
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މި އަހަރު ދައުލަތުން ދަރަނި ދައްކަން ބަޖެޓުގައި ކަނޑައަޅައިފައިވާ އަދަދުގެ 99.9 ޕަސެންޓް މިމަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ޚަރަދުކޮށް، ލޯނު ދައްކަން ބާކީ އޮތީ ދެ މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ދައުލަތުގެ އާމްދަނީއާއި ޚަރަދުތަކުގެ ތަފުސީލު ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ހާމަކުރިއިރު، ތަފާސްހިސާބުން ދައްކާ ގޮތުގައި މިމަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ސަރުކާރުން ދަރަނި އަދާކުރުމަށް ވަނީ 3،870 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މި އަހަރު ލޯނުތައް އަނބުރާ ދެއްކުމަށް ބަޖެޓުކުރީ 3،873 މިލިއަން ރުފިޔާ ކަމަށްވާއިރު، ބާކީ އޮތް މުއްދަތުގައި ބަޖެޓުން ދަރަންޏަށް ދައްކަން އޮތީ 2.4 މިލިއަން ރުފިޔާއެވެ. ރާއްޖޭގެ ޖުމުލަ ދަރަނި 9.4 ބިލިއަން އެމެރިކާ ޑޮލަރަށް އަރައި، އުފެއްދުންތެރިކަމުގެ ނިސްބަތުން ހުރީ 134 އިންސައްތައިގައެވެ.
އޭގެ ތެރެއިން މި އަހަރު އެކަނި ވެސް 600 މިލިއަނެއްހާ ޑޮލަރު، ގާތްގަނޑަކަށް 9.25 ބިލިއަން ރުފިޔާ ދައްކަން ޖެހޭއިރު އަންނަ އަހަރު އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރައެވެ.

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަވަނީ ދަރަނި ދެއްކުން ފަސްކުރުމަށާއި ލުއި ގޮތްތަކެއް ހޯއްދެވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖެއިން ބޭރުން ނަގައިފައިވާ ލޯނުގެ ބޮޑު ބައެއް ހިއްސާކުރަނީ ޗައިނާއާއި އިންޑިއާއިން ކަމަށްވާއިރު މި ސަރުކާރުން ފުރަތަމަ ގާތްވެފައިވަނީ ޗައިނާއާއެވެ. މިހާތަނަށް ޗައިނާއިން ލޯނުތަކަށް ލުއިދީފައިނުވެއެވެ.
މި ސަރުކާރުން ވެރިކަމަށް އައީ ‘އިންޑިއާ އައުޓް’ ހަރަކާތް ހިންގުމަށް ފަހުގައި ކަމަށްވުމުންނާއި ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ނައިބު ވަޒީރުންތަކެއް އިންޑިއާގެ ރައްޔިތުންނަށް ކުޑައިމީސް ކުރި މައްސަލައިގައި ދެ ގައުމުގެ ގުޅުން ހީނަރުވިއެވެ. ނަމަވެސް ފަހުން ދެ ގައުމުގެ ގުޅުން ރަނގަޅު ކުރަން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށް، ރައީސް ވެސް އިންޑިއާއަށް ވަޑައިގަތެވެ.
އެއަށްފަހު، މި އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަތެވެ. އެ ދަތުރުފުޅުގެ ތެރެއިން، ރާއްޖެއިން ކޮންމެ އަހަރަކު އިންޑިއާއަށް ދައްކަންޖެހޭ ލޯނު 40 ޕަސަންޓު ލަސްކޮށްދޭން އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވެއެވެ. ރާއްޖޭގެ އިގުތިސާދު ކުރިއެރި ނަމަވެސް ޚަރަދު ކުޑަ ނުކުރުމުގެ ސަބަބުން ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ބޭރުގެ އިދާރާތަކުން ފާޅުކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. މި ސަރުކާރުން މި އަހަރު ޚަރަދު ކުޑަ ކުރަން މާލީ އިސްލާހީ ފިޔަވަޅުތަކެއް އިއުލާނުކުރި ނަމަވެސް، އޭގެ ތެރެއިން ބައެއް އިސްލާހުތައް ނުގެނައުމަށް ފަހުން ވަނީ ނިންމައިފައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ވަނީ، ސަރުކާރުން ވައުދުވި ސަބްސިޑީ އިސްލާހުތައް ނުގެނައުމުން، އަހަރުގައި ބާކީ ފަސް މަސް އޮއްވައި ސަބްސިޑީއަށް މި އަހަރު ކުރި ބަޖެޓުގެ 99 އިންސައްތަ ހުސްވެފައިވާ ކަމަށް ދައްކައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
