
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
މިދިޔަ އަހަރުތެރޭ ފައިސާ ޓްރާންސްފަރ ޚިދުމަތް މެދުވެރިކޮށް އެއް އެކައުންޓުން އަނެއް އަނެއް އެކައުންޓަށް 768.5 ބިލިޔަން ރުފިޔާ ޓްރާންސްފަރ ކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެމްއެމްއޭއިން އާންމުކޮށްފައިވާ ޕޭމެންޓްސް ބުލެޓިންގައިވާގޮތުން 2024ވަނަ އަހަރު ތެރޭގައި، ދައުރުވަމުންދާ ފައިސާގެ އަދަދު އިތުރުވަމުންދާ މިންވަރު ދެމެހެއްޓިފައިވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން 2023ވަނަ އަހަރު ދައުރުވަމުންދިޔަ ފައިސާގެ އަދަދު 4.1 ބިލިޔަން ރުފިޔާގައި ހުރިއިރު، 2024ވަނަ އަހަރު މި އަދަދު ވަނީ 4.2 ބިލިޔަން ރުފިޔާއަށް އަރާފައެވެ. އެހެންކަމުން މިއީ 5 އިންސައްތައިގެ އިތުރުވުމެކެވެ. ދައުރުވަމުންދިޔަ ފައިސާގެ އަދަދު އިތުރުވެފައިވަނީ އޭޓީއެމް ޚިދުމަތްތައް އިތުރުވުމާ ގުޅިގެން ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އަދި މިއީ 2022ވަނަ އަހަރުން ފެށިގެން ވިދިވިދިގެން ދެވަނަ އަހަރަށް ދައުރުވަމުންދިޔަ ޖުމްލަ ފައިސާގެ އަދަދު އިތުރުވެފައިވާ އަހަރު ކަމަށްވެސް މަރުކަޒީ ބޭންކު އެމްއެމްއޭއިން ފާހަގަކުރައްވައެވެ.
އޭޓީއެމްތަކާއި، ޕީއޯއެސް ޓާމިނަލްތަކުން ކާޑު ބޭނުންކޮށްގެން، އަދި ބޭންކުތަކުގެ ގޮފިތަކުގެ ކައުންޓަރުތަކުން ނަގުދު ފައިސާގެ މުއާމަލާތްތައް ކުރެވެއެވެ. އެގޮތުން 2024ވަނަ އަހަރު ނަގުދު ފައިސާ ނެގުމުގެ މުޢާމަލާތްތައް ހިންގާފައިވާ އަދަދު 8.5 މިލިޔަނަށް ވަނީ އަރާފައެވެ. މީގެ ތެރެއިން %96 މުޢާމަލާތްތައް ހިންގާފައިވަނީ އޭޓީއެމް މެދުވެރިކޮށެވެ. އަދި ބާކީ ހުރި މުޢާމަލާތްތައް ހިންގާފައިވަނީ ޕީއޯއެސް ޓާމިނަލްތަކުންނާއި ބޭންކު ގޮފިތަކުގެ ކައުންޓަރުތަކުން ފައިސާ ނެގުން ފަދަ އެހެނިހެން ގޮތްތަކުންނެވެ. 2024ވަނަ އަހަރު 34.8 ބިލިޔަން ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ނަގާފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއަދަދަކީ އޭގެ އަހަރުގައި ނަގުދު ފައިސާ ނަގާފައިވާ މިންވަރާއި އަޅާބަލާއިރު 9 އިންސައްތަ ދަށް އަދަދެކެވެ. 2023ވަނަ އަހަރު މި އަދަދު ހުރީ 34.9 ބިލިޔަން ރުފިޔާގައެވެ. މީގެ ސަބަބެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކޮށްފައިވަނީ ނަގުދު ފައިސާ ބޭނުންކުރުމަށް އާންމުންގެ ފަރާތުން އޮތް ޑިމާންޑަށް ބަދަލުވުމެވެ.

