
(ފޮޓޯ ކްރެޑިޓްސް: ލޯކަލް ގަވާރނަންސް މިނިސްޓްރީ)
ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް 631 މިލިއަން ރުފިޔާ އަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ. ލޯކަލް ގަވަނެންސް މިނިސްޓްރީން ބުނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިމާރާތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އާރުސީސީއާ އެކު އެ މިނިސްޓްރީން ސޮއިކޮށްފައިވާ ކަމަށެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި އާރުސީސީއާ އެކު ސޮއިކުރީ މިނިސްޓްރީގައި އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ހާމިދު ޔޫސުފް އެވެ. އާރުސީސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އެވެ.
މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި މަހު ފަށައި އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލާނެ ކަމަށެވެ. ކައުންސިލްތަކަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި ވަށާފާރު ރޭނުމަކީ ވެސް މި މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން ކުރާނެ މަސައްކަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ. މިނިސްޓަރު އާދަމް ޝަރީފް “މިހާރު” އަށް ވިދާޅުވީ، ސަރުކާރުން އާރުސީސީއާ އެކު ހެދި އެއްބަސްވުމުގެ އަގަކީ 631 މިލިއަން ރުފިޔާ އެވެ. މިއީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ މަޝްރޫއަކަށް ވާތީ އެ އިމާރާތްތައް އެޅުމުގެ މަސައްކަތް ނިމުމުން ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން އެ ފައިސާ އާރުސީސީ އަށް ދައްކަން ޖެހެ އެވެ.
އެއީ، ކޮންމެ އިމާރާތަކަށް ގާތްގަނޑަކަށް 11.5 މިލިއަން ރުފިޔާ އެވެ. “އިމާރާތޭ ބުންޏަސް އެ ތަންތަން ނިންމާއިރު ހުންނާނީ އޭސީތައް ވެސް ހަރުކޮށް ފަރުނީޗަރު ވެސް ލާފައި. އެ ހުރިހާ ކަމަކާ އެކު އަގު އެ އޮތީ،” އާދަމް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި 55 ރަށެއްގެ ކައުންސިލްގެ އާ އިމާރާތް ހަދައިދޭން ހަތަރު ކުންފުންޏެއްގެ ޕްރޮޕޯސަލް މިނިސްޓްރީން ހޯދި އެވެ. އެއީ ރާއްޖޭގެ ދެ ކުންފުންޏަކާއި ރާއްޖެ އިން ބޭރުގެ ދެ ކުންފުންޏެކެވެ. އޭގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހެޅީ އާރުސީސީން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
“އެ ހަތަރު ފަރާތުގެ ޕްރޮޕޯޒަލް ވެސް އިކޮނޮމިކް ކައުންސިލަށް ގެންގޮސް މަޝްވަރާކޮށްފައި ގޮތެއް ނިންމީ. އެއްބަސްވުން ހެދީ ވެސް އިކޮނޮމިކް ކައުންސިލާ މަޝްވަރާކޮށް އެ އަގަށް އެއްބަސް ވެވިގެން. އެއީ އެންމެ ކުޑަ އަގު،” އާދަމް ޝަރީފް ވިދާޅުވި އެވެ.

(ފޮޓޯ ކްރެޑިޓްސް: ލޯކަލް ގަވަރނަންސް މިނިސްޓްރީ)
މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި، 55 ކައުންސިލް އިދާރާގެ ތެރެއިން 39 ކައުންސިލް އިދާރާ އިމާރާތް ކުރާނީ ދެބުރިއަށެވެ. މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ މިދިޔަ ޖެނުއަރީ މަހު މެލޭޝިއާގެ ހެކްސްޓަ ގްލޯބަލް ކުންފުންޏާ އެވެ. ނަމަވެސް، އޭގެ ފަސް މަސްދުވަސް ފަހުން އެ އެއްބަސްވުން ބާތިލްކޮށް، އެ މަސައްކަތް ކޮށްދޭނެ އާ ބަޔަކު ހޯދަން މިނިސްޓްރީން ނިންމި އެވެ. އެ އެއްބަސްވުން ބާތިލްކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުންނެވެ.
ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން މެލޭޝިއާގެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުގެ އެއްބަސްވުން ބާތިލްކުރިއަސް އެ ކުންފުންޏަށް ބަދަލެއް ދޭކަށް ނުޖެހޭނެ ކަމަށް މިނިސްޓަރު އާދަމް ޝަރީފު ކުރިން ވިދާޅުވެފައި ވެ އެވެ. އެ މަޝްރޫއުއާ އެކު، އިތުރު 50 ރަށެއްގެ ކައުންސިލް އިދާރާގެ މަސައްކަތް ވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. ޗައިނާގެ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ ލެޓާ އޮފް އެކްސްޗޭންޖުގައި ޗައިނާގެ ސަރުކާރާއެކު ދިވެހި ސަރުކާރުން މިދިޔަ މެއި މަހު ވަނީ ސޮއިކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
