
މެންޗެސްޓާ ސިޓީން އެ ކުލަބުގެ ބްރެޒިލް ގޯލްކީޕަރު އެޑަސަން ތުރުކީގެ ގަލަތަސަރާއީއަށް ވިއްކާލުމުގެ މަސައްކަތް ފަށައިފިއެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވުލްވުސް އަތުން 4-0 ގެ ނަތީޖާއަކުން ސިތީ މޮޅުވި މެޗުގައި އެޑަސަން ލައްވައި ނުކުޅުވީ މި ޓްރާންސްފާއަށް މަގު ފަހުކޮށްދިނުމުގެ ގޮތުންނެވެ. ރޭގެ މެޗުގައި ގޯލު ބެލެހެއްޓީ އިނގިރޭސި ޒުވާން ކީޕަރު ޖޭމްސް ޓްރަފޯޑެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެޑަސަން ގަތުމަށް ގަލަޓަސަރާއީން ހުށަހަޅަނީ 10 މިލިއަން ޑޮލަރެވެ. ނަމަވެސް ސިޓީން މަސައްކަތް ކުރަނީ އެ ކުލަބަށް ފާއިތވެދިޔަ ހަ އަހަރު ކުޅުނު ކީޕަރުގެ އަގު މިއަށްވުރެ މަތި ކުރުމަށެވެ.
އެޑަސަން ވިއްކާލުމަށް ފަހު ސިޓީން ގަންނަން މަސައްކަތް ކުރަނީ ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ އިޓަލީގެ ގައުމި ކީޕަރު ޖިއާންލުއިޖީ ޑޮންނަރޫމާ އެވެ. އޭނާ އާއި ޕީއެސްޖީއާ މައްސަލަ ޖެހި ޑޮންނަރޫމާ ވަނީ ޕީއެސްޖީގެ ޓީމު އެންމެ ފަހުން ކުޅުނު މެޗުން ވެސް އުނިކޮށްފަ އެވެ. ނަމަވެސް އޭނާ ދަނީ ޓީމާއެކު ފަރިތަކުރަމުންނެވެ. ސިޓީން ޑޮނަރޫމާ ގަތުމަށް މަސައްކަތް ކުރާއިރު އޭނާ ވިއްކާލަން ޕީއެސްޖީން ކިޔަނީ މަދުވެގެން 50 މިލިއަން ޑޮލަރެވެ. ނަމަވެސް ސިޓީން ބޭނުންވަނީ މިއަށްވުރެ ކުޑަ އަގެއްގައި އޭނާ ގަތުމަށެވެ.
މެންޗެސްޓާ ސިޓީން އައު ކީޕަރެއް މި ހޯދަނީ މި ސީޒަނަށް ޒުވާން ކީޕަރު ޓްރަފޯޑް ގެނައުމަށް ފަހު އެވެ. ކޯޗު ޕެޕް ގާޑިއޯލާ މިހާރު ކީޕަރު އެޑަސަން އަށް ބަރޯސާ ވާކަށް ބޭނުމެއްނުވެ އެވެ. ސަބަބަކީ އަނިޔާގެ މައްސަލަތައް ގިނަވުމާއެކު އެޑަސަން އަށް އެއް ފެންވަރެއްގައި ނުކުޅެވޭ މައްސަލަ ދިމާވާތީ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
