
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް ވޭޕް ސާމާނު ގައިގައި ބަނދެގެން އެތެރިކުރި ވާހަކައަކީ ދޮގެއް ކަމަށް ވަޒީރު ވިިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ “އަދަދު ނޫހު” ގެ ޚަބަރު “އެކްސް” ގައި ހިއްސާ ކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ. މާހިލް ރާއްޖެއަށް އައިއިރު، ވޭޕް ކުރާ ސާމާނުތަކެއް ރާއްޖެއަށް އެތެރެކުރަން އުޅުމުން ކަސްޓަމްސްއިން ހިފެހެއްޓި ކަމަށާއި ވޭޕް ކުރާ ސާމާނު ފެނުނީ މާހިލް ރާއްޖެއަށް އައިއިރު ގެނައި ލަގެޖާއި ހަށިގަނޑުން ކަމަށް ޚަބަރުގައިވެއެވެ.
އަދި މާހިލް އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވާ ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރެއް ކަމަށާއި އޭނާއަކީ ހާރިޖީ ވުޒާރާގެ މަގާމެއް ވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެއްކަމަށް ވަނީ ބުނެފައެވެ.
Gayga badhegen vape saamaanu etherekuri kamah bune Hageegathaa khilaafa vaahakathah fethurumaki varah dhera kameh. Adhi Mahil aki Malaysia ge Embussy ga vazeefa eh ga hunna meeheh noon. Khabaru thah rangalhu kurun edhen. https://t.co/CXXz7ElVw6
— Mohamed Shaheem Ali Saeed (@Mohamedshaheem1) August 15, 2025
މި ޚަބަރު ދޮގު ކުރައްވާ ޑރ. ޝަހީމް ވިދާޅުވީ ގައިގައި ވޭޕް ސާމާނު ބަނދެގެން އެތެރި ކުރި ކަމަށް ބުނެ ހަގީގަތާއި ހިލާފު ވާހަކަތައް ފެތުރުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ. އަދި މާހިލް އަކީ މެލޭޝިޔާ އެމްބަސީގައި ވަޒީފާގެ ހުންނަ މީހެއް ނޫން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ޑރ. ޝަހީމް ވަނީ ހަބަރު ރަނގަޅު ކުރުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
