
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް, ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަމުން އަންނަ ޚާއްސަ ހަރަކާތް އަންނަ މަހު ބާއްވަން ތައްޔާރުވެއްޖެއެވެ. އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް(އެފެކްސް) އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ. ވީއައިއޭގައި ގަވާއިދުން ބާއްވަމުން އަންނަ މި ހަރަކާތަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބާއްވާ އެންމެ ބޮޑު ހަރަކާތްކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ. މި ހަރަކާތް މި އަހަރު ބާއްވަން ތައްޔާރުވަމުން އަންނަނީ އަންނަ މަހުގެ 8ވަނަ ދުވަހުކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.

މި ހަރަކާތުގެ ބޭނުމަކީ ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖާސްތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ. ވީއައިއޭގައި އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރުއެވެ. އެ އަހަރު އެއާޕޯޓުގެ އެކި ދާއިރާތަކާއި ސިއްހީ ހިދުމަތްދޭ ތަންތަން ހިމެނޭ ގޮތުން 30 އިދާރާއަކުން 400 އަށްވުރެ ގިނަ ފަރާތުން މި ހަރަކާތުގައި ބައިވެރިވިއެވެ.
(ފޮޓޯ ކްރެޑިޓްސް:
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
