
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
އަންނަ މަހު ސްރީ ލަންކާއާއެކު ކުޅޭ ރަހުމަތްތެރިކަމުގެ ދެ މެޗު ކުޅެން އެ ގައުމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ރަސްމީކޮށް ދައުވަތުދީފިއެވެ. ނަމަވެސް ރާއްޖޭގެ ގައުމީ ފުޓްބޯޅަ އިދާރާއިން މި ހުށަހެޅުމާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ. ލަންކާއިން ހުށަހަޅާފައިވަނީ އަންނަ މަހުގެ 1 އިން 9 އާ ދެމެދު އެކުވެރިކަމުގެ ދެ މެޗު ކުޅޭ ގޮތަށެވެ. މި ދެ މެޗުން މޮޅުވާ ޓީމަކަށް ވާދައިގެ ތައްޓެއް ވެސް ދޭނެ އެވެ. ލަންކާއިން ކުރިން މަސައްކަތް ކުރީ މި މުއްދަތުގައި ރާއްޖެ އާއި ބޫޓާން ބައިވެރިކޮށްގެން ތިން ގައުމުގެ މެދުގައި ކުރު މުބާރާތެއް ކުޅުމަށެވެ. އެއީ ލަންކާ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅޭ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.
“އަހަރުމެން މިހާރު ވާނީ ރާއްޖެ އަށް ދައުވަތު ފޮނުވާފައި. އަހަރުމެން މި މެޗަށް ވަރަށް އަވަހަށް ތައްޔާޜުވާން ފަށާނަން. ރާއްޖެއިން ވަނީ މި ދެ މެޗު ކުޅޭނެ ކަމުގެ ފެހި ސިގްނަލް އަނގަ ބަހުން ދީފައި،” ލަންކާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ. ރާއްޖެ އާއި ލަންކާ އަކީ ފުޓްބޯޅައުގައި ވަރަށް ވާދަވެރި ދެ ގައުމެވެ. މި ދެ ގައުމު އެންމެ ފަހުން ބައްދަލު ކުރި މެޗު ރާއްޖެ ކާމިޔާބުކުރީ 1-0 އިންނެވެ. ސާފް ޗެމްޕިއަންޝިޕް މި އަހަރު ފުޓްބޯޅަ މުބާރާތް ލަންކާގައި ބޭއްވޭގޮތް ނުވީ އެ މުބާރާތް ހޯމް އެންޑް އަވޭ އުސޫލުން ބާއްވަން މުބާރާތުގެ މައި ސްޕޮންސަރުން ބާރު އެޅުމުގެ ސަބަބުންނެވެ. އަދި ލަންކާގައި ސާކުގެ ހަތް ގައުމު ބައިވެރިކޮށްގެން މުބާރާތް ބޭއްވޭނެ ރަނގަޅު ފެންވަރުގެ ވަސީލަތްތައް ނެތް ކަމަށް އިންޑިޔާގަ ފަދަ ގައުމުތަކުން ބުނަން ފެށުމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