(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
ނަގުދު ފައިސާގެ ބަދަލުގައި މިހާރު އެންމެ ގިނަ މީހުން ފައިސާގެ މުއާމަލާތްތައް ކުރުމަށް އެކައުންޓް ޓްރާންސްފަރ ބޭނުންކުރެއެވެ. އެކައުންޓް ޓްރާންސްފަރއަކީ އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުމުގެ މުއާމަލާތެވެ. އެގޮތުން ޓްރާންސްފަރގެ ޚިދުމަތުގެ ތެރެއިން މިދިޔަ އަހަރު 132.3 މިލިޔަން މުޢާމަލާތްކޮށްފައިވާ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. މީގެ ޖުމްލަ އަގަކީ 768.5 ބިލިޔަން ރުފިޔާއެވެ. 2024ވަނަ އަހަރު ރާއްޖޭގައި ކުރެވުނު އެކައުންޓް ޓްރާންސްފަރގެ މުޢާމަލާތްތަކުގެ ތެރެއިން %93 އަކީ އިންޓަރ-ބޭންކް ޓްރާންސްފަރއެވެ. މީގެ ޖުމްލަ އަގަކީ 372 ބިލިޔަން ރުފިޔާއެވެ. ޓްރާންސްފަރ މުޢާމަލާތްތަކުގެ ތެރެއިން %97 އަކީ މޯބައިލް ބޭންކިންގ އެޕްލިކޭޝަންތައް މެދުވެރިކޮށް ކޮށްފައިވާ ޓްރާންސްފަރއެވެ. އަދި ބާކީ ހުރި ޓްރާންސްފަރތައް ކުރެވިފައިވަނީ އޭޓީއެމް އަދި އެހެނިހެން ގޮތްގޮތުންނެވެ.
ފައިސާ ދެއްކުމުގެ ވައްޓަފާޅި ބަދަލުވަމުންދާއިރު އަދި ގައިގޯޅިނުވެ ފައިސާ ދެއްކުމުގެ ގޮތްތަކަށް އޮންނަ ޑިމާންޑް އިތުރުވަމުންދާއިރު، ކާޑުތަކަކީ ދިވެހިރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރެވޭ ފައިސާ ދެއްކުމުގެ ވަސީލަތްތަކުގެ ތެރެއިން އެއް ވަސީލަތަކަށް މިވަނީ ވެފައެވެ. އެގޮތުން 2024 ވަނަ އަހަރު، ކާޑު މެދުވެރިކޮށް ކުރެވުނު މުޢާމަލާތްތަކުގެ ޖުމްލަ އަދަދު %26 އިތުރުވެ، 80.8 މިލިޔަނަށްވުރެ ގިނަ މުޢާމަލާތް ހިންގާފައިވަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މި މުޢާމަލާތްތަކުގެ ޖުމްލަ އަގު 34.8 ބިލިޔަން ރުފިޔާގައި ހުރިއިރު، 2023ވަނަ އަހަރު މިއަދަދު ހުރީ 34.7 ބިލިޔަން ރުފިޔާގައެވެ. އެހެންކަމުން މިއީ 0.2 އިންސައްތަ އިތުރު އަދަދެކެވެ.
ކާޑު މެދުވެރިކޮށް ކުރެވުނު މުޢާމަލާތްތަކުގެ ތެރޭގައި ރާއްޖޭގެ އެތެރޭގައި ކުރެވުނު މުޢާމަލާތްތަކާއި ބައިނަލްއަޤްވާމީ މުޢާމަލާތްތައް ހިމެނެއެވެ. އަދި އާންމުގޮތެއްގައި ޕީއޯއެސް ޓާމިނަލްތަކާއި، ބޭންކުތަކުން ފޯރުކޮށްދޭ ޕޭމަންޓް ގޭޓްވޭތައް މެދުވެރިކޮށް އޮންލައިން ޗެނަލްތަކުން ކާޑުގެ މުއާމަލާތްތައް ކުރެވެއެވެ. އެގޮތުން މިދިޔަ އަހަރު ޕީއޯއެސް ޓާމިނަލްތައް މެދުވެރިކޮށް ކުރެވުނު ކާޑު މުޢާމަލާތްތައް %29 އިތުރުވެ، 64.6 މިލިޔަން މުޢާމަލާތަށް އަރާފައިވެއެވެ. މިއީ ކާޑު މުޢާމަލާތްތަކުގެ އަދަދުގެ %80އެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
