
(ފޮޓޯ ކްރެޑިޓްސް: މިހާރު)
އެންސްޕާއިން އިޖްތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމުގެ ތެރެއިން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ހިދުމަތްދޭ ތަންތަނަށް ދައްކަން ޖެހޭ ބިލްތަކުގެ އަދަދު 1.5 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މާލިއްޔަތު ކޮމިޓީން ހާމަކޮށްފި އެވެ. އެންސްޕާ އާއި އާސަންދައިން ނުދައްކާ ހުރި ބިލްތަކާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން އެންސްޕާއިން ނޮވެމްބަރު 2023 އިން ޖުލައި 2024ގެ ނިޔަލަށް އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ ސަރުކާރުގެ ސިއްހީ ހިދުމަތްދޭ އިދާރާތަކަށެވެ. އެއީ 367 މިލިއަން ރުފިޔާ އެވެ. ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ ބޭރުގެ ހޮސްޕިޓަލްތަކަށެވެ. އެ ތަންތަނަށް 349 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.
އެންސްޕާގެ ޕެންޑިން ބިލްތަކުގެ ތަފްސީލު
● ދައުލަތުގެ އިދާރާތަކަށް: 367 މިލިއަން ރުފިޔާ
● ބޭރުގެ ހޮސްޕިޓަލްތަކަށް: 349 މިލިއަން ރުފިޔާ
● ކްލިނިކްތަކަށް: 330 މިލިއަން ރުފިޔާ
● ފާމަސީތަކަށް: 325 މިލިއަން ރުފިޔާ
● ރާއްޖޭގެ ހޮސްޕިޓަލްތަކަށް: 164 މިލިއަން ރުފިޔާ
ޕެންޑިން ބިލްތަކާ ގުޅޭ ގޮތުން ހުށަހެޅި ރިޕޯޓުގައިވާ ގޮތުން އެ މުއްދަތުގެ ތެރޭގައި އެންސްޕާ އިން 872 މިލިއަން ރުފިޔާ ބިލްތަކަށް ދެއްކި އިރު އެ ތާރީހުގެ ތެރޭގައި ދީފައިވާ ހިދުމަތްތަކަށް ނުދައްކާ ހުރި އަދަދު 663 މިލިއަން ރުފިޔާއަށް އިތުރުވި އެވެ. އެ ރިޕޯޓުގައިވާ ގޮތުން ނޮވެމްބަރު 2023، ގެ ނިޔަލަށް 491 މިލިއަން ރުފިޔާގެ ޕެންޑިން ބިލްތައް ހުރި އިރު އޭގެ ތެރޭގައި ދައުލަތުގެ އިދާރާތަކަށް ދައްކަން ޖެހޭ 125 މިލިއަން ރުފިޔާ ހުއްޓެވެ. އަދި ބޭރުގެ ހޮސްޕިޓަލްތަކަށް ދައްކަން ޖެހޭ 101 މިލިއަން ރުފިޔާ ހުރި އިރު ރާއްޖޭގެ ހޮސްޕިޓަލްތަކަށް ދައްކަން ޖެހޭ 81 މިލިއަން ރުފިޔާ ވެސް ހުއްޓެވެ.
އެންސްޕާއިން ފާމަސީތަކަށް ދައްކަން ޖެހޭ 136 މިލިއަން ރުފިޔާގެ ބިލްތައް ހުރި އިރު ރާއްޖޭގެ އެކި ކްލިނިކްތަކަށް ދައްކަން ޖެހޭ 48 މިލިއަން ރުފިޔާ ވެސް އެބަ ހުއްޓެވެ. ސެކްރެޓްރިއޭޓުން ހުށަހެޅި އެ ރިޕޯޓުގައިވާ ގޮތުން އާސަންދައިން ވެސް އެކި ސިއްހީ ހިދުމަތްދޭ އިދާރާތަކަށް ދައްކަން ޖެހޭ ބިލްތަކުގެ އަދަދު 1.1 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެންސްޕާ އާއި އާސަންދައިގެ ޕެންޑިން ބިލްތަކުގެ މައްސަލަ ބަލަން މާލިއްޔަތު ކޮމިޓީން ނިންމީ ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭ އިން ހުށަހެޅި މައްސަލަ ދިރާސާކޮށް، އިތުރަށް އެކަން ބެލުމުގެ ގޮތުންނެވެ. އޭޑީކޭއިން ވަނީ އާސަންދައިން އެ ހޮސްޕިޓަލަށް 251 މިލިއަން ރުފިޔާ ނުދައްކާ އޮތުމުގެ ސަބަބުން ސަޕްލަޔަރުންނާއި އެ ހޮސްޕިޓަލުގެ އެހެން ހަރަދުތައް ހަމަޖައްސަން ބޮޑެތި ދަތިތައް ކުރިމަތިވާކަން ފާހަގަކޮށްފަ އެވެ.
އާސަންދައިން ނޮވެމްބަރު 2023 އާ ހަމައަށް ނުދައްކާ ހުރި ބިލްތަކުގެ އަދަދު 1.1 ބިލިއަން ރުފިޔާއަށް އަރާ އިރު އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ ފާސަމީތަކަށެވެ. ފާމަސީތަކަށް ދައްކަން ޖެހޭ އަދަދު 516 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ކްލިނިކްތަކަށް 260 މިލިއަން ރުފިޔާ، ބޭރުގެ ހޮސްޕިޓަލްތަކަށް 158 މިލިއަން ރުފިޔާ، ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކަށް 112 މިލިއަން ރުފިޔާ ދައްކަން ހުއްޓެވެ. ސިއްހީ ހިދުމަތްދޭ އެކި ފަރާތްތަކަށް އާސަންދަ އާއި އެންސްޕާއިން ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ހުރި އިރު މިދިޔަ ޖުލައި މަހުގެ ނިޔަލަށް ވެންޑަރުންނާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ބިލްތަކަށް ފިނޭންސް މިނިސްޓްރީން 1.1 ބިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
މިއަދު ބޭއްވި ކޮމިޓީގައި އާސަންދަ އާއި އެންސްޕާއާ ގުޅޭ އެ ރިޕޯޓު އިތުރަށް ދިރާސާކުރަން ވަނީ ނިންމައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
