
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލު ކުރައްވައި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފިއެވެ. ދެ ބޭފުޅުން ވެސް ވަނީ މަޝްވަރާތައް ކާމިޔާބު ކަމުގައި ސިފަ ކުރައްވާފައެވެ. ނަމަވެސް، ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ މެދު އެއްބަސްވުމެއް އެކުލަވައިލެވިފައެއް ނުވެއެވެ. ޕުޓިންއާއި ޓްރަމްޕާ ދެމެދު އެމެރިކާގެ އެލެސްކާގައި ބޭއްވި ބައްދަލުވުން ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެން ދިޔައެވެ. ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ދެ ބޭފުޅުން ވެސް ވިދާޅުވީ، ގިނަ ކަންތައްތަކަކާ މެދު މަޝްވަރާކޮށް، ކުރިއެރުންތަކެއް ހޯދިފައިވާ ކަމުގައެވެ. ނަމަވެސް، އެއީ ކޮން ކަންތައްތަކެއް ކަން އެއްވެސް ބޭފުޅަކު ސާފު ކޮށްދެއްވާފައެއް ނެތެވެ. އަދި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ދެ ބޭފުޅުން ވެސް ވަނީ އިންކާރު ކުރައްވާފައެވެ.
“އަޅުގަނޑުމެންނަށް ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް ހޯދިއްޖެ. ޑީލެއް [އެއްބަސްވުމެއް] ޤާއިމު ނުކުރެވޭހާ ހިނދަކު އެއްވެސް ޑީލެއް ނޯންނާނެ،” ޓްރަމްޕް ވިދާޅުވިއެވެ. މަޝްވަރާތަކުގެ އެންމެ މައިގަނޑު އަމާޒަކީ ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމާ ގުޅޭ ގޮތުން އެއްބަސްވުމެއް އެކުލަވައިލުމެވެ. ނަމަވެސް، އެ ކަން ހާސިލު ކުރެވިފައެއް ނުވެއެވެ.
ޓްރަމްޕާ ބައްދަލު ކުރެއްވުމަކީ ޕުޓިންއަށް ލިބިވަޑައިގެންނެވި ކާމިޔާބީއެއް
2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ފެށި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަކީ، ފާއިތުވި 80 ވަރަކަށް އަހަރުގެ ތެރޭގައި ވިލާތުގެ ބައްރުގައި ކުރާ އެންމެ ނުރައްކާތެރި އަދި ބޮޑު ހަނގުރާމައެވެ. އެ ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ގުޅޭ އެއްބަސްވުމެއް އެކުލަވައިލެވިފައި ނެތް ނަމަވެސް، ޓްރަމްޕާ ސީދާ ބައްދަލު ކުރައްވައި މަޝްވަރާތައް ބޭއްވުމަކީ ޕުޓިންއަށް ލިބިވަޑައިގެންނެވި ކާމިޔާބީއެއްގެ ގޮތުގައި ޚާރިޖީ ދާއިރާގެ ތަޖުރިބާކާރުން ސިފަ ކުރިއެވެ. މަޝްވަރާތަކުގައި ޗައިނާއިން ބައިވެރިވެފައި ނެތް ނަމަވެސް، އެ ޤައުމަށް ވެސް ވަނީ ކާމިޔާބީއެއް ހޯދިފައެވެ. ޓްރަމްޕް ވިދާޅުވީ، ރަޝިޔާއިން ވިއްކާ ތެޔޮ ޗައިނާއިން ގަތުން ހުއްޓުވުމަށް ޗައިނާއާ ދެކޮޅަށް ހަރުކަށި ދަތި ކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ކުރިން އޭނާ ވިސްނަވާފައި އޮތް ނަމަވެސް، އެ ނިންމެވުން މިހާރު ބަދަލު ކުރައްވާފައިވާނެ ކަމުގައެވެ.
އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ، ރަޝިޔާގެ މުދާ ގަންނަ ޤައުމުތަކަށް ދަތި ކުރުމުގެ ގޮތުން، އެ ޤައުމުތަކުން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ ޓެރިފް ނުވަތަ އިމްޕޯޓުޑިޔުޓީ %25 އިންސައްތައިން ބޮޑު ކުރުމަށެވެ. ރަޝިޔާގެ ތެޔޮ ގަންނާތީ ޓްރަމްޕް ވަނީ އިންޑިޔާއިން އެމެރިކާއަށް އެތެރެ ކުރާ މުދަލުން އިތުރު %25ގެ ޓެރިފެއް ނަންގަވަން ފަށްޓަވާފައެވެ. އެ ނިންމެވުމާ އެކު އިންޑިޔާއިން އެތެރެ ކުރާ މުދަލުން ޖުމުލަ %50ގެ ޓެރިފެއް އެމެރިކާއިން މިހާރު ދަނީ ނަގަމުންނެވެ.
ކުރިއަށް އޮތީ ޕުޓިންއާއި ޒެލެންސްކީގެ ބައްދަލުވުމެއް ރޭވުން
ޕުޓިންއާއި ޓްރަމްޕާ ދެމެދު ބޭއްވެވި ބައްދަލުވުމުގައި ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެއްބަސްވުމެއް އެކުލަވައިލެވިފައި ނެތް ނަމަވެސް، މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމުގައި ޤަބޫލު ކުރުމުގެ ފުރުޞަތު އޮތް ކަމުގައެވެ. ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ޕުޓިންއާއި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ދެމެދު ސީދާ މަޝްވަރާތައް ފެށްޓެވުމަށް އޭނާ ހުށަހަޅުއްވާފައިވާނެ ކަމުގައެވެ. މިއީ، ޙަޤީޤަތުގައި ލިބިފައިވާ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ޚާރިޖީ ދާއިރާގެ ތަޖުރިބާކާރުން ސިފަ ކުރެއެވެ.
ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޕުޓިން ޒެލެންސްކީގެ ނަން ގަންނަވާފައެއް ނުވެއެވެ. ނަމަވެސް، އޭނާއާއި ޓްރަމްޕާ ދެމެދު ބޭއްވި ބައްދަލުވުމުގެ ނަތީޖާ ޔޫކްރެއިނާއި، އެ ޤައުމުގެ ވިލާތުގެ މަދަދުގާރުން ބަލައިގަންނަން ވާނެ ކަމަށް ޤަބޫލު ކުރައްވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، އެ ނަތީޖާ ބަދަލު ކުރުމަށް، ނުވަތަ ލިބިފައިވާ ކުރިއެރުންތަކަށް ހުރަސް އެޅުމަށް މަސައްކަތް ނުކުރުމަށް ވެސް އޭނާ ވަނީ ގޮވައިލައްވާފައެވެ.
ޓްރަމްޕް ވިދާޅުވީ، ޒެލެންސްކީއަށް މި ވަގުތު އޮތް ހަމައެކަނި ގޮތަކީ ޑީލެއް ނުވަތަ އެއްބަސްވުމެއް އެކުލަވައިލުން ކަމުގައެެވެ. “ޑީލެން ހަދަން އެބަޖެހޭ. ބައްލަވާ، ޔޫކްރެއިނާ ޚިލާފަށް ރަޝިޔާއަކީ ވަރަށް ބޮޑު ބާރެއް،” ޓްރަމްޕް ވިދާޅުވިއެވެ. އަދި، މި މެސެޖު ޒެލެންްސްކީގެ އިތުރުން ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ މެންބަރު ޤައުމުތަކުގެ ވެރިންނާ ހިއްސާ ކުރައްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޕުޓިން-ޓްރަމްޕް ސަމިޓާ ގުޅޭ ގޮތުން ކީވުން އަދި މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
