
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މެޗުން ބަލިވުމުގައި ގިނަ ސަބަބުތަކެއް އެބަހުރި ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ. އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި ކުވައިތުގެ އަލް އަރަބިއާ ވާދަކޮށް 4-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ހެނާންޑޭޒް ބުނީ އެ މެޗުން މާޒިޔާ ބަލިވުމުގައި ގިނަ ސަބަބުތަކެއް އެބަހުރިކަމަށާ އޭގެ ތެރޭގައި ޓީމުގެ ބަޖެޓުގެ ދަތިކަމާއި، ކުޅުންތެރިންގެ ތަޖުރިބާމަދުވުން ހިމެނޭކަމަށެވެ. އެމެޗުން ލިބުނު ތަޖުރިބާގެ އަލީގައި މާޒިޔާގެ ކުޅުން އިތުރަށް ރަނގަޅުކުރަންޖެހޭކަން ފާހަގަކުރަމުން އޭނާބުނީ ޓީމުގެ ޑިފެންސް އިތުރަށް ވަރުގަދަކުރަންވެއްޖެކަމަށެވެ.
“ބަލާލީމަވެސް އެބަ އެނގޭ ބަޖެޓުގެ ގޮތުން ދެ ޓީމުގެ ފަރަގުގެ ތަފާތު، ކުޅުންތެރިންނަށް ބަލާއިރުވެސް އެއީ، ގިނަދުވަހު ކުޅެ ތަޖުރިބާތައް ގިނަ ބައެއް. އެޓީމުގެ ކުޅުން ފެނިގެންގޮސްފި. ދެން އަހަރުމެންނަށް އޮތްގޮތަކީ މާޒިޔާގެ ކުޅުން ރަނގަޅުކުރުން. ވަކިން ޚާއްސަކޮށް ޑިފެންސް އެބަޖެހޭ ވަރުގަދަކުރަން. އެއީ ވަރަށް ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ތިބި މޮޅު ޓީމެއް” ކޯޗު ބުންޏެވެ. ކޯޗު ބުނީ އެމެޗުގައި އެންމެ އެކަށީގެންވާ ވަރަށް ކުޅުންތެރިންނަށް ފޯކަސް ނުކުރެވުނުކަމަށެވެ. އަދި މާޒިޔާގެ ބައެއް ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތަކާ ކުރިމަތިވެފައިވުމަކީވެސް މެޗުގެ ނަތީޖާ އެގޮތަށް ނުކުތުމަށް ދިމާވި ސަބަބެއްކަމަށެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި އޮތުމުން ޓީމު ތައްޔާރުކުރުމަށް އުނދަގޫތަކެއް ކުރިމަތިވިކަމަށް މީގެ ކުރިންވެސް ކޯޗު ބުނެފަވެއެވެ. އަލްއަރަބީއާ ދެކޮޅަށް ކުޅުމަށް މާޒިޔާއިން ޖުލައިމަހުގެ ކުރީކޮޅު ފަރިތަކުރުންތައް ފެށި ނަމަވެސް ބައެއް ކުޅުންތެރިންނަށް ފަތިތަކުރުންތަކުގައި ބައިވެރިވެވުނީލަހުންކަމަށްވެސް ކޯޗު ފާހަގަކޮށްފަވައެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
