
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާ ކުރި މަނަވަރު “ދަރުމަވަންތަ” ރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)އާ މިރޭ ރަސްމީކޮށް ހަވާލުކޮށް، ކޮމިޝަންކޮށް ހިދުމަތަށް ނެރެފިއެވެ. މިއީ ދިވެހި ކަނޑުގެ ސިފައިންގެ އަރުމާދަށް މިހާތަނަށް ގެނެވުނު އެންމެ ބޮޑު މަނަވަރެވެ. މި މަނަވަރު ނިސްބަތްވަނީ ޖަހާލަތާއި ޝިރްކުގެ އަނދިރިކަމުގެ ތެރޭގައި ދިވެހިން ވަނިކޮށް ދެ ދުނިޔޭގެ ސަލާމަތާއި، އަމާންކަމާއި، ރަައްކާތެރިކަމުގެ ދީން ކަމަަށްވާ އިސްލާމް ދީނަކީ ދިވެހި ދައުލަތުގެ ދީން ކަމުގައި ކަނޑައެޅުއްވި އައްސުލްތާން މުހައްމަދު އިބްނު އަބުދުﷲ ސިރީ ބަވަނަ އާދީއްތަ މަހާރަދުން (ނުވަތަ ދަރުމަވަންތަ ރަސްގެފާނު)ގެ ނަން ފުޅަށެވެ.
ރޭ ހުޅުމަލޭ އެމްޕީއެލް ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައިި “ދަރުމަވަންތަ” ނަމުގައި މިރޭ ހިދުމަތަށް ނެރޭ އުޅަނދު ތުރުކީ ވިލާތުގެ ފަރާތުން ރާއްޖެއަށް ހަލާލުކޮށްދެއްވީ ތުރުކީވިލާތުގެ ފްލީޓް ކޮމާންޑަރު އެޑްމިރަލް ކާދިރު ޔިލްޑިޒެވެ. މި އުޅަނދާއި ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީއެވެ. މި ވަގުތުކޮޅު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުހައްްމަދު މުއިއްޒާއި، ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ތުކުރީން ހަދިޔާ ކުރި މަނަވަރަކީ ޖަރުމަން ވިލާތުގެ ކުންފުންޏެއް ކަމަށްވާ ލޫރްސެން ވެރްފްޓްއިން ފަރުމާކޮށް، ތުރުކީ ނޭވީގެ ހިދުމަތަށް ނެރެފައިވާ އެޑޯގަން-ކްލާސްގެ ފާސްޓް އެޓޭކާ ކްރާފްޓްގެ އުޅަނދެކެވެ. މި މަނަވަރަކީ ތުރުކީ ކަނޑުގެ ގާބިލްކަން އިތުރު ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ މަނަވަރެކެވެ. މިއީ ތުރުކީގެ އަސްކަރީ ހިދުމަތުގައި ބޭނުން ކުރަމުން ދިޔަ މަނަވަރެކެވެ. ތުރުކީގެ ނޭވީގެ ހާޕޫން އެންޓިޝިޕް މިސައިލްތަކާއެކު ތައްޔާރުކުރި ފުރަތަމަ ގިންތީގެ އުޅަނދުތަކުގެ ތެރޭގައި މި މަނަވަރު ހިމެނެއެވެ. މި މަނަވަރަކީ ވެޕަން މެނޭޖްމެންޓް ސިސްޓަމްތަކާއި، ފަޔާ ކޮންޓްރޯލް ރާޑަރާއެކު އިންޓަގްރޭޓް ކުރެވި، ޒަމާނީ ވަސީލަތްތައް ގާއިމް ކުރެވިފައިވާ މަނަވަރެކެވެ. މިގޮތުން މި މަނަވަރުގައި 76 މިލިމީޓަރު އޮޓޯމެލޯރާ ބަޑިއާއި 35 މިލިމީޓަރުގެ ޓްވިން ބެރަލް އޮލިކަން އެންޓި ކްރާފްޓް ބަޑީ ހަރު ކުރެވިފައި ވެއެވެ.
މި މަނަަވަރަކީ ދުުރު ރާސްތާއިން ދުޝްމަނުންގެ އުޅަނދުފަހަރު ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރެކެވެ. ދިފާއީ ވުޒާރާއިން ވިދާޅުވީ، މި މަނަވަރު ހިދުމަތަށް ނެރެވޭއިރު، ތުރުކީން ތަމްރީން ކުރި ދިވެހިންގެ ސަބަބުން، މި މަނަވަރު އޮޕަރޭޓް ކުރުމުގެ ގާބިލްކަން ދިވެހި އަސްކަަރިއްޔާއަށް ލިބިފައިވާ ކަމަށެވެ. އަދި މި އުޅަނދު މަރާމާތުކޮށް، ދުއްވައި، ބަލަހައްޓާނީ ދިވެހި ސިފައިން ކަމަށްވެސް ދިފާއީ ވުޒާރާއިން ވިދާޅުވެފައި ވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
