
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާޢީލުން ހިންގަމުންދާ ޤަތުލްޢާންމު ހުއްޓުވައި، ޣައްޒާ ހިޞޯރުން ނައްތާލުމަށް ގޮވާލުމަށް “ޤައުމީ ބޮޑު އެއްވުން” އިއްޔެ ބާއްވައިފި. މާލޭގައި މި އެއްވުން ކުރިއަށްގެންގޮސްފައިވަނީ އިއްޔެ ހަވީރު މާފަންނު ދަނޑުގައެވެ. ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓާލުމަށް ގޮވާލައި ބޭއްވި މި އެއްވުމަކީ، އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން އިސްވެ، ރާއްޖޭގެ ގިނަ އަދަދެއްގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި އެހެނިހެން ފަރާތްތައް އެކުވެގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މާފަންނު ދަނޑުގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ދައުލަތުގެ ވަޒީރުންގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. އަދި ފަލަސްޠީނުގެ ހައްގުގައި އަޑު އުފުލަމުންދާ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ ބައެއް މީހުންވެސް މި އެއްވުމުގައި ބައިވެރިވިއެވެ. މިއެއްވުމުގައިވަނީ ޔަހޫދީ ދައުލަތުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ޣައްޒާއަށް އެހީފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކުރުމަށާއި މިނިވަން މުސްތަގިއްލު ފަލަސްޠީނެއް ގާއިމުކުރުމަށްވެސް މި އެއްވުމުގައި ގޮވާލާފައިވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޣައްޒާ ހިޞޯރުން ނައްތާލުމަށް ގޮވާލުމަށް ބޭއްވި މި އެއްވުމުގައި، ޔަހޫދީ ދައުލަތުގެ އަނިޔާތައް ކައިރިން ތަޖުރިބާކޮށްފައިވާ ފަލަސްޠީނުގެ ދެ ބޭފުޅަކުވެސް ބައިވެރިވިއެވެ. މީގެއިތުރުން ފަލަސްޠީނުގެ ހައްގުގައި އަޑު އުފުލަމުންދާ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ 12 މީހަކުވެސް މިއެއްވުމުގައި ބައިވެރިވެފައިވެއެވެ. ޣައްޒާގެ ހައްޤުގައި ބައިނަލްއަޤްވާމީ ފެންވަރުގައި އަޑުއުފުލާ ބައެއް ބޭފުޅުންވަނީ އެބޭފުޅުންގެ ޝުޢޫރުތައް ޕީއެސްއެމް ނިއުސްއާ ހިއްސާކުރައްވާފައެވެ. ” ރާއްޖެ ކިތަންމެ ކުޑަޔަސް، ފަލަސްޠީނުގެ ހައްޤުގައި ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކޮށްލަން ބޭނުން، ކޮންމެ މީހަކުވެސް އެމީހަކު އަމިއްލައަށްވެސް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންވީ. ޤައުމުގެ ބޮޑުކުޑަމިނުންނެއް ނޫން ތަފާތު ދެއްކޭނީ. ދުނިޔެއަށް ދައްކަންވީ ޣައްޒާއަށް ހަމަލާ ދެމުންދާއިރު އެހެން ޤައުމުތަކުން މަޑުން ނުތިބޭނެކަން. އެކަން ދިވެހިރާއްޖެއިން ދައްކަމުންދާތަން ފެނޭ”. ޣައްޒާގެ ހައްޤުގައި އަޑުއުފުލަމުންދާ ފަރާތްތަކުން ބުނިއެވެ.
“ޤައުމީ ބޮޑު އެއްވުން” މި ނަމުގައި މިއަދު ކުރިއަށްގެންދިޔަ މި ހަރަކާތަކީ، ޔަހޫދީ ދައުލަތުން ވޭތުވެ ދިޔަ 18 އަހަރު ޣައްޒާ އެއްކޮށް ބަންދު ކޮށްލާފައި އޮތުމާއި ދެކޮޅަށް އަޑު އުފުލައި ޣައްޒާ “ހިޞޯރުން” ނައްތާލުމަށް ހިންގާ ގްލޯބަލް ސުމުދު ފްލޯޓިލާގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން 50 ކައުންސިލަކުން މި ހަރަކާތުގައި ބައިވެރިވިއެވެ. މިއީ މިހާތަނަށް ފަލަސްޠީނުގެ ހައްޤުގައި ބޭއްވުނު އެންމެ ބޮޑު އެއް ހަރަކާތެވެ. މިހަރަކާތް ނިންމާލީ ފަލަސްޠީނުގެ ރައްޔިތުންނަށް ނަސްރުދެއްވުން އެދި ކުރި ޚާއްސަ ދުޢާއަކުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
