
ސްޕެނިޝް ލީގުގެ ފުރަތަމަ މެޗުގައި މަޔޯކާ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް، ކުޅުމާ މެދު ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ބުނީ އޭނާ ހުރީ ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް ބޮޑަށް ނުރުހިފައި ކަމަށެވެ. “އަހަރުމެންނަށް ދެ ލަނޑު ލީޑެއް ލިބި (އިދިކޮޅު ޓީމަށް) ދެ ރަތްކާޑު ދެއްކީމާ އަހަރުމެން ކުޅުނީ 50 ޕަސެންޓްގައި. މިއީ އަހަރެން ގަބޫލު ކުރާ ގޮތެއްނޫން. މުހިންމު ތިން ޕޮއިންޓު ލިބުނަސް މި ގޮތަށް ކުޅެންގެން ނުވާނެ،” ކޯޗު ބުންޏެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންކަން ބާސެލޯނާ އަށް ހޯދައިދިން ޖަރުމަނުގެ ކޯޗު ބުނީ ކުޅުމާމެދު ކުޅުންތެރިންނާ ސީރިއަސްކޮށް ވާހަކަ ދައްކަން ބޭނުންވާ ކަމަށެވެ.
“އެއްވެސް މީހަކު 50 ޕަސެންޓްގައި ކުޅޭނަމަ އަހަރެން އެ މީހަކު ބޭނުމެއްނޫން. އަހަރެން ކުޅުންތެރިންނާ މި ކަމާ ބެހެ ގޮތުން ވާހަކަ ދައްކާނަން،” ކޯޗު ބުންޏެވެ. ރޭގެ މެޗުގައި ބާސެލޯނާއިން ވަނީ އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑް ލައްވައި ފަހު 20 މިނިޓް ކުޅުވައިފަ އެވެ. ކޯޗު ބުނީ ރަޝްފޯޑަށް މާބޮޑަށް ޕްރެޝަރު ކުރަން ބޭނުންނުވާ ކަމަށާއި މަޑުމަޑުން ބާސެލޯނާގެ ސްޓައިލާއި ޓީމަށް ހޭނެން އޭނާ އަށް ވަގުތު ބޭނުންވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
