
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބަދަލުތަކަކީ ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ އިސްލާހުތަކެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ. މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ކުރައްވައިފަ އެވެ. ގާސިމް ވިދާޅުވީ ގާނޫނުއަސާސީގައި ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށް ބުނެފައިވާތީ، ލާމަރުކަޒީ ގާނޫނުވެސް އެ ހުދޫދުގެ ތެރޭގައި އޮންނަން ޖެހޭނެ ކަމަށެވެ. ޔުނިޓަރީ ދައުލަތެއްގެ ވެރިކަން ހިންގުމުގެ ބާރުތަކާ ފުށުއަރާ ގޮތަށް އެއްވެސް ގާނޫނެއް ހެދިފައި އޮވެގެން ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ގާސިމް ވަނީ މި އިސްލާހުތަކަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ރައީސް މުއިއްޒު ވިދާޅުވި ފަދައިން ގެންނަންޖެހޭ އިސްލާހުތަކެއްކަމަށް ވިދާޅުވެ، ތާއީދުކުރައްވާފައެވެ. މިސާލެއްގެ ގޮތުން ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް، ގިނަ އަދަދަކަށް މުވައްޒަފުން ނެގުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށާއި މިއީ ނާޖާއިޒު ފައިދާއެއް ނެގުން ކަމަށް އޭނާ ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ މި އިސްލާހުގެ ސަބަބުން ފައިދާވާނީ ސަރުކާރަށް ނޫންކަމަށާއި، ރައްޔިތުންނަށް ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:
- ލޯކަލް އޮތޯރިޓީ ކުންފުނިތަކުން އެރަށެއްގައި އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތައް ނުކުރެވޭނެ ގޮތަށް ގެނައި އިސްލާހު.
- 10 މިލިއަން ރުފިޔާއަށްވުރެ ދަށުގެ ވިޔަފާރި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ނުކުރެވޭނެ ގޮތަށް ގެނައި އިސްލާހު.
- ފެނާއި ކަރަންޓު ފަދަ އަސާސީ ބޭނުންތަކަށް ދޫކުރާ ބިންތަކުން ކައުންސިލްތަކަށް ކުލި ނުނެގުން.
- ކައުންސިލްތަކުން އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކުން ސަރުކާރަށް ޓެކްސް ދެއްކުން.
- ކައުންސިލްތަކުގެ ފަހު އަހަރުގައި މުވައްޒަފުން ނެގުމާއި ބިންތައް ދޫކުރުމުގައި ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭގެ ހުއްދަ ހޯދުން.
މި އިސްލާހުތަކާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ވަނީ އަޑުއުފުލާފަ އެވެ. އަދި މި އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ގެއްލޭ ކަމަށް ބުނެ ގިނަ އަދަދެއްގެ ކައުންސިލްތަކުން ބަޔާން ނެރެފައި ވެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
