
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ސަރުކާރުން އަންނަ އަހަރުން ފެށިގެން ހައްޖަށް ދިއުމަށް ގާއިމުކޮށްފައިވާ ކިއުއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައި، އަންނަ އަހަރުން ފެށިގެން އަލަށް ހައްޖަށްދާ މީހުންނާއި އުމުރުން ދުވަސްވީމީހުންނަށް އިސްކަން ދިނުމަށް ނިންމައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރައްޔިތުންގެ މަޖިލީހުގައި ހާމަކުރެއްވި ގޮތުގައި ހައްޖު ކިޔޫގައި އަންނަ އަހަރުން ފެށިގެން އަލަށް ހައްޖަށްދާ ފަރާތްތަކަށާއި، ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް އިސްކަންދެވޭނެއެވެ.
“މި ބަދަލުތައް ރައީސް ގެންނަވާފައިވަނީ އިސްލާމީ ދުނިޔޭގައި މިކަމުގައި ޢަމަލުކުރަމުންދާ ފޮތް ބައްލަވާ ދިރާސާކުރެއްވުމަށްފަހު 5 ޖެނުއަރީ 2025 ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން.” ވަޒީރު ވިދާޅުވިއެވެ.
ހައްޖަކީ އިސްލާމް ދީނުގެ ފަސްވަނަ ރުކުނަށްވާއިރު، ކޮވިޑް-19ގެ ސަބަބުން ދެ އަހަރުވަންދެން ހައްޖަށް ނުގެންދެވުމުގެ ސަބަބުން ކިއުގައި ތިބި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. މި އަޅުކަން އަދާކުރުމަށް، ޢުމުރުން ދުވަސްވީ މީހުންނަށް ފުރަތަމަ އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޝަހީމު ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހައްޖު ކޯޓާ އިންސާފުވެރިކަމާއެކު ތަރުތީބުކުރުމަށް ހާއްސަ އުސޫލުތަކެއް ކަނޑައަޅުއްވާފައެވެ. މި އުސޫލުތަކުގެ ތެރޭގައި އަލަށް ހައްޖަށްދާ ފަރާތްތަކަށް އިސްކަންދިނުމާއި، ކޮންމެ ފަސް އަހަރަކުން ނޫނީ ތަކުރާރުކޮށް ހައްޖަށް ނުދެވޭނެ ގޮތް ހެދުން ހިމެނެއެވެ. މީގެ އިތުރުން، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ އަހަރަކުވެސް ވަކި އިންސައްތައެއް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. ހައްޖުގެ އާމިލުންނާއި ހިދުމަތްތެރިންނާއި ސިއްހީ މާހިރުން މި ބަދަލުތަކުން އިސްތިސްނާވާނެއެވެ.
ރައީސް މުއިއްޒުގެ ވައުދަކީ ހައްޖުގެ ކަންކަން ހަރުދަނާކޮށް، ދިވެހި ހައްޖުވެރިންނަށް ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. މިގޮތުން، “މައްކާ ރޫޓު އިނިޝިއޭޓިވް” ދިވެހިންނަށް ތަޢއާރަފުކުރެވިފައިވެއެވެ. މިއީ ހައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށް ސައުދީ އަރަބިއްޔާއިން ފެށްޓެވި މަސައްކަތްޕުޅެކެވެ. މި ހދުމަތުގެ ދަށުން، ދިވެހި ހައްޖުވެރިންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެ މަގުފަހިވެ، ސައުދީއަށް ދިއުމުން އެއާޕޯޓުގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނެއެވެ.
“ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް މިދާއިރާއިން ދަނީ އިންގިލާބީ ބަދަލުތަކެއް ގެންނަމުން. މިގޮތުން ރާއްޖޭގެ ރައްޔިތުންނަށް މައްކާ ރޫޓް ތައާރަފްކުރެވި، ރާއްޖެއިން ހައްޖަށް ދާ ފަރާތްތަކުން ޖިއްދާ އެއާޕޯޓްގެ އެރައިވަލްގައި މަޑު ކުރަން ނުޖެހި ހޮޓަލަށް ދެވޭނޭ އިންތިޒާމްވަނީ ހަމަޖެހިފައި.” ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މި އަހަރު ހައްޖަށް ދިޔަ ކޮންމެ މީހެއްގެ ޑެބިޓް ކާޑަށް 1750 ޔޫއެސް ޑޮލަރުގެ ލިމިޓެއް ބީއެމްއެލްއިން ހަމަޖައްސައިދެއްވިއެވެ. މި ހުރިހާ ބަދަލުތަކާއެކު، ދިވެހި ޙައްޖުވެރިންނަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް އިތުރު ފަސޭހަތަކެއް ލިބި، ފުރުސަތު އިތުރު ބަޔަކަށް ފަހިވެގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
