
(ފޮޓޯ ކްރެޑިޓްސް: މަޖިލިސް)
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރާއިރު، އެމީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފުސީލް ވެސް އާންމުކުރަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބޯހިޔަވާހިކަމުގެ ބިލުގައި މިހާރު ހިމަނާފައި ކަންކަމުގެ އިތުރުން، އެ ބިލުގައި ހިމަނަން އިތުރު އިސްލާހެއް ހުށަހަޅައިފަ އެވެ.
ކުޑޫ ހުށަހެޅުއްވީ ބޯހިޔާވަހިކަމުގެ ބިލުގެ 51 ވަނަ މާއްދާ ނުވަތަ ސޯޝަލް ހައުސިން ޕްރޮގްރާމަށް ކުރިމަތިލާ މީހުންގެ ލިސްޓު އާންމުކުރުމާ ބެހޭ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމަށެވެ. އޭނާ ހުށަހެޅުއްވީ ގާނޫނުގައިވާ ގޮތުގެ މަތިން ސޯޝަލް ހައުސިން ޕްރޮގްރާމަކަށް ކުރިމަތިލުމަށް އެދި ހުށަހަޅާ އެންމެންގެ މައުލޫމާތު ހިމެނޭ ލިސްޓެއް ހައުސިން މިނިސްޓްރީން އާންމުކުރަން ޖެހޭ ގޮތަށް ހެދުމަށެވެ. އެ ލިސްޓުގައި ހިމެނެން ޖެހޭ ބައިތަކަކީ؛
1. ފުރިހަމަ ނަން
2. ދާއިމީ އެޑްރެސް
3. ޝަރުތު ހަމަވާކަން ނުވަތަ ނޫންކަން، އަދި ޝަރުތު ހަމަނުވާނަމަ އޭގެ ސަބަބު
4. ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފުސީލް
ސަރުކާރުން މިހާރު އާންމުކުރާ، ސޯޝަލް ހައުސިން ސްކީމްތަކުން ފްލެޓް ލިބޭ މީހުންގެ ލިސްޓުތަކުގައި ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ޝަރުތު ހަމަނުވާ ސަބަބުން ބަޔާންކޮށްފައި ހުރެ އެވެ. އެކަމަކު، ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފުސީލް އާންމެއް ނުކުރެ އެވެ. ހަމައެކަނި އާންމުކުރަނީ ޕޮއިންޓް ލިބިފައިވާ އަދަދެވެ. ބޯހިޔާވަހިކަމުގެ ބިލުގައި މި މާއްދާ ހިމަނަން ހުށަހެޅި އިރު، އެމްޑީޕީގެ އެންމެފަހުގެ ސަރުކާރުގެ “ގެދޮރުވެރިޔާ ސްކީމް”ގެ ދަށުން ހުޅުމާލެ 2 އިން ދޭ ފްލެޓްތައް ލިބޭ މީހުން ކަނޑައެޅުމުގައި ޕޮއިންޓް ދިން ގޮތުގެ ތަފުސީލް އާންމުނުކޮށްގެން ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވި އެވެ. ހައްގު މިންވަރަށް ވުރެ މަދުން ޕޮއިންޓު ލިބުނު ކަމަށާއި ޝަރުތު ހަމަވެގެން ނުވާނެ ބަޔަކަށް ފްލެޓު ލިބުނު ކަމުގެ ޝަކުވާއެކު ގިނަ ބަޔަކު ހައުސިން މިނިސްޓްރީއަށް ގޮސް އިހުތިޖާޖު ވެސް ކުރި އެވެ. ޕޮއިންޓް ދިނުމުގައި އުސޫލާ ހިލާފަށް އިތުރަށް ބައެއް މީހުންނަށް ޕޮއިންޓް ދީފައިވާކަން، މި 4،000 ފްލެޓުގެ ލިސްޓުގެ މައްސަލައާ ގުޅިގެން އޭސީސީން ކުރި ތަހުގީގުން ވެސް ހާމަވި އެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
