
ކުރިއަށް އޮތް ސީޒަނަށް ބާސެލޯނާ އަށް ނައިކީ ކުންފުނިން ތައްޔާރުކޮށްދިން ޖާޒީއާ މެދު ކުޅުންތެރިން ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ. ބާސެލޯނާއިން މި ޖާޒީގައި ކުޅުނު ފުރަތަމަ މެޗަކީ ޖަޕާނުގެ ވިސެލް ކޯބާ ދެކޮޅަށް މިދޔަ ހަފުތާގައި ކުޅުނު މެޗެވެ. އެއަށް ފަހު ކުޅުންތެރިން ވަނީ ޖާޒީ ބަރުވުމުގެ ޝަކުވާކޮށްފަ އެވެ. މި ގޮތުން ޗޭންޖިން ރޫމުގައި މި ޝަކުވާ އެންމެ ބޮޑަށް ކުރި ކުޅުންތެރިއަކީ ބްރެޒިލްގެ ފޯވަޑް ރަފީނިއާ އެވެ. ހުސްވި ސީޒަނުގައި ބާސެލޯނާގައި މޮޅަށް ކުޅުނު ކުޅުންތެރިޔާ ބުނީ ނައިކީ ކުންފުނިން ބްރެޒިލްގެ ގައުމީ ޓީމަށް ތައްޔާރުކޮށްދީފައިވާ ޖާޒީއާ އަޅާ ބަލާއިރު ބާސެލޯނާގެ ޖާޒީ މާ އުނދަގޫ ކަމަށެވެ.
ޖާޒީ ބަރުވުމުގެ އިތުރަށް ކުޅުންތެރިން ވަނީ މި ޖާޒީ ލައިގެން ތިބޭއިރު ގަޔަށް ހެޔޮވަރު ނުވުމާއި ޖާޒީގެ ބައްޓަން ގޯސްވުމުން ދަތިތަކެއް ހުރި ކަމަށް ބުނެފަ އެވެ. މިކަމާ ހުރެ ބާސެލޯނާގެ މެނޭޖްމަންޓުން މިހާރު ވަނީ ނައިކީއާ މެދު މަޝްވަރާ ކުރަން ނިންމައިފަ އެވެ. އެއީ ކުޅުންތެރިންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ފަހު ކޯޗު ހަންސީ ފްލިކް ވެސް ޖާޒީ ކަމު ނުދާ ކަމަށް ބުނުމުންނެވެ. އޭނާ ބުނީ ކުޅުންތެރިން ދަނޑުމަތީގައި އިތުރު ބުރައެއް އުފުލަން ޖެހޭ އެއްޗަކަށް ޖާޒީ ވެގެން ނުވާނެ ކަމަށެވެ. މިހެންވެ މިހާރުހެ ޖާޒީ ކުޅުންތެރިންނަށް ފަސޭހަވާނެ ގޮތަކަށް ބައްޓަން ކުރަން ޖެހޭ ކަމަށެވެ.
ނައިކީން ބާސެލޯނާ އަށް ޖާޒީ ތައްޔާރުކޮށްދޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އަދި މި ދެ ފަރާތުން ޖާޒީ ތައްޔާރު ކޮށްދިނުމުގެ އެއްބަސްވުން ވަނީ ކުރިއަށް ވުރެ ބޮޑު ފައިދާ އެއް ކުލަބަށް ލިބޭ ގޮތަށް އައުކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
