
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްްީކުރަނީ ދެމެހެއްޓެނިވިގޮތެއްގައި ބޭނުންކުރެވޭނެގޮތަށްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރު އދެއްވި ރިޔާސީ ބަޔާނުގައި ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓާރާއި، އައުޓްޑޯ ޖިމްފަދަ ކުޅިވަރުގެ ވަސީލަތައް ޤާއިމްކުރައްވާނެކަމަށެވެ. ކުޅިވަރުގެ ދާއިރާއިން ރާއްޖޭގެ ކޮންމެ ރަށެއްގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ވަސީލަތްތަކުގެ ތަފްސީލު ޕީއެސްއެމް ނިއުސްއާ ހިއްސާކުރައްވަމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އެންމެފަހުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވައިފަދައިން ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށެއްގައި ޤާއިމްކުރުމަށް ކަނޑައަޅާފައިވާ ކުޅިވަރުގެ ބައެއް ވަސީލަތްތައް މިހާރު ބައެއް ރަށްރަށުގައި ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާކަމަށެވެ. އަދި އަންނަ އަހަރުވެސް ގިނަ ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުން ކުރިއަށްދާނެކަން ފާހަގަކުރައްވާ ވަޒީރު ވަނީ އެތަންތަން ތަރައްޤީކުރައްވާނީ ރައްޔިތުން ބޭނުންކުރެވޭނެގޮތަށްކަމަށެވެ.
“ރައީސުލްޖުމްހޫރިއްޔާގެ އެންމެފަހުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާގޮތުން ކުރިއަށް އޮތް ދެ އަހަރުތެރޭގައި ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމްއަކާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމުކުރޭވޭނެ ވާހަކަ ވިދާޅުވެފަ އޮތީ. އަދި އެކަމުގެ މަސައްކަތް އަމަލީގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ކުރެވެމުންވެސް އެބަދޭ” ވަޒީރު ވިދާޅުވިއެވެ. އަލަށް ތަރައްޤީކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަކަކީ ކުރީގެ ޒުވާނުންގެ މަރުކަޒުތަކައް ނުބެލެހެއްޓި ވީރާނާވަން ދޫކޮށްލިގޮތަށް ވާނެ ތަންތަން ނޫންކަމަށާއި، އައު ސެންޓަރުތައް ތަރައްޤީކުރަނީ ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓޭނެ އިންތިޒާމުތަކާއެކުކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ސެންޓަރުތައް ތަރައްޤީކުރަނީ ކުޅިވަރުގެ އެކި ކޯސްތަކުގެ ޓެކްނިކަލް ސެޝަންތައް ނެގޭނެ ގޮތަށް ކްލާސްރޫމަކާއި، އިދާރީ ބޭނުމަށް އޮފީހެއްގެ އިތުރުން މީޓިން ރޫމެއްވެސް ހިމެނޭނެގޮތަށްކަށްވެސް ވަޒީރު ވިދާޅުވިއެވެ.
“އެކިއެކި ކޯސްތަކުގެ ޓެކްނިކަލް ސެޝަންތައް ނެގޭނެ ކްލާސްރޫމެއްވެސް އެތާނގަ ހުންނާނެ. މި ވަސީލަތަކީ އެރަށްރަށެއްގެ ހިނގާ މިކަހަލަ ކޮންމެ ޕްރޮގްރާމަކަށްވެސް އެކްސެސިބްލްވެގެންދާނެ ތަންތަން. ހަމަ އެއާއެކު އެޑްމިނިސްޓްރޭޓިވް ޕާރޕޮސްއަށް އޮފީހަކާއި މީޓިންގ ރޫމެއް އެކުލެވިގެންވާ ސެންޓަރުތަކެއް. ހަމަ މީގެ އިތުރުން އައުޓްޑޯ ޖިމްއަކީވެސް ރަށަށް އަރާ ފައިބާ އުޅޭ ހުރިހާ އެންމެންނަށްވެސް އެކްސެސިބްލްވެގެންދާނެ ތަންތަން” ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އެ ވަސީލަތްތައް ތަރައްޤީކުރަނީ ގިނަދުވަހަށް ހަލާކުނުވެ ބޭނުންކުރެވޭނެ ފަދައިން ހުންނާނެ ގޮތަކަށެވެ. އަދި އެތަކެތި ބަލަހައްޓާ މަރާމާތުކުރުމަށް ބަޖެޓުގައި ފައިސާ ހިމަނާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެމަގުން ކުރިއަށް ދިޔައިމަ އަޅުގަނޑުމެން މި ގާއިމުކުރާ ވަސީލަތްތަކުގެ އުމުރު ދިގުވެ، އިރުކޮޅުކޮޅާ ބަދަލުކުރަންނުޖެހި އެއީ ސަރުކާރުގެ ބަޖެޓަށް ބޮޑު ބާރޑްންއަކަށްވެގެން ދިއުން ވަރަށް ބޮޑަށް ކުޑަވެގެންދާނެ” ވަޒީރު ވިދާޅުވިއެވެ. ސިއްހަތާ ދުޅަހެޔޮކަމުގެ ތެރެއިން ހަށިހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި އައުޓްޑޯ ޖިމްއެއް އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ދެއަހަރު ދުވަހު ހުރިހާ ރަށެއްގައި ހިންގުމަށް ވަނީ ތައާވަލުކޮށްފައެވެ. ސަރުކާރުން މި މަޝްރޫޢުތައް ހަވާލުކޮށްފަވަނީ އެމްޓީސީސީ، އާރްޑީސީ އަދި ފެނަކައާއެވެ. މީގެ އިތުރުންވެސް ސަރުކާރުން އަންނަނީ އަތޮޅުތެރޭގައި ނުނިމި ހުރި ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް ނިންމުމުގެ މަސައްކަތްކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
