މުޅިން ހުއްޓައިލުމަކީ އެންމެ އެކަށޭނަ ގޮތް،” ޓްރަމްޕް ވިދާޅުވިއެވެ. ސަބަބަކީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް ދެ ފަރާތުން ވެސް އިޙުތިރާމު ކުރާނެ ކަމަށް ބެލެވެން ނެތުން ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ. ޕުޓިންއާއި ޓްރަމްޕާ ދެމެދު ބޭއްވެވި ބައްދަލުވުމަށް ފަހު، ޓްރަމްޕް ވަނީ ޒެލެންސްކީއާ ބައްދަލު ކުރައްވައި، މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ނިންމަވާފައެވެ. މި ގޮތުން، އޮގަސްޓު 18ވަނަ ދުވަހު ޒެލެންސްކީ ވޮޝިންގްޓަނަށް ވަޑައިގަންނަވައި، ޓްރަމްޕާ ބައްދަލު ކުރައްވާނެއެވެ. ޓްރަމްޕް ވިދާޅުވީ، ޕުޓިންއާއި ޒެލެންސްކީއާ ދެމެދު ސީދާ މަޝްވަރާތައް ބޭއްވެވުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
