
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ރަށްރަށުގައި ކުނި މެނޭޖުކުރަން ބޭނުންވާ ފައިސާ ހޯދުމަށް ބައެއް ރަށްރަށުގެ ފަޅާއި ފަޅުރަށްރަށް ތަރައްގީކޮށް، އެ ތަންތަނުގައި ވިޔަފާރި އުސޫލުން އިންވެސްޓް ކޮށްދޭނެ ފަރާތްތައް ހޯދަން ވެމްކޯ އިން އިއުލާންކޮށްފި އެވެ. އެގޮތަށް ކުއްޔަށް ދޭން ނިންމާފައި ދެ ތަނަކަށް ބީލަން ހުށަހަޅަން ވެމްކޯ އިން މި މަހުގެ ތިންވަނަ ދުވަހު އިއުލާންކޮށްފައިވެ އެވެ. އެއީ، ކ. ހިންމަފުށީގެ ފަޅުން ބަޔަކާއި ކ. ގުރައިދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ޅޮސްފުއްޓެވެ. އެ ދެ އިއުލާނުގައި ވެސް ބުނިގޮތުގައި، އެ ތަންތަން ދެނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ތަރައްގީކުރާ ގޮތަށެވެ. އަދި އެ ތަންތަނުގެ ޕްލޭނިން އާއި ޑިޒައިން އަދި ތަރައްގީގެ ކަންކަން ކުރަން ޖެހޭނީ ބީލަން ކާމިޔާބުކުރާ ފަރާތުން އަމިއްލަ އަށް ކަމަށާއި އެ ތަންތަން ތަރައްގީ ކުރުމަށް ވެމްކޯ އާއި ކައުންސިލްތަކުން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށް އިއުލާންތަކުގައި ބުނެފައިވެ އެވެ.
ހިންމަފުށީ ފަޅާއި ޅޮސްފުށި ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން މި މަހު 28 ގެ ކުރިން ބީލަން ހުށަހަޅަން އެ އިއުލާންތަކުގައި ބުނެފައިވެ އެވެ. މި އިއުލާންތަކާ ގުޅިގެން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް “މިހާރު” އަށް މިރޭ ވިދާޅުވީ، އެ ކުންފުނިން ނިންމާފައި ވަނީ ރަށްރަށުގެ ކުނި މެނޭޖު ކުރުމަށްޓަކައި ސަރުކާރުގެ ސަބްސިޑީއާ ނުލައި، ވިޔަފާރި އުސޫލުން އެ ހިދުމަތް ދެވޭނެ ގޮތެއް ހޯދަން ކަމަށެވެ. އެހެންވެ، ރަށްރަށުން ބިމާއި ފަޅު ހޯދަނީ ވިޔަފާރީ އުސޫލުން އެ ތަނުގައި އިންވެސްޓް ކޮށްދޭނެ ބަޔަކު ހޯދަން ކަމަށް އޭނާ ވިދާޅުވި އެވެ.
“ވިޔަފާރި އުސޫލުން ބިން މި ހޯދަނީ. އެ ތަނަށް އިންވެސްޓް ކޮށްގެން އެ ތަން ހިންގާނީ ވެމްކޯއަކުންނެއް ނޫން. ބީލަމުގެ އުސޫލުން އެ ތަން ނަގާ ބައެއްގެ ކަމެއް ތަން ހިންގުމަކީ. ތަނުން ލިބޭ ނަފާއިން ބައެއް އަޅުގަނޑުމެން ވެމްކޯ އަށް އެ ބަޔަކު ދޭން މި ޖެހެނީ. އަޅުގަނޑުމެން ވެމްކޯއިން މި އުޅެނީ ގެސްޓް ހައުސް ހިންގާކަށް ނޫން،” މުޖުތަބާ ވިދާޅުވި އެވެ. “އެ ތަނުގެ ކުލިން ލިބޭ ފައިސާއިން އެ ރަށެއްގެ ކުނި މެނޭޖުކުރެވޭނެ ގޮތް މި ހޯދަނީ.”
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
