
(ފޮޓޯ ކްރެޑިޓްސް: ހޯކްސް)
ރާއްޖޭގައި ތެލާއި ލޮޖިސްޓިކްސްގެ ޚިދުމަތްދޭ ހޯކްސް ކުންފުނިން، އެ ކުންފުނީގެ އެންމެ ބޮޑު އެއް ތެޔޮ ޓޭންކަރު ގެނެސްފިއެވެ. މިއީ އަމިއްލަ ކުންފުންޏަކުން ވެސް މިހާތަނަށް ގެންގުޅޭ އެންމެ ބޮޑު ތެޔޮ ޓޭންކަރެވެ.
ހޯކްސް ކުންފުނިން ބުނީ، 25.4 މެޓްރިކް ޓަނުގެ ޖާގައިގެ ތެޔޮ ޓޭންކަރު ‘ލިބަޓީ’ ގަތުމާއެކު، އެ ކުންފުންޏަށް އުޅަނދެއް އިތުރުވެފައިވާ ކަމަށެވެ. މިއީ އެ ކުންފުންޏަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށާއި، ރާއްޖޭގެ ތެލުގެ ބޭނުންތައް ފުއްދުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށް، ހޯކްސް އިން ބުންޏެވެ. އިތުރަށް ހޯކްސް ކުންފުނިން ބުނީ، މި ތެޔޮ ޓޭންކަރުގެ ސަބަބުން އެ ކުންފުނީގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އެކަށީގެންވާ ގޮތެއްގައި ތެޔޮ ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެއްޖެ ކަމަށެވެ.
މީގެ އިތުރުން، މި ޓޭންކަރުގެ ސަބަބުން ކަސްޓަމަރުންނާއި ކުންފުންޏާ ދެމެދު އޮންނަ އިތުބާރު ބޮޑުވެ، ބައިނަލްއަގުވާމީ މާކެޓްތަކުގައި ކުންފުންޏަށް ލިބޭ ސަމާލުކަން ބޮޑުވާނެ ކަމަށް ވެސް، ހޯކްސް ކުންފުނިން ބުންޏެވެ. މީގެ 18 އަހަރަކުރިން 2007ވަނަ އަހަރު އުފެއްދި ހޯކްސް ކުންފުނީގައި މިވަގުތު 11 ތެޔޮ ޓޭންކަރެއްގެ އިތުރުން، 15 ބާޖާއި 20 ބައުޒަރެއް އޮންނައިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 15 ފިއުލް ޝެޑަކުން މިހާރު ވެސް ޚިދުމަތްދެމުން އެބަ ގެންދެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
