
އޭޓީއެމް މަޝްރޫޢުގެ ދަށުން ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު، ބްރާންޗުތަކުން ޚިދުމަތް ހޯދާ މީހުންގެ އަދަދު ދަށްވަމުންދާ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ މޭނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން މިދިޔަ އަހަރު ނޮވެމްބަރު މަހު ފެށި މިމަޝްޜޫޢުގެ ދަށުން މިހާތަނަށް 47 ރަށެއްގައި މުޅިން އަލަށް އޭޓީއެމް ޚިދުމަތްވަނީ ފަށާފައެވެ. މުޅި ރާއްޖޭގައި މީހުން ދިިރިއުޅޭ ކޮންމެ ރަށެއްގައިވެސް އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢުއަކީ ރައްޔިތުންނަށް މާލީ ބާރުވެރިކަން ދިނުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މިއީ ރަށްރަށުގައި ތިބެގެން އަސާސީ ބޭންކިންގ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދެވޭ މުހިންު މަޝްރޫޢެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މާލޭގައި އޭޓީއެމްތަކުގެ ކިއުތަކަށް ބެލިނަމަވެސް މި ޚިދުމަތުގެ މުހިންމުކަން ފެންނަ ކަމަށެވެ. “މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިހާ ބޭނުންވެފައިވާ ޚިދުމަތަކަށް އޭޓީއެމް ޚިދުމަތްވެފައިވާއިރު، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް މި ޙިދުމަތް ބޭނުންތެރި ނުވާންވީ ޚިދުމަތެއް ކަމަށް އަޅުގަނޑުމެންނަކަށް ޤަބޫލު ނުކުރެވޭ. ދިވެހި މުޖްތަމަޢުއިން ނަގުދު ފައިސާ ބޭނުންކުރުން ހުއްޓާލަންދެކަށް އޭޓީއެމް ޚިދުމަތް ނުދީ ތިބެންޖެހޭ ކަމަށް ޤަބޫލެއް ނުކުރެވޭ.” ޝަރީފް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދާ މިމަޝްރޫޢުއިން އަމާޒު ހިފީ އަހަރެއްގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމަށެވެ. މިމަސައްކަތުގެ ދަށުން މިހާތަނަށް 7 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ވަނީ ފަށާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
މީހުން ދިރިއުޅޫ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށިފައިވާ އަތޮޅުތައް
- ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި)
- ށ. އަތޮޅު (މިލަދުންމަޑުލު އުތުރު ބުރި)
- ނ. އަތޮޅު (މިލަދުންމަޑުލު ދެކުނު ބުރި)
- ބ. އަތޮޅު (މާޅޮސްމަޑުލު ދެކުނު ބުރި)
- ކ. އަތޮޅު (މާލެ އަތޮޅު)
- މ. އަތޮޅު (މުލަކު އަތޮޅު)
- ދ. އަތޮޅު (ނިލަންދެ އަތޮޅު ދެކުނުބުރި)
މިމަޝްރޫޢުއެކުއެކީހެން ބޭންކުން ފެށި އެއް މަސައްކަތަކީ ޑިޖިޓަލައިލް ކުރުމުގެ މަސައްކަތެވެ. މިގޮތުން މިހާރު ބޭންކިން ހުރިހާ ޚިދުމަތެއް ހެން ބޭންކުގެ ބްރާންޗަކަށް ނުގޮސް، ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މިކަންކަމާއެކު އޭޓީއެމް ޚިދުމަތް ފުޅާކުރުމުން މިހާރު ބޭންކުގެ ބްރާންޗުތަކުން ޚިދުމަތް ހޯދާ މިންވަރު ދަށްވެގެން ގޮސްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. “މިހާރުވެސް 99 އިންސައްތަ މުޢާމަލާތް ހިނގަނީ ޑިޖިޓަލްކޮށް. އޭޓީއެމް މަޝްރޫޢުގެ ސަބަބުން ބޭންކަށްވެސް ފައިދާ ލިބޭ. އެހެން ކަމުން ބްރާންޗު ޚިދުމަތް ބޭނުން ކުރާ ކަސްޓަމަރުން މަދުވުމުން. ބޭންކުގެ އެހެނިހެން ޚިދުމަތުގެ މައުލޫމާތު ރައްޔިތުންނާއި ގާތަށް ގޮސް ދިނުމަށް މަގުފަހިވޭ. އޭޓީއެމް ހަމައެކަނި ހުންނަން ޖެހެނީ ވަކި ރަށްތަކުގައި ކަމަށް ދިވެހިން ޤަބޫލު ނުކުރޭ.” ޝަރީފް ވިދާޅުވިއެވެ.
މިމަޝްރޫޢު ކަމިޔާބުކަމާއެކު ކުރިއަށް އޮތް ދެތިން މަހެއްގެތެރޭ ނިންމާލެވޭނެ ކަމަށް ބީއެމްއެލްއިން ލަފާކުރެއެވެ. އެގޮތުން މިހާރު މި ޚިދުމަތް ފެށިފައި ނުވާ 33 ރަށުގައި މި ޚިދުމަތް ދާދި އަވަހަށް ފެށޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. މީގެ ކުރިން ބޭންކުން ބަޔަކު އަންނަންދެން ނުވަތަ އޭޖެންޓެއް މެދުވެރިކޮށް ކުރަމުން ދިޔަ މުޢަމަލާތް މިހާރު ކޮންމެ މީހަކަށްވެސް އަމިއްލައަށް ކުރެވޭނެ ކަމަށް ބޭންކުން ވިދާޅުވިއެވެ. ދަތުރުކޮށްފައި އަސާސީ ބޭންކިން ޚިދުމަތް ހޯދުމަށް އެހެން ރަށަކަށް ދިއުން މިކަމުން ނިމުމަކަށް އަންނާނެ ކަމަށް ޤައުމީ ބޭންކުން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
