
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެދަށުން ޗައިނާއަށް އެކްސްޕޯޓް ކުރާ މުދަލަށް ހޯދަން ޖެހޭ ސެޓިފިކެޓް އޮފް އޮރިޖިން، ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭގޮތަށް ހަމަޖައްސައިފިއެވެ. ކަސްޓަމްސްއިން ވިދާޅުވީ، މާދަމާއިން ފެށިގެން މިގޮތަށް އަމަލުކުރަން ފަށާނެ ކަމަަށެވެެ. ކަސްޓަމްސްއިން ވިދާޅުވީ ޗައިނާ – މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓް، ނުވަތަ ޗައިނާ – ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާއަށް އެކްސްޕޯޓްކުރާ މުދަލަށް ސެޓްފިކެޓް އޮފް އޮރިޖިން ހޯދުމަށް އެދި، އޮގަސްޓް 15 ވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް ހުށަހެޅޭނެކަމަށެވެ. އެގޮތުން ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ސެޓްފިކެޓް ހޯދުމަށް ހުށަހެޅޭނެ ކަމަށާއި، ސެޓްފިކެޓް އެޕްރޫވް ވުމުން، ޕޯޓަލްއިން އެކަން އެނގޭނެ ކަމަށެވެ.
އަދި މީގެއިތުރުން ޕޯޓަލް މެދުވެރިކޮށް ސެޓްފިކެޓަށް ފައިސާ ދެއްކޭނެ ކަމަށާއި، ފައިސާ ދެއްކުމުން ސެޓްފިކެޓްގެ ޕްރިންޓެއް ފޯރުކޮށްދޭނެ ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ރާއްޖެއިން ސޮއިކުރީ 2014 ވަނަ އަހަރުއެވެ. އަދި އެ އެއްބަސްވުމަށް އަމަލުކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވާއިރު، 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖެހިފައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްކުރަންޖެހޭ މަސައްކަތްތައް ވަނީ ފަށްޓަވާފައެވެ. ޖަނަވަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާއިރު މިއީ ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެ އެއްބަސްވުމަކަށް ވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓަށް އެކްސްޕޯޓްކުރުމަށް މަގުފަހިވެ ދިވެހި މަސްވެރިންނަށް ޑިއުޓީއެއް ދައްކަން ނުޖެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރެވޭނެ މަގު މިހާރު މިވަނީ ފަހިވެފައެވެ. އަދި ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކާއި އެހެނިހެން މުދާ ރާއްޖޭގައި ޕްރޮސެސްކޮށް، އެކްސްޕޯޓްކުރުމަށް މަގުފަހިވެފައިވާތީ، އެކްސްޕޯޓް އިތުރުކުރެވުމުން ބޭރު ފައިސާ ލިބުމުގެ ފުރުސަތު ވަނީ އިތުރުވެފައެވެ. އަދި ރާއްޖޭގައި އުފެއްދުންތެރިކަން އިތުރުކުރުމަށާއި ޕްރޮސެސިން ދާއިރާ ފުޅާކުރުމަށްވެސް ވަނީ މަގުފަހިވެގެން ގޮސްފައެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގައި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ޗައިނާގެ މާކެޓަށް ވާސިލްވެވި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެފައިވާއިރު، މި އެއްބަސްވުމާއިއެކު ޗައިނާގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް މަގުފަހިވެ ޗައިނާގެ އިންވެސްޓްމަންޓްތަށް ރާއްޖޭގައި އިތުރުވެގެންގޮސްފައިވާވެއެވެ. އަދި އިންވެސްޓަރުންނަށް ޗައިނާގައި އިންވެސްޓް ކުރުމުގެ ފުރުސަތުވެސް ވަނީ ލިބިގެންގޮސްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
